އަދުގެ ޚާއްސަ

Print

"ހަނދު ބެލުން" މިބަހުގެ މައްޗަށް ނަޒަރެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

ޢަބުދުﷲ ރަޝީދު މ.ލިނެޓް

[ހަނދުބެލުން] މި ޢިބާރާތުގެ އަޑު އިވުމުން ނުވަތަ ލިޔުމަކުން ފެނުމުން ދޭހަވާ ދެ މާނައެއް އިޙުސާސްވީނަމަވެސް، މައްސަރު ފެށުމުގައި ހަނދުގެ [ހުޅެވި] ފެނޭތޯ ބަލާބެލުމަށް މި ބަސް ބޭނުންކުރާކަން ދިވެހިންނަކަށް ނޯޅޭނެއެވެ. 

އެހެންނަމަވެސް [ހަނދުބެލުން] މި ބަހާމެދު ކޮންމެހެން ދެނެގަތުން ލާޒިމު ކަންތައްތަކެއް ހުރިކަން އިއްޔެއާއި އަދަށް ވިސްނާއިރު، ގަބޫލުކުރާން ޖެހެއެވެ.

 

ފުރަތަމަ ނުކުތާއަކީ، އަހަރާއި މައްސަރު ބެލުމުގައި ދެ ނިޒާމެެއް الله سبحانه وتعالى  ލައްވާފައިވާކަން ސޫރަތުލް އިސްރާގެ 25 ވަނަ އާޔަތުން އިޝާރާތް ލިބިގެންވާކަން ކީރިތި ޤުރުއާނުން އެނގޭން އޮތް،އޮތުމާއި، އަހަރުތަކާއި މައްސަރުތައް ބެލުމުގައި ފެށުނީއްސުރެ، އިރުގެ ބާރަ މަހުގެ މައްޗަށް ބިނާވެގެންވާ، އިރުގެ އަހަރެެއް އޮންނަކަމާއި، ހަނދުގެ ބާރަ މައްސަރުގެ މައްޗަށް ބިނާވެގެންވާ އަހަރެެެއް އޮންނަކަމާއި އޭގެ ބާވަތްތައް ދެނެގަތުމެވެ.

އިރުގެ އަހަރަކީ، ދުނިޔެ އިރުގެ ވަށައިގެން 365 ދުވަހުން ފަލަކެއްގައި ހަމަކުރާ ބުރެވެ. ނުވަތަ 1461 ދުވަހަކީ 4 އަހަރު ކަމުގައި ފަލަކީ ގޮތުން އެނގޭން އޮންނަ ބާވަތުގެ އަހަރެވެ. 

ހަނދުގެ އަހަރަކީ، ދުނިޔެ ވަށައިގެން  ކޮންމެ 27.321661 ދުވަހުން ފަލަކު (Orbital Period) ފުރިހަމަ ކުރަމުން، ކޮންމެ 29.530589 ދުވަހުން މައްސަރެއް (Synnodic Period) ފުރިހަމަ ކުރަމުން، ހަނދު ފުރިހަމަ ކުރާ 12 މައްސަރުގެ އަހަރެވެ. 

ދެވަނަ ނުކުތާއަކީ، ހަނދު ބެލުމުގައި ބޯދާ ޒަމާނުގައި ޢަމަލުކުރި ގޮތްތައް ތާރީޚާއި އާދަކާދައައާއި ސަގާފަތުން ދެނެގަތުމާއި، އިސްލާމް ދީން ފައުޅުވުމަށްފަހު، ކީރިތި رسول صلّى الله عليه وسلم ގެ ޒަމާނުގައި "صوموا لرؤيته وأفطروا لرؤيته" މި މަރިވެރި ޙަދީސްފުޅުގެ މައްޗަށް ކީރިތި ނަބިއްޔާއާއި ޞަހާބީން ޢަމަލުފުޅު ކުރައްވާފައިވާ ގޮތްތާއި، "إنّاأمة أمّيّة لانكتب ولانحسب" މި މަތިވެރި ޙަދީސްފުޅުގައިވާ ފަދައިން ޙިސާބު ދަންނަ ބަޔަކުގެ ޒަމާންތަކުގައި ޙިސާބު ޢިލްމުގެ އަލީގައި ހަނދު ބެލުމުގައި ޢަމަލުކުރާ ބާވަތާއި ވަސީލަތްތައް ދެނެގަތުމެވެ. 

ތިންވަނަ ނުކުތާއަކީ، ޒަމާނީ ވަސީލަތްތައް ކަމުގައިވާ ޓެލެސްކޯޕާއި ދުރުމީގެ ވަސީލަތުން މި ޒަމާނުގައި ހަނދުބަލާ ބެލުމުގައި، އަހަރުމެންގެ އިރުގެ ވަށައިގެން ދަތުރުކުރާ ގުރަހަތައް ރަނގަޅަށް ދެނެގަތުމާއި ގުރަހަތައް އެ ވަގުތަކު ހުރި ބުރުޖާއި މަންޒިލާއި އެ ތަކެތީގެ ފަލަކުތަކުގައި ހުރި، ދަރަޖަ ދަގީގާއި އަރައި އޮއްސޭ، މެދުޖެހޭ، ވަގުތާއި އަރާ މިޞްރާބާއި އޮއްސޭ މިޞްރާބާއި ރަނގަޅަށް ދެނެގަތުމެވެ. މި ބައިގައިވާ މިންވަރުު ރަނގަޅަށް ނޭނގޭނަމަ، ފަހަރުގައި ހަނދާއި ގުރަހަ، ޒަމާނީ ވަސީލަތުން ފެންނަ ފެނުމުގައި އެއީ، ހަނދުކަން ނުވަތަ ގުރަހައެއްކަން، ވަކި ނުވެ އޮޅުން އެރުން އެކަށީގެން ވާތީއެވެ. 

ތިރީގައި މިވާ ފޮޓޯއަކީ، 29 ރަމަޟާން 1441 ވަނަ ދުވަހު (22 މޭ 2020) ވަނަ ދުވަހު މާލޭ ގަޑިން 18:14 ގައި (އިރު އޮއްސި 6:14 ގައި) ހަނދާއި އިރާއި ޒުހުރަތާއި ޢާޠާރިދު އޮއްސެމުންދާ މަންޒަރު، މި ބޭނުމަށްޓަކައި އަޅުގަނޑު ނަގައިފައިވާ ފޮޓޯއެވެކެވެ. 

މި ފޮޓޯއިން ފެންނަން އެހެރަ ގޮތުން، ޓެލެސްކޯޕަކުން ނުވަތަ ދުރުމީއަކުން ބަލާ މީހާއަށް، ބުނެވިދިޔަ މަޢުލޫމާތު ލިބިފައި ނުވާނަމަ، ޒުހުރަތަކީ ހަނދުކަމަށް ހީކުރުމުގެ ފުރުޞަތު، އެ ވަނީ ތަނަވަސްވެ ހާމަޔަށް ފެންނާށެވެ. 

ހަތަރުވަނަ ނުކުތާއަކީ، ހަމަ ލޮލުން ހަނދުބެލުމުގައި ލޮލަށް ފެންނާނީ ހަނދު ނޫންކަމާއި ހަނދުގެ ހުޅެވި (هِلَالُ الْقَمَرِ) ކަން ދެނެގަތުމާއި، ހަނދުގެ ހުޅެވި ދެކޭ ހިނދު، އެ ހުރި މިޞްރާބާއި އުސްމިނާއި ހުޅެވި އަރިވެފައިވާނަމަ އަރިވެފައިހުރި އަތަކާއި އަތަކަށް އަރި ނޫންނަމަ ނޫންކަން، ޝަރުޢީ ސާބިތު ކުރުމުގެ އިދާރާއަކަށް ބަޔާންކޮށްދޭން އެނގޭ މިންވަރަށް އެނގުމެވެ.

(ނޯޓް: މި ތާނގައި ހަނދުގެ ހުޅެވި އަރިވުމޭ ލިޔެފައި އެވަނީ، ކަމުގެ ޢިލްމީ އަޞްލަށް ނަޒަރުކޮށް ހަނދު އަތްއަތަށް އަރިވާ ވާހަކަ ލިޔުމުން އޭގެ ޢިލްމީ ޙަޤީޤަތާ ފުށުއަރާތީއެވެ. ނަމަވެސް ދިވެހި ބަހުގައި ބޭނުންކުރާ ޢިބާރާތަކީ "ހަނދު އަރިވުން" ކަން އެނގެއެވެ. އަދި އެގޮތަށް ބޭނުން ކުރަމުން އައިސްފައިވަނީ ކަމުގެ ޢިލްމު ހާމަ ނުވާ ޒަމާނެެއްގެ ތެރެއިން ކަމުގައި ވުން ދުރުނޫން ކަމުގައި ވެސް ދެކޭތީއެވެ.) 

ފަސްވަނަ ނުކުތާއަކީ، ޔޫނުސު ސޫރަތުގެ 5 ވަނަ އާޔަތުގައި އިރުގެ ޞިޔާއާއި ހަނދުގެ ނޫރު ލައްވައި، ހަނދަށް މަންޒިލް (ނަކަތް) ތައް، ކަނޑައެޅުއްވީ އަހަރުތަކުގެ ޢަދަދާއި ޙިސާބު ދެނެގަތުމަށްކަން، الله سبحانه وتعالى ބަޔާންކުރައްވައިފައި އޮތުމުން، ކޮންމެ ސިކުންތަކު ވެސް ހަނދު ހުރި މަންޒިލާއި އިރު ހުރި ބުރުޖާއި، ބުރުޖުގައި ހުރި ތަން މިންވަރާއެކު ދެނެގަތުމެވެ.

އެކަންކަން ދެނެގަނެވޭނީ علم الفلك (Astronomy) އިންނާއި، علم التّنجيم (Astorology) އިންނެވެ. 

علم الفلك (Astronomy) އާއި، علم التّنجيم (Astorology) އިން، މުސްލިމުން ބޭނުން ހިފަނީ، ސޫރަތުލްއަންޢާމުގެ 97 ވަނަ އާޔަތުގައި الله سبحانه وتعالى ބަޔާން ކުރެއްވި ހުއްދަ މިންވަރަށް، ދަތުރުފަތުރުކުރުމުގައި މަގު ދެނެގަތުމަށާއި، ޔޫނުސު ސޫރަތުގެ 5 ވަނަ އާޔަތުގައި الله سبحانه وتعالى ބަޔާންކުރެއްވި ހުއްދަ މިންވަރަށް އަހަރުތަކުގެ ޢަދަދާއި ޙިސާބު ދެނެގަންނާށެވެ. ތަރިތަކާއި ފަަލަކީ ޢިލްމު، މުސްލިމުން ބޭނުންކުރަނީ ކަހީނުންނާއި ބުޑިސްޓުން ބޭނުންކުރާ ފަދަ، ނަހީކުރެއްވި ކަންތައްތައް ދެނެގަންނާކަށް ނޫނެވެ. ހުއްދަ ނޫން، އިން ފަހަނަޅައި ދާކަށް ވެސް ނޫނެވެ. 

ދޮގުހެދުމަކީ ޙަރާމްކުރެއްވި ޙަރާމް ކަމެކެވެ. ތެދުބުނުމަކީ ހުއްދަކުރެއްވި ހުއްދަ ގޮތެވެ. އެހެނަސް، މިފަދަ ތަފާތު ދެކަން ކުރާ ގުނަވަނަކީ ދުލެވެ. ކަންކަމުގައި އިޙުސާންތެރިވުމާއި ތަޤްވާވެރިވުމީ މުސްލިމުންގެ ގޮތެވެ. މަގެވެ. 

ކަލަންޑަރުގައި 365 ގޮޅި އަޅުގަނޑު މެނަށް ފެންނާން ކަރުދާހުގައި ލިޔެފައި ވިޔަސް އެއީ، އިރުގެ ވަށައިގެން ދުނިޔެ އިނގާ ހިނގުމުގައި ދުނިޔެ ހިނގާ ފަލަކުން، އެ ވަގުތު ދުނިޔެ ހުރި ފަލަކީ ޕޮޒިޝަނުގެ ދިމާ އިދިކޮޅު ޕޮޒިޝަނުގައި، އިރު ހުންނަ ހުރުމުގައި އިރު ދުނިޔޭގެ ފަލަކުގެ ނިސްބަތުން ހުރި ބުރުޖު، ދަރަޖަ ދަގީގުން ހިނގަމުންދާ ދުވަސް ދެނެގަންނަ ދެނެގަނެވިގެން ހެދިފައިވަ ގޮޅިތަކެވެ. އިރުގެ އަހަރެއްގައި ކޮންމެ އަހަރަކު ވެސް އިރު އެ ދުވަހަކަށް ކަނޑައެޅިފައިވާ، (ބުނެވިދިޔަ) ފަލަކީ ޕޮޒިޝަންނުގައި ނުވާނަމަ، ކަލަންޑަރުގައި ދުވަހެެއް ބަޔާންކޮށްފައި އޮތަސް އެއީ، އެ ދުވަހެއް ނޫންކަން ސާފުކޮށް އެނގެއެވެ. އަދި ކަލަންޑަރު ހަދާކަށް އެ ގޮތުން އޮޅުމެެއް ނާރައެވެ. ދިމާވާ ޙާލަތަކުން ކަލަންޑަރު ނަހަދައި އަހަރުތަކެއް ގޮސްފައި އަލުން ކަލަންޑަރު އުފައްދަން ޖެހިއްޖެނަމަ މި ބަޔާންކުރި އުޞޫލުގެ ބޭނުމާއި ކަށަވަރުކަން އޮންނާނީ އިންކާރު ނުކުރެވޭ ވަރަށް ފެންނާށެވެ. ޔޫނުސު ސޫރަތުގެ 5 ވަނަ އާޔަތުގައި އެ ވަނީ އެ ވާހަކައެވެ. 

މި ޒަމާނު އިސްލާމީ ދައުލަތްތަކުން ހަނދުބެލުމުގައި ލޮލަށް ހުޅެވި ފެނުމުން ޢަމަލުކުރުމާއި ލޮލަށް ނުފެންނަ ޙާލަތްތަކުގައި ފަލަކީ ޙީސާބުގެ މައްޗަށް ބުރަވެ ޢަމަލު ކުރާކަމާއި، ހުޅެވި ލޮލުން ދުށުމުގެ މާނައިގައި ޒަމާނީ އާލާތަކަށް ފެންނަ ފެނުން ވެސް ހަމަހަމަ ކުރާތީ ފެނެއެވެ. 

ވީމާ، ހަނދުބެލުމުގައި މި ފަދަ ކަންކަން ދެނެގަތުމީ ނެތްކަންކަމެއް ނޫނެވެ.

__________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟