އަދުގެ ޚާއްސަ

Print

ކޮމްޕިޔުޓަރާބެހޭ ބައެއް ސުވާލާއި ޖަވާބު

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

ސުވާލު: ސީޑީ އޮޓޯޕްލޭ ކަނޑާލާނީ ކިހިނެއް؟

ޖ. ތިރީގައިމިވާގޮތަށް ތަރުތީބުން ކުރިޔަށް ގެންދާށެވެ.
* ސްޓާޓް > ރަން > "gpedit.msc" މިހެން ލިޔުމަށްފަހު އެންޓަރއަށް ފިތާލާށެވެ.
* ދެން ހުޅުވޭ ވިންޑޯގައިވާ " Computer Configuration" އަށް ފިތާލާށެވެ.
* އެއަށްފަހު ތިރިންފެންނަ " Administrative Templates" އަށް ޑަބަލް ކްލިކް ކޮއްލާށެވެ.
* ދެން " System" އަށް ޑަބަލް ކްލިކްކޮއްލާށެވެ.
* އެއަށްފަހު ފެންނަ ލިސްޓުގައިވާ "Turn Off Autoplay" އަށް ޑަބަލް ކްލިކްކޮއްލާށެވެ. އެއަށްފަހު، އަންނަ * ވިންޑޯގައިވާ "Disabled" އަށް ކްލިކްކޮއްލާށެވެ.


ސުވާލު: ރިސައިކަލްބިން އަށް ނުދާނެހެން ފައިލްތައް ޑިލީޓްވާގޮތަށް ކިހިނެއް؟

ޖ. ތިރީގައިމިވާގޮތަށް ތަރުތީބުން ކުރިޔަށް ގެންދާށެވެ.
* ސްޓާޓަށްގޮސް RUN  އަށް ކްލިކްކޮއްލާށެވެ. އެއަށްފަހު "gpedit.msc" ލިޔުމަށްފަހު އޯކޭ އަށް ކްލިކްކޮއްލާށެވެ.
* ދެން އަންނަ ވިންޑޯގައިވާ  " User Configuration" އަށް ކްލިކްކޮއްލާށެވެ.
* ދެން " Administrative Template" އަށް ކްލިކް ކޮއްލުމަށްފަހު، އަރިމަތިން ފެންނަ " Windows Components" އަށް ޑަބަލް ކްލިކްކޮއްލާށެވެ.
* ދެން އެތަނުން ފެންނަ ލިސްޓުގައިވާ " Windows Explorer" އަށް ޑަބަލް ކްލިކްކޮއްލާށެވެ. އަދި، ލިސްޓުން ފެންނަ " Do not move deleted files to the Recycle Bin" އަށް ޑަބަލްކްލިކް ކޮއްލުމަށްފަހު، "Disabled" އަށް ކްލިކްކޮއްލާށެވެ.
ނޯޓް: އަބަދު މިހެންވާގޮތަށް ނުހަދައި، ބައެއް ފަހަރު އަވަސްކޮއްލުމަށް އެއްޗެއް ރިސައިކަލްބިން އަށް ނުދާނެހެން ޑިލީޓްކުރަންބޭނުންނަމަ، ޝިފްޓް ކީއަށް ފިތައިގެން އިނދެ، އެއްޗެއް ޑިލީޓްކޮއްލާށެވެ. އޭރުން، އެފައިލެއް ރިސައިކަލް ބިން އަކަށް ނުދާނެއެވެ.


ސުވާލު: އެއްފަހަރާ ގިނަ ފައިލްތަކެއްގެ ނަން ބަދަލުކުރާނީ ކިހިނެއް؟

ޖ. ނަންބަދަލުކުރަން ބޭނުންވާ ހުރިހާ ފައިލެއް ސިލެކްޓްކުރުމަށްފަހު، ރައިޓްކްލިކް ކުރުމަށްފަހު، ރީނޭމް އަށް ކްލިކް ކޮއްލާށެވެ. ދެން ބޭނުންވާ ނަމެއް ލިޔުމަށްފަހު، އެންޓަރއަށް ފިތާލުމުން، އޮޓޯއިން ނަންބަރުތައް ޖަހައި ހުރިހާފައިލެއްގެ ނަން ބަދަލުކޮށްދޭނެއެވެ.


ސުވާލު: ސްކްރީނުން ކީބޯޑެއް ފެންނަގޮތަށް ހަދާނީ ކިހިނެއް؟

ޖ. ތިރީގައިމިވާގޮތަށް ތަރުތީބުން ކުރިޔަށް ގެންދާށެވެ.
* ސްޓާޓަށްގޮސް ރަން އަށް ފިތާލުމަށްފަހު އަންނަ ވިންޑޯގައިވާ ގޮޅީގައި "osk" މިހެން ޓައިޕްކުރުމަށްފަހު OK އަށް ފިތާލާށެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ