އަދުގެ ޚާއްސަ

Print

މިނިވަންކަމޭ ކިޔޭތޯ؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

އަންވަރު އިބްރާހީމް

 

އިންސާފު  ކަރުނަ އަޅަމުން  ގައުމުގެ  ދެ ލޯ ރުއީމާ

                    ފުން ވޭނުގައި  މި ވޭންތައް  ވަޒަނުގެ  ހިތުން އެޅީމާ 

އަނިޔާގެ  ތޫނު ވަކިތައް  ގަދަފަދަވެ  ބާރު  ފެނިފައި

                    މި ނިޔާ ޢަދުލުގެ  ވަޒަނުން  މަގުމަތިވެގެން  ދިޔައިމާ 

އަޑު ރައްޔިތުންގެ ކެނޑިގެން ފަނޑުކޮށްލިހިނދު ނިޒާމުން 

                    ކަނޑުގައި  ހިނގާ  އުސޫލުން  ދުސްތޫރު ބަދަލުވީމާ

ބާތިލްގެ  ބާރު  ގަދަކޮށް  ޒާތީ  އެދުންމެ  ފޯކޮށް 

                    ގާތިލުގެ  ލަގަބު  ހައްގާ   އެއްބައިވެ   އަތުގުޅީމާ 

ދޮގު ހީލަތާއި  މަކަރުން  ބުއްދީގެ  ޖާގަ ގަތުމުން 

                    އަގުވެއްޓި  ތެދުގެ  ދޭހުން  ލަދުގަނެމެ އިސްޖެހީމާ

ކަޅުކުލަ އަނދިރި ޙަޔާތުން ފަޅުކޮށްލި ހިނދު ޚަރީފުން 

                    އަޅު ލޯތަކުން  އެ ކުލަ ވެސް ހުދު ކުލަކަމަށް ބެލީމާ

ޝައްކާ ވަހުމު ބިލާހާ އަޅުވާ އަނދުން ދެ ލޮލުގައި

                    ފައްކާވެ  ތެދު  ހަގީގަތް ކަމުގައި  ވެގެން ދިޔައިމާ 

ދިނިގެން ނުވާ ކުށެއްގައި އަޅުވެތިކަމުގެ ޖަލެއްގައި 

                    މިނިވަންކަމުގެ ކަރަށް ފެތި،  މަޅި  ބާރުކޮށް މެހީމާ

         __________________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ