އަދުގެ ޚާއްސަ

Print

ހަވާގެ އަނދިރި ވަޅުތައް (ބްލެކް ހޯލް)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

އަޙުމަދު ލަބީބު

މި ކާއިނާތުގެ އެކިއެކި ހިސާބުތަކުގައިވާ ގުރަހަތަކުގައި އެތަކެއް ހާސް ކަޅު ހޮހަޅަ ނުވަތަ ބޮލެކް ހޯލް ތައްވެއެވެ. ބުލެކް ހޯލް ނުވަތަ ކަޅު ހޮހަޅަ އުފެދެނީ ބޮޑަތި ތަރިތައް މިސާލަކަށް ބުނާނަމަ، އަޅުގަނޑުމެން ދިރިއުޅެމުން މިދާ ދުނިޔޭގެ ބޮޑުތަރި ނުވަތަ  އިރު،  އޭގެ އަޖަލު ހަމަވުމުން އޭގައިވާ އަލިކަން ފިލައި ދިޔުމުން އޭގައި ހުރިހާ ބާރެއް، ޖަޛްބާތާއި ހަކަތަތައް އޭގެ މެދަށް ޖަމާވުމުން އޭގެ މިން ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ. މި ގޮތުން އުފެދޭ ކަޅު ހޮހަޅައިގެ ބަރުދަން އިންތިހާ ދަރަޖައަކަށް މަތިވެގެން ދެއެވެ. އޭގައިވާ ދަމާބާރުގެ ނުވަތަ ޖާޛްބިއްޔަތުގެ މިންވަރު އަންދާޒާއެއް ވެސް ނުކުރެވޭނެވެ. އާދަޔާ ޚިލާފު ބޮޑު ބަރުދަނެއް، ނިސްބަތުން ކުޑަ ސަރަހައްދެއްގެ ތެރެއަށް ޖަމާވެގެން ދިޔުމުން ދެން އޭގެ ވަށައިގެންވާ ދަމާބާރު (ޖާޛްބިއްޔަތު) ވަރުގަދަވާ މައިގަނޑު ސަބަބަކަށް ވެދެއެވެ.

ފަލަކީ ޢިލްމުވެރިނަށް، ފަހުގެ ދިރާސާތަކުން ގަބޫލުކުރެވުނު ގޮތުގައި މި ގޮތަށް މި ކަޅު ހޮހޮޅަތަކުގެ ތެރެއަށް ދަމައިގަންނަ މާއްދާތައް، އޭގައިވާ ދަމާބާރުގެ ސަބަބުން ޒައްރާއަކަށް ވުރެ ކުޑަވުމަށް ފަހު، ދެން އޭގެ އަސްލު މަންޒިލަށް އަލުން އެހެން ހޮހަޅައެއްގެ ތެރެއިން ނުކުމެގެން ދެއެވެ. މި ހޮހޮޅައަށް ކިޔާ ނަމަކީ ހުދު ހޮހޮޅައެވެ. މި ކަމަށް ނުވަތަ ހުދު ހޮހަޅައަށް ޢިލްމީ ނަޒަރިއްޔާތުގައި ކިޔަނީ "ކުއަންޓަމް ލޫޕް ތިއަރީ"އެވެ. މިހާތަނަށް ފެނުނު  އެންމެ ބޮޑު ކަޅު ހޮހަޅައިގެ މާސް (ބަރުދަން) މިދުނިޔޭގެ އިރު މާސް (ބަރުދަން) އަށްވުރެ 6.5 މިލިޔަށް އިތުރުވާނެއެވެ. އާންމުކޮށް، ކަޅު ހޮހަޅައިގެ ތެރެޔަށް ދަމައިގަތުމުގެ ބާރު ހުރި މިންވަރު ސިފަކުރާނަމަ ބުނާނީ މި ދުނިޔޭގެ [އިރު] ކަޅު ހޮހަޅައަކަށް ވެއްޖެ ނަމަ، އަޅުގަނޑުމެންނަށް މިފެން ހުރިހާ ތަރިތަކުގެ އަލި ވެސް އޭގެ ޖާޛްބިއްޔަތުގެ ބާރުން ސަލާމަތްވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ކަޅު ހޮހަޅައޭ ކިޔޭ މައިގަނޑު ސަބަބަކީ ވެސް އަލި އޭގެ ތެރެއަށް ވަނުމަށް ފަހު ނުފެންނާތީއެވެ.

ސައިންޓިފިކް ބައެއް ހޯދުންތަކުން ގަބޫލުކުރެވޭ ގޮތުގައި އަހަރެމެންނަށް، ކާއިނާތުން މި ފެންނަ ނުވަތަ އޭގެ އަސަރު ފެންނަ ކަޅު ހޮހޮޅަތަކަކީ ހުދު ހޮހޮޅައަށް ބަދަލުވުމުގެ މަރުޙަލާގައި އުޅެމުންދާ ކަޅު ހޮހޮޅަތަކެކެވެ. އެ މަރުހަލާގައި ހިނގާ "ވަގުތު"، ދުރުން ބަލަން ހުންނަ މީހަކަށާއި ދެހޮހޮޅަ ގުޅޭ ސަރަހައްދުގައި ހުންނަ މީހަކަށް ވަގުތު އިހްސާސްކުރެވޭ ވަރު ތަފާތު ވާނެއެވެ. މި ގޮތުން މި ބަދަލު، އެތެރޭގައި ހުންނަ މީހަކަށް ފަޅި ސިކުންތެއް ކަމުގައި ހީވާ ހީވުން، ދުނިޔެ އިން ބަލަން ހުންނަ މީހެއްގެ ބިލިއަނެއްހާ އަހަރުގެ ވަގުތަކާ އެއްވަރު ވެދާނެއެވެ. މިހެން ދިމާވާ ސަބަބަކީ އޭގެ އެތެރޭގެ ހުންނަ ބާރުގަދަ ދަމާބާރުގެ ސަބަބުން ވަޤުތު ހިނގާ ގޮތަށް އަސަރު ކުރާތީއެވެ. އަދި ބްލެކުހޯލްގެ މެދުގައިވާ ޑެންސިޓީ (ފުންމިން/މިންވަރު) ވަރަށް މަތިވާނެއެވެ. އެހެން ގޮތަކަށް ބުނާނަމަ ޑެންސިޓީ އިންފިނިޓީ (ފުންމިންނޭގޭ)  ސަރަޙައްދެކެވެ. ކަޅު ހޮހަޅައެއްގެ ބޭރުގައި ހުރެ އިންސާނަކު ކަޅު ހޮހަޅައަށް ދަމައިގަންނަ ގޮތުގެ މަންޒަރު ފެންނާނީ ވަރަށް ވެސް ތަފާތުގޮތަކަށެވެ. ކަޅު ހޮހަޅައިގެ  ތެރެއަށް ދަމައި ގަންނަން ފެށުމުން ނުވަތަ ކަޅު ހޮހަޅައާ ކައިރިވާ ވަރަކަށް އިންސާނާގެ ކުލަ އަދި ދަމާ ބާރުމިން ދައްވަމުން ގޮސް އެއްކޮށް ގަނޑުވާތަން ފެންނާނެއެވެ. މިހެން ވާން މެދުވެރިވާ ސަބަބަކީ މަތީގައި ބުނެވުނު ފަދައިން އޭގެ އެތެރޭގައިވާ ބާރުގަދަ ދަމާބާރުގެ ނުވަތަ ޖާޛްބިއްޔަތުގެ ސަބަބުން ވަގުތު ހިނގާ ގޮތަށް ވަރަށް ބޮޑަށް އަސަރު ކުރާތީއެވެ.

އަޅުގަނޑުމެން ދިރި އުޅެމުން މިދާ ދުނިޔޭގެ އިރު ނުވަތަ ތަރި މަރުވާނެ ނުވަތަ ހުލިވާނެ ކަމާމެދު އެއްވެސް ޝައްކެއް އަޅުގަނޑެއް ނުކުރަމެވެ. ސައިންސް ވެރިން ބުނާ ގޮތުން ނަމަ ދުނިޔޭގެ އިރު ކަޅުހޮހަޅައަކަށް ބަދަލުވާނެއެވެ. އަދި ދުނިޔޭގައި މިވާ ބިޔަ ފަރުބަދަތައް އިސްތައްޓެއްހެން ވެއްޓި، ކުދި ކުދިވެ ޒައްރާތަކަކަށް ބަދަލުވެ އިރުގެ ތެރެއަށް ނުވަތަ ކަޅު ހޮހަޅައިގެ ތެރެޔަށް ދަމައިގަން ނާނެއެވެ.  މި ކަމަށް ބާރުދޭ އާޔަތްތަކެއް މާތް ވެގެންވާ ޤުރުޢާނުގައި ބަޔާން ވެގެން ވެއެވެ. ސޫރަތުއް ނަބައުގެ 20 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. [وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا﴿٢٠﴾  ([ އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ.]) ދެން އެއަށްފަހު ފަރުބަދަތައް ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ވެގެންދެއެވެ.

ސޫރަތުލްޤާރިޢާގެ 5 ވަނަ އާޔަތުގައި މާތް ﷲވަޙީ ކުރެއްވިއެވެ. [وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ﴿٥﴾  ([ އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭ ދުވަހެވެ.])

މީގެ އިތުރަށް  ސޫރަތުލްމުއްޒައްމިލްގެ 14 އާޔަތާއި ސޫރަތުލް ވާޤިޢާގެ 5 ވަނަ އާޔަތާއި 6 ވަނަ އާޔަތުގައި ފަރުބަދަތައް ފުޑުފުޑުވެ ކުނޑިވެގެން ބުރައިގެން ދާނެކަން މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.

އަދި އަޅުގަޑުމެން ދިރިއުޅެމުން މިދާ ދުނިޔޭގެ އިރު  ކަޅު ހޮހަޅައަކަށް ބަދަލު ވެއްޖެނަމަ މި މިލްކީވޭގައި ވާހާތަނެއް (މަޑިކިލެނބު/  ގުރަހަ/ ކުއީޒާތައް  ކަޅު ހޮހަޅަ ތެރެއަށް ވަންނާނެއެވެ. އެއީ ދުނިޔޭގެ ނިމުން ކަމުގައި ބެލެވިދާނެއެވެ. ކައުނުއައިވާ ހުރިހާ ތަނަކަށް ބަލައި ވިސްނައި ފިކުރުކުރާން އަންގަވައިފައިވެއެވެ.  

(ނުނިމޭ)

މި ލިޔުމުގައި ހިމައިފައިވާ ބައެއް ލަފުޒުގެ މާނަ:

މަޑިކިލަނބު: އެކުލެވިގެންވާ ބިޔަ ތަރިތަކެއް.

މިލްކީވޭ: އެކުލެވިގެންވާ މަޑިކިލަނބު

ގުރަހަ: ޢަލިގަދަ ތަރިތައް

ފަލަކު: އުޑު 

ކުއީޒާ: ޕުލެނެޓްތައް 

ޕްލައިއެޑެންސް: ނުވަތަ ކެތި އެއީވަކި ގޮތަކަށް ކައިރި ކައިރީގައި އެތުރި ފައިވާ ތަރިތަކެކެވެ. )ކުރީ ޒަމާނުގައި ދަތުރުކުރުމަށް މިސްރާބު ހޯދުމަށް ސަމުގާގެ ބަދަލުގައި މުހިންމު ދައުރެއް އަދާކުރާ ތަރިތަކެއް، އެތުރި ފައިވަނީ އިރުން ހުޅަނގަށެވެ. މިތަރި ބޮނޑީގައި ހިމެނެނީ 7 ތަރިއެވެ. މިތަރި ތަކަކީ ކުރީޒަމާނުގައި ދަތުރު ފަތުރު ކުރުމު ގައި ނިޔަމިކަމަށް ވަރަށް މުހިންމު ޢުންސުރެކެމެވެ. އެ 7 ތަރީގެ ނަންތަކަކީ؛ ޑޫބީ، މިރާގު، ޕެކިޑަ، މެގިރަޒު، އެލިއަތު، މިޒާރު، ބެނެޓްނާސް މިއެވެ.)

ޙަވާލާ:

ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ

ސޮނީ ބީބީސީ އާރތު ޗެނެލް

ޔޫޓިއުބް

ފަތްތޫރަ 44 ވަނަ ޢަދަދު

އަޙުމަތު ޝަފީޤުގެ ލިޔުންތައް

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ