އަދުގެ ޚާއްސަ


ޝަމްސުލް ފަލާޙް

ބޮޅެއްގެ ތެރޭގައިވާ @ ނިޝާނަކީ، އީމެއިލް އެޑްރެސްތަކުގައި ބޭނުންކުރެވޭ ނިޝާނެކެވެ. ޙަޤީޤަތުގައި، މިނިޝާނަށް ކިޔާ ރަސްމީ ނަމެއް ނުވެއެވެ. އެންމެ ގިނައިން ބޭނުންކުރެވޭ ނަމަކީ، "އެޓް" އެވެ. އެހެންނަމަވެސް، މިނިޝާނަށް ކިޔާ ބައިވަރު ނަންތަކެއް ވެއެވެ. ވަރަށް ގިނަ ބަސްތަކުގައި، މި ނިޝާނުގެ ސިފައާ ގުޅުންހުރި ޖަނަވާރުގެ  ނުވަތަ ޖަނަވާރުގެ ގުނަންތަކުގެ ނަންތައް ބޭނުންކުރެއެވެ.

ތިރީގައި މިލިޔެލަނީ އޭގެތެރޭން ބައެއް ބަސްބަހުން، "@" ނިޝާނަށް ކިޔާ ބަސްބަހެވެ.

އަޙްމަދު މުޙަންމަދުއްޞަދީޤު (ޤަޠަރު)
ތަރުޖަމާ: އިބްރާހީމް ރަޝީދު މޫސާ


އޭ! ލަޢުނަތް ލިބިގެންވާ ޞަލީބީ ޙަސަދަޔާ!
އަލިފާން ފަރުބަދައެއް ފަދައިން އަހަރެންގެ ހުޅުގަނޑު ކިތައްފަހަރަށް ރޯކޮށްފިންތަ؟
އަހަންނަކީ މިނިވަނެއް.... އަހަންނަކީ އަޅެއް ނޫން!
އޭ! ﷲގެ ދުޝްމިނާ! އަހަރެންގެ ވަޒަނުން ފެއްސިގެން ދުރަށްދޭ!
އަހަރެންގެ ލޭ ހޮޅިތަކުން ލޭބުއިމަށް ކަލޭ އައީ.
އަމާންކަން ލިބިފައިވާ މީހުންނަށް ބިރުދެއްކުމަށް ކަލޭ އައީ.
އުޑުގެ ކޯފާއާއި ލަޢުނަތް ކަލޭއަށް ފުދިގެންވޭ.
ސާދާގަރެއްގެ ގެއަށް ދިޔަ މެހުމާނަކު، ހެނދުނުގެ ނާސްތާ އަށްފަހު ސާދާގަރުގެ ގާތުގައި ބުންޏެވެ.
"ތިބާގެ ދަރިފުޅަކީ ހާދަހާ ދަހި ކުއްޖެކޭ، އޭނާ ރޮށްޓާ ރިހާކުރާ ކާއިރު، ރޮށީގައި ރިހާކުރު ޖައްސަނީ ވަރަށް ކުޑަކުޑަކޮށް."
އެހިނދު ސާދާގަރު ބުންޏެވެ.
"އަހަރެންގެ ދަރިފުޅު ތިޔަވީ، އަހަރެން ހީކުރި ވަރަށްވުރެ މާ ދީލަތި ކުއްޖަކަށް. އަހަރެން ރޮށި ކަނީ ރިހާކުރު ފުޅީގެ ބޭރުގައި ރޮށިކޮޅު ޖައްސާފަ."

އިބްރާހީމު ރަޝީދު މޫސާ


އަންހެނުންގެ ޙައްޤުތަކަށް އަރައިގަތުމަށްމަސައްކަތްކުރާ މީހުން، އަންހެނުން މުޖްތަމަޢުން އެކަހެރިކޮށް ބާކީކޮށްލަން ބޭނުންވާމީހުން، ކީރިތި ޤުރްއާނާއި، މާތްރަސޫލާގެ ބަސްފުޅުތަކުގެ މާނަ އޮޅުވާލައިގެން ވާހަކަދައްކާ ފަތުވާ ދޭތަން ފެނެއެވެ.

ޢަރަބިބަހަށް ބަލާއިރު އެހެން މީހެއްގެ ކަމަކާ ޙަވާލުވާ ކޮންމެ މީހަކީ އެމީހާގެ "ވަލިއްޔު" އެވެ. އަދި ޢަރަބިބަހަށް ބަލައި އިރު މީހަކަށް ވާގިވެރިވެ އެހީތެރިވާ މީހަކީވެސް ތިމާގެ "ވަލީ ވެރިއާ" އެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި އަންހެނުންނަށް ވާގިވެރިވެވިދާނެއެވެ. އަންހެނުންނަށް ވެސް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކެއްވެއެވެ. މަސްއޫލިއްޔަތު އުފުލަންޖެހެނީ ހަމައެކަނި ފިރިހެނުންނަކަށް ނޫނެވެ.
Print

ޙާޖީ ޢަބްދުއްރަޙުމާނާއި ކަދުރުއައްޔަގެ ހިބަރު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އެހެނިހެން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އައްޝައިޚުލްފަޤީހުލްޙާއްޖު ޢަބްދުއްރަޙުމާނުލްއަޒުހަރީ، މަޝްހޫރު ނަމުން ނަމަ، ޙާޖީ ޢަބްދުއްރަޙުމާނަކީ ވަރަށް ތަޤުވާވެރި ޒާހިދު ވަރަޢަވެރި ބޭފުޅެކެވެ. އޭނާއަކީ މިޞްރުގެ ޖާމިޢުލްއަޒުހަރުން ތަޢުލީމު ޙާޞިލުކުރައްވައި އެ ޔުނިވަރސިޓީއެއްގެ ފެކަލްޓީއެއްގެ ޑީންކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަތުލިޔުން ރީތިކަމުން ބޮޑުތަރުތީބު ޗާޕުކުރައްވާން ސަރުކާރުން ކޮޅުނބަށް ފޮނުއްވި ކާތިބެކެވެ. ތަޢުލީމަށް އޭރު ވެސް ހިތްޕުޅުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން، އެ މަސައްކަތް ނިމުނުން ލިބިވަޑައިގަތް ތިންސަތޭކަ ފަންސާހެއްހައި ރުފިޔާ ހިއްޕަވައިގެން އެގޮތްމިގޮތުން މިޞްރަށްވަޑައިގެން ޢާލަމީ ފާސް (މި ޒަމާނުގެ ގޮތަށް ނަމަ، މާސްޓަރސް) ޙާޞިލުކުރެއްވިއެވެ.

މިޞްރުގެ ސައްޔިދާ ޝަރީފާ ހާނިމާ ކާވެނިބައްލަވައިގެން ސައްޔިދާ ދައުލަތާއި ސައްޔިދު (ފަހުން ޝައިޚު) ޢަބްދުލްޢަޒީޒު ލިބިވަޑައިގަތެވެ. ޝަރީފާއަކީ ވަރަށް ރީތީ ބޭކަނބަލެކެވެ. އަނބިކަނބަލުންނާއި ޢާއިލާއާއެކު ރާއްޖެ ވަޑައިގަތުމާއެކު ދައުލަތުގެ ބޮޑުންގެ ލޯފުޅުގައި ޝަރީފާގެ ރީތިފުޅުކަން އަޅައިގަނެ އެކަން ބޮޑު ފިތުނައަކަށްވިއެވެ. 

ޙާޖީ ޢަބްދުއްރަޙުމާނަށް ރާއްޖޭގެ އުއްތަމަ ފަނޑިޔާރުމަނިކުފާނުކަން ޙަވާލުކުރައްވާން އޭރު ރާއްޖޭގެ ޢަމަލީ ވެރިޔާ ޙަސަން ފަރީދު ބޭނުންފުޅުވުމުން، އިސްލާމީ ޝަރީޢާގައި އޮތް ގޮތަށް ޙުކުމްކުރާން ހުއްދަ ނެތް ނަމަ، ޙަވާލުވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، ޙަވާލުވެވަޑައިނުގަތުމާއި ދީނީ ގޮތުން ޝައިޚުގެ ވިސްނުންފުޅު ގެންގުޅުއްވި ގޮތުންނާއި ކުރީން ދެންނެވި ސަބަބާ ހުރެ ޝައިޚު ހުންނަވަން ޖެހިވަޑައިގަތީ މާލެ އަތޮޅު ވިލިނގިއްޔައް އަރުވައިލައްވައިފައެވެ. 

ވިލިނގިލީގައި ޝައިޚު ހުންނެވި ދުވަސްވަރު، މުޅި މާލޭގައި މަސް ތަދުވެ ލައިގެންކާން ވެސް މަސްކޮޅެއް ނުލިބިގެން އުޅުނު ރަމަޟާން މަހެއް އައެވެ. މި ދެންނެވި ރަމަޟާން މަހުގެ ތެރޭގައި މާލޭ މަޝްހޫރު ކަދުރު އައްޔާއި އޭނާގެ ރައްޓެއްސަކާއެކީ ކުޑަ ވަދުދޯންޏެއްގައި ވަދު މަހެއް ނަމަވެސް ލިބެއިތޯ ވަދާދުއްވާން ނުކުތެވެ. ވަދާއަޅަމުން ވިލިގިއްޔާ ތަންކޮޅެއް ގޮނޑުވި ވަގުތެއްގައި ޙާޖީ ޢަބްދުއްރަޙުމާނު އަތިރިމައްޗަށް ނުކުމެވަޑައިގެންފިއެވެ. އަދި މި ވަދުދޯންޏަށް އަތްޕުޅުން އިޝާރާތްކުރައްވައި ކައިރިކޮށްލަށް އެދިވަޑައިގެންފިއެވެ. އޭރު އައްޔަމެންނަށް ބޭނިފައި ހުރި ކަޅުއޮށްކޮޅެއް ދޯނީގެ ވަތުތެރޭގައި ހުރިކަމަށްވެއެވެ. 

ދެން އެ ދިމާއަށް ދޯނި އަބުރައިލުމުން ކަދުރު އައްޔަ އެކަމާ ދެކޮޅުހެދިކަމަށް ވެއެވެ. ސަބަބަކީ ޝައިޚާ ބައްދަލުވެއްޖެ ނަމަ، ކޮންމެވެސް ދީނީ ވާހަކައެއް ފައްޓަވައިގެން އެ ވާހަކަ ނުނިމި ގިނަ އިރުވެ، އިރު އޮއްސޭއިރަށް ވެސް މާލެ ނުދެވިދާނެކަމުގެ ބިރަށް ޓަކައެވެ. ނަމަވެސް ހުންގާނުގައި ހުރި މީހާއަށް އެހެން ހަދާކަށް ނުކެރުނެވެ. ޝައިޚަށް ފެނިވަޑައިގަންނަވާ ހިސާބަށް އަދި އެއީ ކޮން ބަޔެއްކަން ސާފުވެވަޑައިގަންނަވާ ހިސާބަށް ދޯނި ގޮނޑުވެފައި ވާތީ، ރަށާ ކައިރިނުކޮށް މާލެދާން އޭނާއަށް ނުކެރުނީއެވެ. އެހެންކަމުން ކަދުރުޢަލީގެ ތުންފިއްތުއްމާއެކުގައި ނަމަވެސް ޖެހުނީ ވިލިގިއްޔާ ކައިރިކުރާށެވެ. ދޯނި ރަށާ ކައިރިކުރި ވަގުތު ދޯނީގެ ވަތުގައި ހުރި ކަޅުއޮއްތައް ޝައިޚަށް ފެނިވަޑައިގަތެވެ.

ދޯނި ރަށާ ކައިރިކޮށްލުމުން ޝައިޚު އަތްޕުޅުން ފައިބާން އިޝާރާތްކޮށްލުމުން ހުންގާނުގައި ހުރި މީހާ ލޮތާރި ހިފައިގެން ފައިބައި އަތިރިމަތީގައި ބާއްވައިފިއެވެ. އޭނާ ފެއިބުމުން ދޯނީގައި ދެންހުރި ކަދުރު އައްޔަ ވެސް ހިތްހަމަނުޖެހުމާއެކުގައި ނަމަވެސް ފައިބައިފިއެވެ. ޝައިޚު މި ދެ މީހުންނާ ސަލާމްކޮށްލެއްވުމާއެކު މި ދެމީހުންގެ އަތުގައި ހިއްޕަވައިގެން ކުޑަކޮށް އެއްގަމަށް ޖެހިވަޑައިގެން ސާފު ދޮންވެލިގަނޑުމަތީގައި އެ ދެމީހުންނާއެކު އިށީނދެ ވަޑައިގެންފިއެވެ. 

ދެން އާދަކާދައިގެ މަތީން ޙާލުއަޙުވާލު އައްސަވައި ދީނުގެ ވާހަކަ ފައްޓަވައިފިއެވެ. ދީނީ މައުޟޫޢުގެ ތެރެއިން ޞަދަޤާތްކުރުމާއި، ނިކަމެތީންނާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެދީ ހެޔޮ ފޯރުވައި އުޅުމުގެ މާތްކަމާއި އެކަމުގެ ފައިދާތަކުގެ މައްޗަށް ވާހަކަފުޅުދައްކަވައިފިއެވެ. އަދި ވަކީން ޚާއްޞަކޮށް ރަމަޟާން މަހުގެ ތެރޭގައި ކުރާ މިފަދަ ޢަމަލުތަކުގެ ދަރުމައާއި ސަވާބު އެއްތައް ގުނައަކަށް އިތުރުވާނޭކަން ވެސް ބަޔާންކުރެއްވިއެވެ. މި ވާހަކައިގައި ތިއްބައި އަޞްރު ނަމާދު ވަގުތު ކައިރިވާން ފެށުމުން ނަމާދު ވަގުތު ވެސް ކައިރިވަނީތާޔޭ، ދެން ދޯނީން ހައެއްކަ ކަޅުއޮށް މަށަށް ވެސް ދޭންވީ ނޫންހޭ ވިދާޅުވެއްޖެއެވެ. މި މީހުންގެ މޫނުމައްޗަށް އެރި ކުލައިން، ދޯނީގައި ކަޅުއޮއް ހުރިކަން ޝައިޚަށް އެނގިވަޑައިގަތީ ކިހިނެއްބާވައޭ ހިތައި ސުވާލު އުފެދުނުކަން ދޭހަވިއެވެ. މި ޙައިރާންކަމުގައި ކަރުދު އައްޔަވެސް އަދި އަނެކަކު ވެސް ހަމަ އެކައްޗެއް ވެސް ނުބުނަނީސް އަނެއްކާ ވެސް ވާހަކަފެއްޓެވީ ޝައިޚެވެ. ތިމަން މިހިރީ މި ރަށު ބަންދުކޮށްފައިކަމަށާއި ތިމަންގެ ދެ ކުދީންނާއި އަނބި މީހާ ވެސް މިހާރު ތިބީ ލައިގެންކާ އެއްޗެއް ނުލިބިގެން ވަރަށް ބޮޑަށް ދެރަވެފައި ކަމަށާއި ހައެއްކަ ކަޅުއޮއް ލިބެނިކޮށް ދެ ދުވަހަކަށް ފުދިދާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ކަދުރުއައްޔައާ އެކު އައި އަނެއް މީހާ ދޯންޏަށް އަރައި ދޯނީގައި މުޅިއެކު އޮތް ދިހަވަރަކަށް ކަޅުއޮއް ފައްޗަކަށް އަމުނައިގެން އައިސް ޝައިޚަށް އެރުވުމުން ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވައި އެ ދެ މީހުންނަށް ހެޔޮ ދުޢާކުރެއްވިއެވެ. ކަރުދު އައްޔަ ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް ހަމަ އެކައްޗެއް ވެސް ނުބުނެއެވެ. 

މި ދެ މީހުން އަނެއްކާ ވެސް މަހެއް ވަދުގައި ޖެހޭތޯ ކަނޑުއޮޅިތެރޭ ވަދާ ދުއްވަނިކޮށް ވަރުގަދަ މަހެއް ވަދުގައި ގަނެއްޖެއެވެ. ވަރަށް މަސައްކަތުން އޭތި ލޮޑުކޮށް ދަމައި ކައިރިކުރި އިރު، އެއީ ދެ މީހުންނަށް ދޯންޏަށް ނެގޭ ވަރަށް ވުރެ ވެސް ބޮޑު ހިބަރެކެވެ. ދެން އޭތީގެ މެދުހަށީގައި ހެތުރަކުން ބަނދެގެން މާލެއާ ކައިރިކޮށް މަސް ކަނޑައި ގުޅިގުޅިއަށް ބުރިކޮށް ފޮތިފޮތިކޮށްގެން ވިއްކައި ނިމުނު އިރު އަސުރު ނަމާދު ވަގުތު ފާއިތުވުމާ ވެސް ދާދި ގާތްވެއްޖެއެވެ. ހިބަރު މަސް ވިއްކައިގެން ލިބުނު ފައިސާ ދެ މީހުންނާއި ދޯނީގެ ވެރިޔާއަށް ހަމައަށް ބަހައިލުމުން ކޮންމެ މީހަކަށް ވެސް މުޅި ރޯދަމަހާއި ހަރޯދައިގެ ތެރޭގައި މަސައްކަތެއް ނުކޮށް ރަނގަޅަށް ކައިބޮއި އުޅެވޭހާ ފައިސާ ލިބުނުކަމަށް ވެއެވެ. 

ގެއަށް ގޮސް ފައިސާކޮޅު އަނބިމީހާއާ ޙަވާލުކޮށްލުމަށްފަހު ފެންވަރައިގެން ޢަޞްރު ނަމާދުކޮށްލާން ގަސްދޮށު މިސްކިތަށް ދިޔައިރު އައްޔަގެ ހިތަށް އެރިއެވެ. ޝައިޚު ޢަބްދުއްރަޙުމާނު ވިދާޅުވި ފަދައިން، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމަކީ ދުނިޔޭގައި ވެސް ހާދަހާ ފައިދާ ލިބޭ ކަމެއްތާއެވެ! އަދި ޤިޔާމަތްދުވަހުން ލިބޭނެ ދަރުމަ މާ އިތުރުވާނެތާއެވެ! ޢަބްދުއްރަޙުމާނަކީ ވަރަށް ބަރަކާތްތެރި މާތް ޝައިޚެއްތާއެވެ!

__________________________

ލިޔުންތެރިޔާގެ ނޯޓެއް:

މި ހާދިސާއަކީ މި ހާދިސާގައި އުޅޭ ކަދުރުއައްޔަ ސީދާ އޭނާގެ ދުލުން އަލާ ދީދީގެ ކާފައަށް ކިޔައިދެއްވައިގެން ކާފަ ކިޔައިދެއްވި ހާދިސާއެއް ކަމަށް އަލާދީދީ ވިދާޅުވިއެވެ. މި ހާދިސާ މި ހުށަހަޅައިލީ އަލާދީދީގެ ހުއްދަ ހޯދައިގެންނެވެ. ހަދިސާގެ މައިގަނޑު މަޠުލަބާއި ހަގީގަތަށް ބަދަލު ނާންނަ ގޮތުގެ މަތީން އަޅުގަނޑުގެ އަމިއްލަ ޢިބާރާތުންނެވެ. އަލާ ދީދީ ވިދާޅުވާހައި ބަލާޣާތްތެރިކޮށް ހުށަނޭޅުނު ކަމަށްޓަކައި މަޢާފަށް އެދެމެވެ. އަލާދީދީ އަކީ ޢާއިލީ ގޮތުން އަޅުގަނޑާ ގުޅުން އޮންނަ ބޭފުޅެއްކަން އެނގުނީ ވެސް މި ވާހަކަ ކިޔައިދެއްވި ރޭގައެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ