އަދުގެ ޚާއްސަ

Print

ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (9)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިވެހި

 

މުޙަންމަދު ޝާހިދު ޙަލީމު

(25 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

ޅ- ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙުގައި ކުޅުނު ތަމްސީލުތައް

1- ތަރުބިއްޔަތުގެ ނަތީޖާ

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1380.3.29ހ. (1960.9.21މ.) ގައްޔާއި 1399.2.26ހ. (1979.1.25މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ޢަލީ ޙުސައިނެވެ.

2- ތަޢުލީމު ދޭނީ ތަރުބިއްޔަތާ އެކުގައެވެ.

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1381.2.28ހ. (1961.8.9މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ މުޙަންމަދު ޒަކަރިއްޔާއެވެ.

3- ޔަތީމު ކުދީން

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1386.2.29ހ. (1966.6.19މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ޢަލީ ޙުސައިނެވެ.

4- ބީބީ

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1386.5.5ހ. (1966.8.22މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ޢަލީ ޙުސައިނެވެ.

5- ހެޔޮ ކަންތަކުގެ ދުޝްމަން

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1389.8.21ހ. (1969.11.21މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ޢަލީ ޙުސައިނެވެ.

6- ޢިލްމީ ޖިހާދު

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބަތުގައި އެ މަދަރުސާގެ ދަރިވަރުން 1402.2.30ހ. (1981.12.26މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވީ މުޙަންމަދު ޖަމީލެވެ. ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

7- އީސަދަރި

8- ފޫޅުދިގު ހަންޑި

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1402.5.15ހ. (1982.3.10މ.) ގައި ކުޅުނު ދެ ތަމްސީލެވެ. މި ދެ ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ޢަބްދުއްރައްޒާޤު މުޙަންމަދެވެ.

9- ޢަލީ ރަސްގެފާނުގެ ދަރުބާރު

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1402.8.1ހ. (1982.5.23މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ޢަބްދުއްރައްޒާޤު މުޙަންމަދެވެ.

10- ދަރިވަރުންނާ މެދު ބެލެނިވެރީންގެ ހިއްސާ

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1402.11.14ހ. (1982.9.1މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ޢަބްދުﷲ ޢަލީއެވެ.

11- އަސާސީ ތަޢުލީމުގެ ތަޖުރިބާ

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1402.11.22ހ. (1982.9.9މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ޢަލީ ޙުސައިނާއި ޢަބްދުއްރައްޒާޤު މުޙަންމަދެވެ.

12- އަންހެންކުއްޖެއްގެ ބޮލުގެ އިސްތަށިގަނޑު

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1403.12.10ހ. (1983.9.17މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވީ މޫސާ ފަތުޙީއެވެ. ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

13- އޮޅެމުންދާ އޮޅުމެއް

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1403.12.11ހ. (1983.9.18މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ މުޙަންމަދު ޒަކަރިއްޔާއެވެ.

14- އެނގުމާއި ނޭނގުމުގެ ތަފާތު

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1404.2.28ހ. (1983.12.2މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ޢަލީ ޙުސައިނެވެ.

15- ޚިދުމަތުގެ އަގު

16- ކާމިޔަބު ޙަޔާތް

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1406.12.11ހ. (1986.8.15މ.) ގައި ކުޅުނު ދެ ތަމްސީލެވެ. މި ދެ ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

17- ރަނގަޅު ގުޅުންތަކަށް ފަހަރުގައި ބުރޫއެރިއަސް

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1407.12.11ހ. (1987.8.5މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ޢަބްދުއްރައްޒާޤު މުޙަންމަދެވެ.

18- މާފިލާފުށީގެ މާޒީގެ ޚިޔާލީ މަންޒަރު

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1408.12.24ހ. (1988.8.6މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ޢަބްދުއްރައްޒާޤު މުޙަންމަދެވެ.

19- މަރިޔާދު

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1409.3.2ހ. (1988.10.12މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ އެ މަދަރުސާގެ ބައެއް އިސްދަރިވަރުންނެވެ. އެ އިސްދަރިވަރުން އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

20- ޝިޢާރުތަކުގެ ތަމްސީލު

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން 1411.5.23ހ. (1990.12.11މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ އެ މަދަރުސާގެ ބައެއް މުދައްރިސުންނެވެ. އެ މުދައްރިސުންނެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

21- މަންމަ

މިއީ ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ފިރިހެން ދަރިވަރުންގެ ޖަމްޢިއްޔާ އަލަށް އައި މަތިވަރުގެ ރަން ޔޫބީލާ ގުޅިގެން އެ މަދަރުސާގެ ދަރިވަރުން 1415.5.11ހ. (1994.10.16މ.) ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ މުޙަންމަދު ނަޢީމު ޙުސައިނެވެ. 

ކ- ލޮނުޒިޔާރަތްކޮޅުގައި ކުޅުނު ތަމްސީލުތައް

1- ސިލްވަރ ސެޓިންގް 1

މިއީ 1391 ވަނަ އަހަރު އަޟްޙާ އީދުގެ މުނާސަބަތުގައި ސިލްވަރ ނައިޓްސްގެ ފަރާތުން ބޭއްވި ޝޯއެކެވެ. މި ޝޯ އޮތީ 1972.1.29 ގައެވެ. މި ޝޯގައި ތަމްސީލެއް ވެސް ކުޅުނެވެ. ނަމަވެސް އެ ތަމްސީލާ ގުޅޭ އެހެން އެއްވެސް މައުލޫމާތެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

2- ސާދަ ގަލުގެ ބޯކިބާ

މިއީ ދިވެހި ރާއްޖޭގެ މިނިވަންކަމަށް 13 އަހަރު ފުރުނު 34 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި 1978 މާޗު 31 ވަނަ ދުވަހުގެ ރޭ ލޮނުޒިޔާރަތްކޮޅުގައި އޮތް ޝޯއެއްގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލަކީ އިސްކިރިޕްޓު ލިޔެވުނު ތަމްސީލެއް ނޫނެވެ. ތަމްސީލު ލިއުއްވީ ޢަބްދުﷲ ޞާދިޤެވެ. ޑައިރެކްޓުކުރެއްވީ ކޮޕީ މުޙަންމަދު ރަޝީދެވެ.

އ- ބޮޑުގަލުމަފަތްގޭ ގޯތިތެރޭގައި ކުޅުނު ތަމްސީލުތައް

1- ކުރި

މިއީ ޔުނައިޓެޑް އިސްޕޯޓްސް އޯގަނައިޒޭޝަން (ޔޫ.އެސް.އޯ)ގެ ފަރާތުން 1976 ނޮވެންބަރު 13 އިން ފެށިގެން ކުޅުނު ތަމްސީލު ޝޯއެކެވެ. މި ޝޯގައި ކުޅުނު މައިގަނޑު ތަމްސީލަކީ "ހިތާއި އަތުގެ މަސައްކަތެ"ވެ. މި ތަމްސީލު ލިއުއްވީ ޢަބްދުﷲ ޞާދިޤެވެ. މި ތަމްސީލުގެ އިތުރަށް އެ ޝޯގައި ދެން ހިމެނުނީ މުނިފޫހިފިލުވުމުގެ ކުދި އައިޓަމްތަކެވެ. މި ޝޯ ޑައިރެކްޓު ކުރެއްވީ ކަށިމާ އަޙްމަދު ޝާކިރާއި ޢަބްދުﷲ ޞާދިޤެވެ. 

ވ- މަޖީދިއްޔާ އިސްކޫލުގައި (ދާރުލްޢުލޫމު ހޯލުގައި) ކުޅުނު ތަމްސީލުތައް

1- ކުރީގެ މޫނުތައް

މިއީ މަޖީދިއްޔާ އިސްކޫލުގެ ރަން ޔޫބީލު ކާނިވަލުގައި އެ އިސްކޫލުގެ މުސްކުޅި ދަރިވަރުން ކުޅުނު ޝޯއެކެވެ. މި ޝޯއަށް ނަންދީފައި ވަނީ ޝޯގައި ހިމެނުނު ފުރަތަމަ އައިޓަމުގެ ނަމުންނެވެ. މި ޝޯ އޮތީ 1977 އެޕްރީލް 20 އިން 26 އަށެވެ. މި ޝޯ އެކުލެވުނީ ތަފާތު ތަމްސީލުތަކެއްގެ މައްޗަށެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ.

1. ކުރީގެ މޫނުތައްތަމްސީލު ލިއުއްވީ: ސައިކުރާ އިބްރާހީމް ނަޢީމު

2. ތިން އުނދަގޫތަމްސީލު ލިއުއްވީ: ފަތުޙުﷲ ޖަމީލު

3. ވަޒީފާ ތަމްސީލު ލިއުއްވީ: ސައިކުރާ އިބްރާހީމް ނަޢީމު

4. ތަފާތުތަމްސީލު ލިއުއްވީ: ސައިކުރާ އިބްރާހީމް ނަޢީމު

5. ހަނދާނުގެ ފަތްފުށުންތަމްސީލު ލިއުއްވީ: މުޙަންމަދު ޖަމީލު

މީގެ ތެރެއިން ކުރީގެ މޫނުތައް އެއީ ޝޯ ފެށުމުގެ ގޮތުން މަޖީދިއްޔާ އިސްކޫލުގެ މާޒިގެ ބައެއް ހަރަކާތްތައް ދައްކައިލި އައިޓަމެކެވެ. މި އައިޓަމުގައި މަދްރަސީ ލަވަކިއުމާއި، އޭރުގެ ހާޒިރީ ބެލުމާއި، ސަފުހެދުމާއި، ޅެންވެރީންނާއެކު ހަވީރުކުރުމާއި، ކުއްލި މައުޟޫޢަށް ވާހަކަދެއްކުމާއި، ބައިތުބާޒީކުރުމާއި، ބަހުސުކުރުމާއި، ޚާއްޞަޕާޓީ (މިހާރުގެ ކެޑޭޓުން) އާއި ތަށިދެއްވުން ދައްކައިލިއެވެ. ދެ ވަނަ ތަމްސީލު ތިން އުނދަގުލަކީ އިސްކިރިޕްޓު ލިއެވުނު ތަމްސީލެއް ނޫނެވެ. މިއީ ކުރުކުރު ހެއްވާ ތަމްސީލެކެވެ. މިޝޯ ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ.

2- ޝަހީދުންގެ ޖިހާދު

މިއީ ދިވެހި ރާއްޖޭގެ ތިން ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި (1402ހ. ވަނަ އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި) 1982 މޭ 24 އިން 26 އަށް ދިވެހި ނާދީން ކުޅުވި ތަމްސީލެކެވެ. ތަމްސީލުގެ މުމައްސިލުންނާއި މުމައްސިލާއިންނަކީ މަޖީދިއްޔާ އިސްކޫލާއި އަމީނިއްޔާ އިސްކޫލުގެ ދަރިވަރުންނެވެ. މިއީ ޅެމުން އޮތް ތަމްސީލެކެވެ. ތަމްސީލު ލިއުއްވީ ޔޫސުފް މުޙަންމަދު ފުޅެވެ. މި ތަމްސީލު ޑައިރެކްޓުކުރެއްވީ ޙުސައިން ޝިހާބާއި ޔޫސުފް މުޙަންމަދު ފުޅާއި މުޙަންމަދު ޝާހިދު ޙަލީމެވެ.

3- ދިވެހި ރާއްޖޭގެ ކުރިއެރުން

މިއީ މުދައްރިސުންގެ ތަޢުލީމީ މަރުކަޒުން ހިންގި މުދައްރިސުން ތަމްރީނުކުރާ ކޯހުގެ ފަސް ވަނަ ބުރުގެ ސެޓުފިކެޓުދިނުމުގެ ޖަލްސާގައި އެ ކޯހުގެ ދަރިވަރުން 1982 ވަނަ އަހަރު ކުޅުނު ތަމްސީލެކެވެ. މިއީ ޅެމުން އޮތް ތަމްސީލެކެވެ. ތަމްސީލު ލިއުއްވީ ޔޫސުފް މުޙަންމަދު ފުޅެވެ. ޑައިރެކްޓުކުރެއްވީ އެ ކޯހުގެ ދަރިވަރުންކަމުގައިވާ މުޙަންމަދު ޢާމިރު އަޙްމަދާއި ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރާއި އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމެވެ.

4- ތިން ދޮގު

މިއީ މަޖީދިއްޔާ އިސްކޫލުގެ ދަރިވަރުން 1986 ވަނަ އަހަރު ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވީ އާދަމް ޒާހިރެވެ. ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

5- ހަނދާންބަލި ހަކީމު

މިއީ މަޖީދިއްޔާ އިސްކޫލުގެ ދަރިވަރުން 1986 ވަނަ އަހަރުގެ އަހަރީ ޝޯގައި އެ އިސްކޫލުގެ ދަރިވަރުން ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވީ އާދަމް ޒާހިރެވެ. ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

6- ބައްތިހިފާ ކަނުމީހާ

މިއީ މަޖީދިއްޔާ އިސްކޫލުގެ 1987 ވަނަ އަހަރުގެ އަހަރީ ޝޯގައި އެ އިސްކޫލުގެ ދަރިވަރުން ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވީ އާދަމް ޒާހިރެވެ. ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

7- ގަބު އަޅާ

މިއީ 1989 ވަނަ އަހަރު މަޖީދިއްޔާ އިސްކޫލުގެ ދަރިވަރުން ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވީ އާދަމް ޒާހިރެވެ. ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

8- އޮޓޯފީތާ

9- ފަތުސަޓަނި

މިއީ މަޖީދިއްޔާ އިސްކޫލުގެ 1989 ވަނަ އަހަރުގެ އަހަރީ ޝޯގައި އެ އިސްކޫލުގެ ދަރިވަރުން ކުޅުނު ދެ ތަމްސީލެވެ. މި ދެ ތަމްސީލު ލިއުއްވީ އާދަމް ޒާހިރެވެ. މި ދެ ތަމްސީލު ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ