އަދުގެ ޚާއްސަ

Print

މުދައްރިސެއްގެ ދުލުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

އަންވަރު އިބްރާހީމް

 

 

ދެވޭ  މާބޮނޑިތަކުން އިއްޒަތް  ވަހާއެކު  އުފުލިދޭ ހެއްޔޭ؟ 

             ރޮވޭ  މި ހިތުގެ ޝިކާޔަތު  އަޑު އަހާ މީހަކު އުޅޭ ހެއްޔޭ؟ 

އަތަށް މި ލިބޭ ޝުކުރު ކާޑުގެ އަކުރުތައް ނަލަ ކޮޕީކުރުމުން 

             ހިތަށް ޅަ ދަރީންގެ ވަދެގެން ގޮސް، ހަގީގީ  ލޯބިވޭ ހެއްޔޭ؟ 

އުޅާ އަދި  ޗާލު ފައްޓަރުބައި  ނުލާހިކު  ރީތި  މޭކަޕުގައި 

             އަޅާ ނަލަ ހެދުމަކުން ފަށުވިން ގަދަރު މަތިވެރި ވެދޭ ހެއްޔޭ؟ 

ޒިކުރުކޮށް  ޚިދުމަތާ  މަދަދަށް  ދުލާއި މެޔާ ހިތުން އޮއްސާ 

             ޝުކުރު ބަސްތާތަކުން ފުރިގެން މުސާރަ ދެ ގުނަ ވެދޭހެއްޔޭ؟ 

މެކުނު ފުމުނަސް ނުފުމެވޭކަން ހަނދާން ނައްތައިލުމަށްފަހުގައި 

             މެކުނުހާ  ކުޅިވަރެއް  ކުޅުމުން  ލިޔާ  އޯޓީ  ލިބޭ ހެއްޔޭ؟ 

ވަޒަން ފާހަގަކުރާ ދުވަހެއް  އަޔަސް  އަހަރީ  ކަލަންޑަރުގައި 

             ވަޒަންކޮށް ކޮންމެ ދުވަހަކު "ޓިކް"ނުލައި ފަރުނުޖެހި ދޭހެއްޔޭ؟ 

އަގަށް ނުބަލައި މައިންބަފައިން ތަކެތި ގަނެދީ ކުރާ  ހޭދައިން

             ރަނގަޅު  އަޚުލާގު ނީލަމުގައި  ލިބޭނެ ގޮތެއް  އޮވޭ ހެއްޔޭ؟ 

ދުވަސް ފާހަގަކުރާން  ބޭއްވޭ  އުފާވެރިވީ  ޑިނަރ ނައިޓުން 

             ދުވަސްތައް ލުއިވެ އިހުސާސްތައް ހަނދާންނައްތައިލެވޭ ހެއްޔޭ؟ 

މިހެން ފާހަގަކުރާ ދުވަހުން ރިހުންތައް ނެތި ފިލައިދޭހޭ 

             ވިހެން އޮތް އަތުގެ ފަންކާއެއްކަމަށް މި ދުވަސް ނުވޭ ހެއްޔޭ؟

           _____________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ