އަދުގެ ޚާއްސަ

Print

އޭގެ އިތުރަށް ވެސް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

  

އަންވަރު އިބްރާހީމް

 

 

މަތިން ބައިން ޖެހި ހުވާކޮށްފައި މަތިން ބާލައި ދިނޭ ތަރި ވެސް

            ދެތިން ދުވަހުން ހިތާ ރޫހާ ދެވުނު އަދި  އޭގެ އިތުރަށް  ވެސް 

ވަފާތެރި އުޅުމުގައި ދީންވެރި ވެފައި ހުއްޓަސް  އިހަށް  ކުށްވެރި

            އުފާތައް ލައިދިނޭ މަތިވެރި, ދުނިޔެ  އަދި  އޭގެ އިތުރަށް ވެސް 

ބަދަލުވާ ދާހެދުން ފަދައިން ގަދަރު ކެނޑި ލޯބި ނެތި ހިނދިގެން 

            ބަދަލުވެއްޖޭ  ޙަޔާތް  ބެހިގެން އޮޔާލައި  އޭގެ އިތުރަށް  ވެސް 

ހަގީގަތް  ހާމަވީ  އިރުގައި  ޔަގީން  ރާނީންގެ  ދަރަޖައިގައި

            ހަގާއި ދޮށީން ދެއަނބި ރަށުގައި ތިބޭ އެބަ އޭގެ އިތުރަށް ވެސް 

އަބުރުވެރި ކަނުވި އަނދިރީގައި ދެ ބަނޑުގައި ފަސްކުދީން ގޭގައި  

            އަބަދުގޮސް އައިސްވި ކަރަތަކުގައި ވެޔޭ އަދި އޭގެ އިތުރަށްވެސް 

ބަހައިގެން  ލިބުނުހާ  މުދަލާ،  ޖަހައިގެންފިޔެ  ގެދޮރު  މާލާ 

            ފަހައި ދުނިޔޭން ދުރަށް އެއްލައި ލިޔޭ އަދި އޭގެ އިތުރަށް ވެސް 

ކަރަށް  މަޅި މެހި  ޢަޒާބުތެރޭ  ވަރަށް ގިތި ހިތި ރަހައިގެ ތެރޭ

            މަރަށް  ހާޒިރުވެ  ކަފުނު ތެރޭ  އޮތީމޭ  އޭގެ އިތުރަށް ވެސް

           ____________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ