ކުޑަކުދީންގެ ވާހަކަ (2): ނާނީގެ ނެނީއަށް ފެނުނު ހުވަފެން
ސާދުނާ ޢަބްދުލްކަރީމް
ނާނީއަކީ ނޭކުރެންދޫ ކުއްޖެކެވެ. ނާނީގެ މަންމަ އަކީ ނަރުހެކެވެ. ނާނީގެ މަންމަ ވަޒީފާއަށް ދިޔުމުން ނާނީ ބަލަހައްޓަނީ ނާނީގެ ނެނީއެވެ. އެއީ ނޭޕާލްގެ އަންހެން ކުއްޖެކެވެ.
ހޮނިހިރު ދުވަހެއްގެ މެންދުރުފަހެވެ. ނާނީގެ ނެނީ އެންމެ ފުތަރަމަ ނާނީ ގޮވައިގެން ގޮސް ފެންވެރުވިއެވެ. އެއަށްފަހު ނާނީގެ ބޮލުގައި ފުނާ އަޅުވައި ރީތިކޮށްފައި ނާނީއަށް ނޫޑުލްސް ކާންދިނެވެ. ދެން އަނޯނާ ފަނިތަށްޓެއް ބޯންދިނެވެ. އޭގެ ފަހުން ނާނީއަށް އެންމެ ރީތި ނާނާ ކިޔައިދީގެން ނާނީ ނިންދުވިއެވެ. އެންމެ ފަހުން ނާނީގެ ނެނީ ވެސް ނާނީގެ ކޮޓަރީގައި އޮށޯވެ ނިދީއެވެ.
ނާނީގެ ނެނީއަށް ފެނުނީ ނޫކުލައިގެ ނާއްޓެއްގެ ތެރެއިން ނަންނުގައްޗެއް ނިކުތްތަނެވެ. ނާށިތެރެއިން ނަންނުގަތި ނިކުމެގެން ގޮސް ނާނީ ނިދާފައި އޮއްވައި ނާނީގެ މޫނު ހުރަސްކޮށް ދިޔައީ އޭނާގެ ނޭފަތް މަތިން ލާފައެވެ. އަދި ނަންނުގަތި ދިޔަޢި ނާނީގެ ނޯށުތެރެއަށް ނަންނުގަތީގެ ނަގޫ ވެސް ބާނާލާފައެވެ. ނަމަވެސް ނާނީގެ ނިދި ގަދަކަމުން ނާނީއަކަށް ހެޔެއް ނުލެވުނެވެ.
ނަސީބަކުން އެއީކީ އަސްލަށް ވީ ކަމެއް ނޫނެވެ. އެއީ ނާނީގެ ނެނީއަށް ފެނުނު ހުވަފެނެކެވެ. ނާނީގެ މަންމަ އޮފީހުން އައިއިރު ނާނީގެ ނެނީ ބިރުން ރޮނީއެވެ. ނާނީގެ މަންމަ ބުންޏެވެ. ނުރޯށެވެ. އެއީކީ ޙަޤީތެއް ނޫނެއް ނޫންހެއްޔެވެ؟
______________________________________
އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!
1) ނާނީއަކީ ކޮން ރަށެއްގެ ކުއްޖެއްހެއްޔެވެ؟
............................................................................
2) ނާނީ މަންމަ އަދާކުރާ ވަޒީފާއަކީ ކޮބާ؟
............................................................................
3) ނާނީގެ މަންމަ ވަޒީފާއަށް ދިޔުމުން ނާނީ ބަލަހައްޓަނީ ކޮން ޤައުމެއްގެ މީހެއްހެއްޔެވެ؟
................................................................................
4) ހޮނިހިރު ދުވަހު ނާނީއަށް ނެނީ ދިނީ ކޮންކަހަލަ ފަންޏެއްހެއްޔެވެ؟
................................................................................
5) ނާނީގެ ނެނީ ބިރުގަތީ ކީއްވެގެންތަ؟
........................................................................................................................................................................................................................................................