އަދުގެ ޚާއްސަ

Print

އެ އަވައިގައި ޖެހުމުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

އާދަމް ޢަބްދުއްރަޙުމާން (އުތީމު)

 

ފިލައި ދިޔައީ ފިކުރު ޒިހުނާ   ބިލާހުގެ އެޅުވިގެން  ގަހަނާ

              ކިލާކޮށް  ރައްކަލީ ދަހަނާ  ވިލާ  ކަނޑުގައި  ނުލާ  ފީނާ

 

ރުކުންތަކުގައި ހިފާ ބައްޔަށް ސުކުންތައް ބަދަލުކޮށް ފިއްޔަށް

               ހުކުމްތައް  ލިޔެވިދާ  ދެއްޔަށް  ވަނީ ހާކިމްގެ  އަތް ބާނާ

 

ފަގީރުން މަހުޖަނުން ތޮޅުވައި ހަގީގަތް ސިއްރުކޮށް ފޮރުވައި

              ފަގީހުން މީގެ ތަށި ލޮޅުވައި، ދަނީ ތޮޅެމުންނެ  މާތް  ދީނާ

 

ފަކީރުން ހުސްވެ ގޮތް ތިބެނީ ހަކީމުން ސިއްރު އަތް ދަރަނީ

              ވަކީލުން  ޖީބުތައް  ފުރަނީ   ދަނީ  ކުޅެމުންނެ  ގާނޫނާ

 

މަގާމުގެ  މުއްޕަތުން  ފައިދާ  ނަގާ  ސިއްރާ ގޮތުން ސީދާ

              ސަގާފަތުގައި  އަބުރު  ވީދައި ކެވޭ  ބިރުވެރި  މިއީ  ކާނާ

 

މި ވެއްޓަށް  ފެތުރި  ހުޅުވާތީ  މި ވެއްޖޭ ސިފައަކަށް ޒާތީ

              ނިވެން އެދުނަސް އަނދައި ދާތީ ދަނީ ގުޅެމުން ނުބައި ހޫނާ

 

ދަތުރު އަނބުރައި ދެކަނި މައްޗަށް ހަތުރުވެރިޔާގެ ކުރިމައްޗަށް

              ވަތުގެ އޮތް ފުށް ނަގައި މައްޗަށް ހިފީ ގުދު ތެދުކުރަން ހާނާ

 

އަގޭ  ނެތިވީ  މުޅީން އޮރިޔާން  މަގޭވީ މިކަމުގައި ހައިރާން

              ވަގޭ ގޮވިޔަސް ވަގޭ މިޒަމާން  ވަނީ އިއްޒަތް  އިތުރު  އޭނާ

 

ދަމައިގެން ހައްގުތައް އޮރިޔަށް ހަމައިގައި ދެން ނުދެވި ކުރިއަށް

              ދަމައި މުށަކަށް އަތުން ދެ ރިޔަން ގުޅީ އުންމަތް މި ހައިޖާނާ

               _______________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ