އަދުގެ ޚާއްސަ

Print

ޕާސްވޯޑް ހަނދުމަފުޅު ނެތިއްޖެނަމަ، ހެއްދެވިދާނެ ގޮތެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޢަބްދުލްމުޢީދު ޙަސަން

ވިންޑޯސް އެކްސްޕީގެ ޔޫސަރ އެކައުންޓަށް ޕާސްވޯޑެއް ލައްވާފައިވާނަމަ، ކޮމްޕިއުޓަރ ހުޅުވާލެއްވޭނީ، އެ ޕާސްވޯޑް ޖައްސަވައިގެންނެވެ. މިއީ، ޢާއްމު ޙާލަތުގައި މިކަން އޮތްގޮތެވެ. ނަމަވެސް، ޕާސްވޯޑް ހަނދުމަފުޅު ނެތިއްޖެނަމަ، ޕާސްވޯޑް ނުޖައްސަވާ، ކޮމްޕިއުޓަރ ހުޅުވާލެއްވިދާނެ ގޮތެއް އެބައޮތެވެ. އެގޮތް، ތިރީގައިވާ ފިޔަވަޅުތަކުގައި މިވަނީއެވެ.

1. ޕާސްވޯޑް ޖައްސަވަން ޖެހޭ ހިސާބަށް ދިއުމުން، Alt ފިތަށާއި Ctrl ފިތަށް އެއްފަހަރާ ފިއްތަވާލައްވާށެވެ.
2. ދެން އެ ދެ ފިތުން އިނގިލި ދޫކޮށް ނުލައްވާ، ވިދިވިދިގެން ދެ ފަހަރު Delete ފިތަށް ފިއްތަވާލައްވާށެވެ.
3. މިހެން ހެއްދެވުމުން، User name އާއި Password ގެ ވިންޑޯއެއް ހުޅުވޭނެއެވެ.
4. ދެން އެވިންޑޯގައި User name އަކަށް Administrator ޖައްސަވާލައްވާށެވެ.
5. ދެން Enter ފިތަށް ފިއްތަވާލައްވާށެވެ.

މިހެން ހެއްދެވުމުން، ޕާސްވޯޑް ޖެއްސެވުމަކާ ނުލައި ވިންޑޯސް ހުޅުވޭނެއެވެ.

މިގޮތަށް، އެހެން މީހަކު ތިޔަ ބޭފުޅާގެ ކޮމްޕިއުޓަރ ހުޅުވާލާނެ ކަމުގެ ބިރު ހީފުޅުވާނަމަ، މިގޮތް މަސައްކަތް ނުކުރާނެހެން ހެއްދެވިދާނެއެވެ. އިރާދަކުރެއްވިއްޔާ، އެހެން ފަހަރަކުން އެގޮތް ގެނެސްދޭނަމެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ