އަދުގެ ޚާއްސަ

Print

(ކޮން މީހެއް؟ (13)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(23 އޭޕްރީލް 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

"ހޭލައިފިންތަ؟" ދާއޫދު ސުވާލުކޮށްލިއެވެ. "ފިހާރައަށް ކުއްޖަކު ފޮނުވިންތަ؟"

"ނުނިދަމޭ. މީނީ ފިހާރައިގައި." ނީނާ ޖަވާބުދިނެވެ. "މިހާރު ވަރަށް ގިނަ ބަޔަކަށް ޚިދުމަތް ވެސް ދީފިން."

"އަޅޭ އެހެންތަ؟ ހާދަ މުރާލިކުއްޖެކޭ ދޯ؟ މަ ހަނދާންނެތުނީއްޔޭ." ދާއުދު ހައިރާންކަން ފާޅުކުރިއެވެ. "ގުދަނުން ކުއްޖަކު ގެނެސް ތިތާ ބައިންދާފައި ނީނާ ދޭ މިއަދު އަރާމުކޮށްލާން."

"ވާ ވަރަށް އަރާމު ކުރެވިއްޖެއް ނޫންތަ؟" ނީނާ ސަމާސާކޮށްލިއެވެ. "އެކަމަކު ކުޑަކޮށް ނިދައިލާން ބޭނުންވޭ. ދާނަން އިނގޭ އިރުކޮޅަކުން."

ނީނާއަށް ފިހާރައިން ނުނިކުމެވިގެން އުޅެނިކޮށް އަލޫފް އަންނަތަން ފެނިއްޖެއެވެ. ނީނާ ކުޑަކޮށް ހައިރާންވިއެވެ. ސަބަބަކީ ގަވާއިދުން އަލޫފަށް އޮފް ލިބޭނީ މިއަންނަ ބުދަދުވަހު ކަމަށް ވާތީއެވެ. އައިސް ފިހާރައަށް ވަންތަނާ ނިނާ ބުނެލިއެވެ. "ހޭ ކޮން އިރަކު އައީ؟ ކިހިނެއް ހާލު. ނުވެސް ބުނަމެއްނު."

"ހުކުރު ދުވަހުއްސުރެ މަ މިއުޅެނީ ރަށުގައި. މުންޑޫގައި." އަލޫފް ޖަވާބު ދިނެވެ. "ހާލު ރަނގަޅެއް ނޫން."

"ކިހިނެއްވީ އަނެއްކާ؟" ނީނާ ވަރަށް ސީރިއްސަކަމާއެކު ސުވާލުކޮށްލިއެވެ. "ޑަކުޓަރަށް ދައްކައިފީންތަ؟"

"ސަބަބަކީ ނީނާ." 

"މަށޭ................!؟"

"އާނ!........ ނީނާއާ ދާއުދު."

"މަ މި ރަށުގައި ހުއްޓައި އިނބަންނާ ދާއޫދާ ދެމީހުންލަންކާއަށް ދިޔައު..." އަލޫފު ރަށުބަހުން ފަށައިގަތެވެ.

"އަލޫފޫ........" ނީނާ ހާސްނުވާ ގޮތް ދައްކަމުން ބުނެލިއެވެ. "ދާއޫދާއެކީ ދިޔައު ވިޔަފާރި ދަތުރަކު. އިނބަ އަންނަންކަން އެނގުނު ނަމަ ކޮންމެސް އެއްޗެކޭ ކިޔައިފައި ނުގޮހޮ ހުންނާނެން. އިނބަ ނުމެއް ބޮނަމެއްނޮ."

"ކޮންހައި ވާހަކައެއް. އިނބަ ތެއްހެރޯ ދާއޫދާ ތަތްތެޅިފައި."އަލޫފު ރަށުބަހުން ވަރަށް ބާރަށް އެތިވަރު ގޮވަމުން ދިޔައެވެ. "އިނބައިމެން ގަނޑަގަންނާން ދިޔައު. މަށް އެނގެއި އެކަން."

"މަ ނުދަންނަން އަލޫފު ތެޔޯ ތެއްހައި ގޮތެއް ނެތް މީހެއްކަމެއް." ނީނާ ވެސް ރުޅިއަތުވެއްޖެއެވެ.

"ގޮތްނެތޫ މެތެ، އިނބަތެ؟" އަލޫފު ހުރީ އަށްޑިަހަ ފަހަކަށް އަރައިފައެވެ. "އަދި ގޮތް ނެތޭ އެބަ ކިޔައެއްނޮ"

"އަލޫފު ބޮނަން ވާހަކައެއް" ނީނާ ހަރުދަނާ ގޮތް ދައްކާލަމުން ނީނާ ބުނެލިއެވެ. "މަ ބޭޏުމެއް ނޯން އިނބަންނާ ވާހަކަދައްކާކަށް." ނީނާ މިހެން ބުނުމަށްފަހު މޫސާފުޅުބެއަށް ގުޅައިގެން ކޮންމެވސް ވާހަކަތަކެއް ދައްކައިލިއެވެ. 

އިރުކޮޅަކުން މޫސާފުޅުބެ ފޮނުވައިގެން ގުދަނުން އައި ކުއްޖަކު އައިމާ އޭނަޔާ އަދުގެ މަސައްކަތް ޙަވާލުކުރުމަށްފަހު ނީނާ އަރާމުކޮށްލުމަށްޓަކައި ގެޔަށް ހިނގައްޖެއެވެ.

(11)

އެތެރެދޫ ޓޫރިސްޓް ލޮޖް

އާދައިގެ މަތީން ކަންމަތީ ފިހާރައިގެ ޝޯރޫމުގައި ނީނާ މަޝްޣޫލުވެގެން އިނެވެ. މާ ބާރުބޮޑު ދުވަހެއް ވެސް ނޫނެވެ. ކުޑަ އިރުކޮޅަކުން ދާއޫދު އައިސް ޝޯރޫމަށް ވަދެއްޖެއެވެ. އާދައިގެ މަތީން ވަރަށް ހިނިތުންވުމާއެކު ދާއޫދު ވާހަކަ ފެށިއެވެ.

"ކިހިނެއް ނީނާ؟"

"ރަނގަޅު." ނީނާ ވެސް ހީނލިއެވެ.

"ހިނގާބަލަ މިރޭ ހޮޓަލަށް ޖައްސާލާން" ދާއޫދު ދަޢުވަތު ދިނެވެ. "އޯވަރނައިޓަކަށް."

"ކޮން ހޮޓަލަކަށް" ނީނާ ސުވާލުކޮށްލިއެވެ. "ރަށުގައި ގޭގައި ނިދިއްޔާ މާ ރަނގަޅުވާނެނު." 

"ދެން އާދެވިއްޖިއްޔާ ނިދާން އަންނާނީ." ދާއޫދު އިތުރަށް އޮޅުން ފިލުވައި ދިނެވެ. "ލަސްވެއްޖިއްޔާ އޯވަރނައިޓް ހަދައިލައިފައި ފަތިހު އަންނާނީ."

"ނުވިސްނުނު" ނީނާ އޮޅުންފިލުވުމުގެ ގޮތުން ސުވާލުކުރިއެވެ. "އެހެން ރަށަކަށް ދާ ވާހަކަތަ ތިޔަ ދައްކަނީ؟"

"އޯހ! ނީނާއަކަށް އަދި ނޭނގޭ ދޯ، މަގޭ ބޮޑު ހޮޓަލެއް އިސްދޫ އެތެރެދޫގައި ހުންނަ ކަމެއް؟" 

"ހޫމމމމ! ނުބުނަންޏަކާ ނޭނގޭނެނު" ނީނާ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. "ނީނާއަށް ނޭނގޭ ކިތަންމެ ބިޒިނަސްތަކެއް ވެސް މިއަތޮޅުގައި ހިންގަންދޯ؟"

"ސޮރީ ނީނާ!" ދާއޫދު މާފަށް އެދުނެވެ. "އަދި ނުބުނެވި އޮތީ ދޯ؟ މިހާރު މި ބުނީނު އިސްދޫގައި ހުންނާނެ ވަރަށް ބޮޑު ގެސްޓް ހައުސްއެއް. އަދި މާވަށުގައި ހުންނާނެ ވަރަށް ރީތި ހޮޓެލްއެއް. އެތަނަށް ކިޔާނީ އެއަރޕޯޓް ބީޗް އިން".

ނިނާ ކުޑަކޮށް ވިސްނައިލުމަށް ފަހު ބުންޏެވެ. "ހާދަ ބައިވަރު ވިޔަފާރިއެއް މިއަތޮޅުގައި އެކަނި ތިޔަ ހިންގަނީ. ވަރަށް ގިނަ ބިޓުން ވެސް ތިބޭނެދޯ؟" ނީނާ އެހެން ބުނީ މަޖަލަކަށެވެ.

"ނޫން. ބިޓަކަށް ހުންނާނީ ހަމައެކަނި........." ދާއޫދު ޖުމުލަ ފުރިހަމައެއް ނުކުރިއެވެ.

"ދެން ކޮންތާކަށް މި ރޭ ދާން ތިޔަ އުޅެނީ؟" ނީނާ ސުވާލުކުރިއެވެ. "މާވަށަށްތަ؟"

"ނޫން. މާވަށަށް ދަންޏާ މާ ގިނަ އިރުވާނެ. ދެތިންގަށިއިރުން ދެވޭނީ. ޓްރެފިކް ވެސް ވަރަށް ބާރުބޮޑުވާނެ." ދާއޫދު އޮޅުން ފިލުވައިދިނެވެ. "އެހެންވެ 'އެތެރެދީ ޓުރިސްޓް ލޮޖް' އަށް މި ރޭ ދާން މި އުޅެނީ. ކުޑަކަމެއް އޮތީމާ. ލަސްވެދާނެތީ އޮވަރނައިޓެއްގެ ވާހަކަ ބުނީ ވެސް."

"ހޫމމމމ. ވަޒީފާގެ ގޮތުން ދާންޖެހޭ ތާކަށް ދާން މަންމަ ވެސް ރުހޭނެ. މަންމަމެންނަށް އެނގޭ، ދާއޫދުގެ ވިޔަފާރީގައި ނީނާ ކޮންމެވެސް ވަރަކަށް ހިއްސާ އޮންނަކަން." ނީނާ އެއްބަސްވިއެވެ. އެހެންވީމާ، މައްސަލައެއް ނޯންނާނެ. އެކަމަކު ދެން ހަމަ ކީއްކުރަން އޯވަރނައިޓަކަށް ދަނީ؟ ގޮސްފަ އެތަން ބަލައިލައިފައި އާދެވިދާނެއެއްނު؟"

"އަޅޭ! އެ ތަނަށް ގޮސްފައި ހިޔެއް ނުވޭ ނީނާ ވެސް އަންނަ ހިތްވާނެހެނެއް." ދާއޫދު ޚިޔާލު ފާޅުކޮށްލިއެވެ. "އެހާ ސަޅިވާނެ."

"ސަޅިއަކަސް އާދެވިދާނެނު." ނީނާ ބަހުސްކޮށްލިއެވެ. އަނެއްކާ ލަންކާގެ ހަނދާން އާވެގެންތަ، ތިޔަ އުޅެނީ؟"

"ތިޔަބުނީ ރަނގަޅަށް" 

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ