އަދުގެ ޚާއްސަ

Print

ކައުބާ މައްޗަށް އިރު އޮލަނބުވުމުގެ ވާހަކައިގެ މައްޗަށް ނަޒަރެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އެނގޭތަ

ޢަބްދުﷲ ރަޝީދު މ.ލިނެޓް

މިއަދަކީ ކައުބާ މައްޗަށް އިރު އޮލަނބުވާ ނުވަތަ ކައުބާއާއި އެންމެ ކައިރިން އިރު ދަތުރުކުރާ ދުވަސްތަކުން ދުވަހެކެވެ. އަދު ޖީއެމްޓީން 09:17:56 ގައި އިރު ހުންނާނީ ކައުބާއާއި އެންމެ ކައިރިއަށް މިއަދު އިރަށް އާދެވޭނެ އެންމެ ކައިރީގައެވެ. އެއީ، މައްކާ ގަޑިން 12:17:56 އެވެ. މާލޭ ގަޑިން 14:17:56 އެވެ. 

ކައުބާގެ ޚައްޠު ޢަރުޟަކީ، 21 ދަރަޖަ 25 ދަގީގު 21 ސާނިޔާ އެވެ.

ކައުބާގެ ޚައްޠު ޠޫލަކީ، 39 ދަރަޖަ 49 ދަގީގު 34 ސާނިޔާ އެވެ.

މިއަދު ޖީއެމްޓީން 09:00 ގައި އިރުގެ ޖީއެޗްއޭ އަކީ، 315 ދަރަޖަ 41.7 ދަގީގެވެ.

09 ގަޑި 17 މިނެޓް 56 ސިކުންތުގެ ތަފާތަކީ، 04 ދަރަޖަ 29.0 ދަގީގެވެ.

އެހެން އެކަން ހުރުމުން، އެއީ، ކައުބާއާ އުތުރު ދެކުނުގެ ގޮތުން (ނުވަތަ ކައުބާގެ ޚާއްޠު ޠޫލަށް) ސިކުންތެއްގެ ފަރަގު ވެސް ނެތި އިރު ހަމަހަމަވާ ވަގުތެވެ.

ހަމަ އެފަދަދައިން، ޖީއެމްޓީން އަދު 09:00 ގައި އިރުގެ ޑިކްލިނޭޝަނަކީ، 21 ދަރަޖަ 23.9 ދަގީގެވެ.

އެ ވަގުތުގެ ޚައްޠު ޢަރުޟުގެ ތަފާތަކީ، 0.04 އަށް 0.1 ކަމަށްވުމުން އެ ވަގުތު އިރުގެ ޚައްޠު ޢަރުޟަކީ، 21 ދަރަޖަ 24.0 ދަގީގު ދެކުނެވެ.

އެހެންކަމުން، މިއަދު މައްކާ ގަޑިން 12:17:56 ވާ ވަގުތު އިރު ހުންނާނީ ކައުބާގެ މެދުން އުތުރުން ދެކުނަށް ދެމޭ ޚިޔާލީ ރޮނގަށް އިރުގެ ސީދާ މެދު ދިމާވާ ގޮތަށް ކައުބާއަށް ވުރެން 1.2 ދަގީގު ދެކުނުނުގައެވެ. 

އަލި އެއްޗަކުން އެހެން އެއްޗަކަށް އެޅޭ ހިޔަނި ދުރަށް ދެމޭ ގޮތަށާއި، މިޞްރާބެއް ސީދާ ދިމާ ކަނޑައެޅުމުގައި ސީދާ ދިމާނޫން ކިތަންމެ ކުޑަ ފަރަގެއް ހުރި ކަމުގައި ވިޔަސް ދުރުމިނުގެ ތަފާތުން ތަފާތުވެގެންދާ ތަފާތަށް ބަލާއިރު، މިއަދުގެ އެ ވަގުތަކީ، ގިބުލަވީ ސީދާ މިޞްރާބު ދައްކައިދޭ ވަގުތުކަމަށް ބަލައިގެން ގިބުލަވީ މިޞްރާބު ކަނޑައެޅުމަށް އެންމް ރަނގަޅު ވަގުތެެއް ނޫނެވެ. 

ނަމަވެސް އިރުގެ ދިމާ މެދުން އިރުން ހުޅަނގަށް އިރު ޚިޔާލީ ނަޒަރުން ދެބައިކުޅަ ނަމަ އިރުގެ އުތުރު ފަޅީގެ 6.14 ދަގީގު ހުންނާނީ ކައުބާ މަތީގައިކަން އެއްވެސް ޝައްކުމަކެއް ނެތި ބަޔާންވެ ދިޔަ ފަލަކީ ޙިސާބުގެ އަލީގައި ކަށަވަރު ވެއެވެ. 

_________________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ