Print

ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (10)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިވެހި

 

މުޙަންމަދު ޝާހިދު ޙަލީމު

(5 ޖުލައި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

މ- އޮލިމްޕަހުގައި ކުޅުނު ތަމްސީލުތައް

1- އޮޔާ ދިޔަ ދެ ފޮށި

މިއީ އޮލިމްޕިއަންސުގެ ފަރާތުން 1977.5.6 ގައި ބޭއްވި މިއުޒިކު ޝޯގެ ތެރޭގައި ވަކި އައިޓަމެއްގެ ގޮތުގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލުގެ އޮނިގަނޑު އެކުލަވައިލައްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. މި ތަމްސީލުގެ އިސްކިރިޕްޓެއް ނުލިއެއެވެ. ޑައިރެކްޓަރު މައިގަނޑު ނުކުތާތައް ފާހަގަކޮށްލުމުން މުމައްސިލުން ވަގުތަށް ފައްތައިގެން ޑައިލޯގު ކިއަމުން ގެންދިއައީއެވެ. 

2- ސިންގަޕޫރު އިސްތިރި

މިއީ އޮލިމްޕިއަންސުގެ ފަރާތުން 1977.5.20 ގައި ބޭއްވި މިއުޒިކު ޝޯގެ ތެރޭގައި ވަކި އައިޓަމެއްގެ ގޮތުގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލުގެ އޮނިގަނޑު އެކުލަވައިލައްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. މި ތަމްސީލުގެ އިސްކިރިޕްޓެއް ނުލިއެއެވެ. ޑައިރެކްޓަރު މައިގަނޑު ނުކުތާތައް ފާހަގަކޮށްލުމުން މުމައްސިލުން ވަގުތަށް ފައްތައިގެން ޑައިލޯގު ކިއަމުން ގެންދިއައީއެވެ. 

3- ހައިވަކަރު ގަސް

މިއީ އޮލިމްޕިއަންސުގެ ފަރާތުން 1977.6.3 ގައި ބޭއްވި މިއުޒިކު ޝޯގެ ތެރޭގައި ވަކި އައިޓަމެއްގެ ގޮތުގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލުގެ އޮނިގަނޑު އެކުލަވައިލައްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. މި ތަމްސީލުގެ އިސްކިރިޕްޓެއް ނުލިއެއެވެ. ޑައިރެކްޓަރު މައިގަނޑު ނުކުތާތައް ފާހަގަކޮށްލުމުން މުމައްސިލުން ވަގުތަށް ފައްތައިގެން ޑައިލޯގު ކިއަމުން ގެންދިއައީއެވެ. 

4- އެއްކަލަ ދުވަސް

މިއީ އޮލިމްޕިއަންސުގެ ފަރާތުން 1977.6.17 ގައި ބޭއްވި މިއުޒިކު ޝޯގެ ތެރޭގައި ވަކި އައިޓަމެއްގެ ގޮތުގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލުގެ އޮނިގަނޑު އެކުލަވައިލައްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. މި ތަމްސީލުގެ އިސްކިރިޕްޓެއް ނުލިއެއެވެ. ޑައިރެކްޓަރު މައިގަނޑު ނުކުތާތައް ފާހަގަކޮށްލުމުން މުމައްސިލުން ވަގުތަށް ފައްތައިގެން ޑައިލޯގު ކިއަމުން ގެންދިއައީއެވެ. 

5- ފޮނި ބައިސާ

މިއީ އޮލިމްޕިއަންސުގެ ފަރާތުން 1977.7.1 ގައި ބޭއްވި މިއުޒިކު ޝޯގެ ތެރޭގައި ވަކި އައިޓަމެއްގެ ގޮތުގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލުގެ އޮނިގަނޑު އެކުލަވައިލައްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. މި ތަމްސީލުގެ އިސްކިރިޕްޓެއް ނުލިއެއެވެ. ޑައިރެކްޓަރު މައިގަނޑު ނުކުތާތައް ފާހަގަކޮށްލުމުން މުމައްސިލުން ވަގުތަށް ފައްތައިގެން ޑައިލޯގު ކިއަމުން ގެންދިއައީއެވެ. 

6- ޙަޔާތުގެ އަލިވިލުން

މިއީ އޮލިމްޕިއަންސުގެ ފަރާތުން 1977.9.16 ގައި ބޭއްވި މިއުޒިކު ޝޯގެ ތެރޭގައި ވަކި އައިޓަމެއްގެ ގޮތުގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލުގެ އޮނިގަނޑު އެކުލަވައިލައްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. މި ތަމްސީލުގެ އިސްކިރިޕްޓެއް ނުލިއެއެވެ. ޑައިރެކްޓަރު މައިގަނޑު ނުކުތާތައް ފާހަގަކޮށްލުމުން މުމައްސިލުން ވަގުތަށް ފައްތައިގެން ޑައިލޯގު ކިއަމުން ގެންދިއައީއެވެ. 

7- ނުދަތުމުގެ ބިރު

މިއީ އޮލިމްޕިއަންސުގެ ފަރާތުން 1977.9.17 ގައި ބޭއްވި މިއުޒިކު ޝޯގެ ތެރޭގައި ވަކި އައިޓަމެއްގެ ގޮތުގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލުގެ އޮނިގަނޑު އެކުލަވައިލައްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. މި ތަމްސީލުގެ އިސްކިރިޕްޓެއް ނުލިއެއެވެ. ޑައިރެކްޓަރު މައިގަނޑު ނުކުތާތައް ފާހަގަކޮށްލުމުން މުމައްސިލުން ވަގުތަށް ފައްތައިގެން ޑައިލޯގު ކިއަމުން ގެންދިއައީއެވެ. 

8- ނޭނގުމުގެ ބިރު

މިއީ އޮލިމްޕިއަންސުގެ ފަރާތުން 1977.10.7 ގައި ބޭއްވި މިއުޒިކު ޝޯގެ ތެރޭގައި ވަކި އައިޓަމެއްގެ ގޮތުގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލުގެ އޮނިގަނޑު އެކުލަވައިލައްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. މި ތަމްސީލުގެ އިސްކިރިޕްޓެއް ނުލިއެއެވެ. ޑައިރެކްޓަރު މައިގަނޑު ނުކުތާތައް ފާހަގަކޮށްލުމުން މުމައްސިލުން ވަގުތަށް ފައްތައިގެން ޑައިލޯގު ކިއަމުން ގެންދިއައީއެވެ.

9- ؟

އޮލިމްޕިއަންސުގެ ފަރާތުން 1977.8.12 ގައި ބޭއްވި މިއުޒިކު ޝޯގެ ތެރޭގައި ވެސް ވަކި އައިޓަމެއްގެ ގޮތުގައި ތަމްސީލެއް ކުޅުނެވެ. އެ ތަމްސީލުގެ އޮނިގަނޑު އެކުލަވައިލައްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. އެ ތަމްސީލުގެ ވެސް އިސްކިރިޕްޓެއް ނުލިއެއެވެ. ޑައިރެކްޓަރު މައިގަނޑު ނުކުތާތައް ފާހަގަކޮށްލުމުން މުމައްސިލުން ވަގުތަށް ފައްތައިގެން ޑައިލޯގު ކިއަމުން ގެންދިއައީއެވެ. އެ ތަމްސީލުގެ ނަމެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

10- ހަތިޔާރު ބެހެއްޓުން

މިއީ އޮލިމްޕިއަންސުގެ ފަރާތުން 1977.11.4 ގައްޔާއި 1977.11.18 ގައި ބޭއްވި ދެ މިއުޒިކު ޝޯގެ ތެރޭގައި ވަކި އައިޓަމެއްގެ ގޮތުގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލުގެ އޮނިގަނޑު އެކުލަވައިލައްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. މި ތަމްސީލުގެ އިސްކިރިޕްޓެއް ނުލިއެއެވެ. ޑައިރެކްޓަރު މައިގަނޑު ނުކުތާތައް ފާހަގަކޮށްލުމުން މުމައްސިލުން ވަގުތަށް ފައްތައިގެން ޑައިލޯގު ކިއަމުން ގެންދިއައީއެވެ. 

11- ނުކެރޭ މީހާ

މިއީ މޫންލައިޓުގެ ފަރާތުން 1978.10.5 ގައްޔާއި 1977.10.6 ގައި ބޭއްވި މޫން މިއުޒިކު ޝޯގެ ތެރޭގައި ވަކި އައިޓަމެއްގެ ގޮތުގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. މިއީ 1971 ވަނަ އަހަރު މާލޭ ޓެނިސް ކުލަބުން އޯޑިއޯނުގައި ބޭއްވި ޓެނިސް 71 ޝޯގައި ކުޅުނު ތަމްސީލެކެވެ.

12- ދޮން ނިޔަނދުރު

މިއީ އޮލިމްޕިއަންސުގެ ފަރާތުން 1978.11.3 ގައްޔާއި 1977.11.4 ގައި ބޭއްވި މިއުޒިކު ޝޯގެ ތެރޭގައި ވަކި އައިޓަމެއްގެ ގޮތުގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވީ ޗިޅިޔާ މޫސާ މަނިކެވެ. ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

13- ސީޑީއެސް 5

މިއީ ކަލްޗަރަލް އެންޑް ޑްރަމެޓިކް ސޮސައިޓީ (ސީ.ޑީ.އެސް.)އިން 1983 އެޕްރީލް 8 އިން 12 އަށް ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނީ ތަފާތު 4 ތަމްސީލެކެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ.

1. ގުޑި ޙަސަނުތަމްސީލު ލިއުއްވީ: ޗިޅިޔާ މޫސާ މަނިކު

2. ވަލުފުރޭތަތަމްސީލު ލިއުއްވީ: ކަށިމާ އަޙްމަދު ޝާކިރު

3. ޤުރުބާނީ ތަމްސީލު ލިއުއްވީ: ކަށިމާ އަޙްމަދު ޝާކިރު

4. ވިހަދަނޑިތަމްސީލު ލިއުއްވީ: ކަށިމާ އަޙްމަދު ޝާކިރު

މިޝޯ ޑައިރެކްޓުކުރެއްވީ ކަށިމާ އަޙްމަދު ޝާކިރެވެ.

14- ކުއްލި ދިރުމެއް

މިއީ ކަލްޗަރަލް އެންޑް ޑްރަމެޓިކް ސޮސައިޓީ (ސީ.ޑީ.އެސް.)އިން 1983 ވަނަ އަހަރުގެ ފަހުކޮޅު ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނީ ދިވެހި ތަމްސީލަކާއި އިނގިރޭސި ތަމްސީލެކެވެ. ދިވެހި ތަމްސީލުގެ ނަމަކީ ހަތް އަނބީންނެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ކަށިމާ އަޙްމަދު ޝާކިރެވެ.

15- ސީޑީއެސް 6

މިއީ ކަލްޗަރަލް އެންޑް ޑްރަމެޓިކް ސޮސައިޓީ (ސީ.ޑީ.އެސް.)އިން 1984 އޯގަސްޓު 8 އިން ފެށިގެން ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނީ ތަފާތު 3 ތަމްސީލެކެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ.

1. މަގުމަތިތަމްސީލު ލިއުއްވީ: ކަށިމާ އަޙްމަދު ޝާކިރު

2. ހުރަސްތަމްސީލު ލިއުއްވީ: ކަށިމާ އަޙްމަދު ޝާކިރު

3. ގުނބޯތަމްސީލު ލިއުއްވީ: ކަށިމާ އަޙްމަދު ޝާކިރު

މި ޝޯ ޑައިރެކްޓުކުރެއްވީ ކަށިމާ އަޙްމަދު ޝާކިރެވެ.

16- ގްރޭ ލައިޓްސް

މިއީ މައްޗަންގޮޅީން 1984 ވަނަ އަހަރު ބޭއްވި ޝޯއެކެވެ. މި ޝޯގައި ހިމެނުނު ތަމްސީލުތަކުގެ ތެރެއިން އެއްވެސް ތަމްސީލެއްގެ ނަމެއް، އެ ތަމްސީލުތައް ލިއުނު ލިއުންތެރީންގެ ނަމެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ. މި ޝޯ ޑައިރެކްޓުކުރެއްވީ ކޮޕީ މުޙަންމަދު ރަޝީދެވެ. 

17- ސީޑީއެސް 7

މިއީ ކަލްޗަރަލް އެންޑް ޑްރަމެޓިކް ސޮސައިޓީ (ސީ.ޑީ.އެސް.)އިން 1985 އެޕްރީލު 2 އިން ފެށިގެން ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނީ ތަފާތު 3 ތަމްސީލެކެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ.

1. އުންޑަތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު

2. ނުފޮޅޭމާތަމްސީލު ލިއުއްވީ: ޗިޅިޔާ މޫސާ މަނިކު

3. ރޭފަނާ ތަމްސީލު ލިއުއްވީ: ކަށިމާ އަޙްމަދު ޝާކިރު

މި ޝޯ ޑައިރެކްޓުކުރެއްވީ ކަށިމާ އަޙްމަދު ޝާކިރެވެ.

18- ސީޑީއެސް 8

މިއީ ކަލްޗަރަލް އެންޑް ޑްރަމެޓިކް ސޮސައިޓީ (ސީ.ޑީ.އެސް.)އިން 1986 އެޕްރީލު 2 އިން ފެށިގެން ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނީ ތަފާތު 4 ތަމްސީލެކެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ.

1. ކަތުރުފަނިތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު

2. ފަހަރިތަމްސީލު ލިއުއްވީ: ކަށިމާ އަޙްމަދު ޝާކިރު

3. ދަންތުރަތަމްސީލު ލިއުއްވީ: ޗިޅިޔާ މޫސާ މަނިކު

4. ރަތްދޭވާނި ތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު

މި ޝޯ ޑައިރެކްޓުކުރެއްވީ ކޮޕީ މުޙަންމަދު ރަޝީދެވެ.

19- ތަޖުރިބާ

މިއީ ސޮސައިޓީ ފޯ ލިންގްއިސްޓިކްސް އާޓްސް އިން މޯލްޑިވްސް އިން 1987 އޮކްޓޫބަރު 1 އިން ފެށިގެން ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނީ ތަފާތު 4 ތަމްސީލެކެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ.

1. ކޮޅިގަނޑުތަމްސީލު ލިއުއްވީ: ކަށިމާ އަޙްމަދު ޝާކިރު

2. އަގުޅި ނެތް ކަންނެޔޮތަމްސީލު ލިއުއްވީ: ފީބޯ އަޙްމަދު މަނިކު

3. ވީސީއާރްތަމްސީލު ލިއުއްވީ: ކަނީރު ޢަބްދުއްރަޙީމް

4. ތަޖުރިބާ ތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު

މި ޝޯ ޑައިރެކްޓުކުރެއްވީ ކޮޕީ މުޙަންމަދު ރަޝީދެވެ.

20- އަލިވިލުން

މިއީ އޭދަފުށީ ޒުވާނުންގެ ޖަމްޢިއްޔާއިން 1988 ވަނަ އަހަރު ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތަކުގެ ތެރެއިން މިހައިތަނަށް އެނގުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ.

1. އޮއިވަރުތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު، މުޙަންމަދު ނަޞީރު، ލ. މުޙަންމަދު ވަޙީދު

2. ދެވިހިފުންތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު

3. ޝައިޚު ޢަލީ ދީދީގެ ނިޔާތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު

4. ތަވީދު ތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު

5. ޖޫރިމަނާތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު

6. ޅޮސްއުނދޯލިތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު

7. ބަރާބަރު ނޯކަރުތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު

8. ތިން އުނދަގޫ ތަމްސީލު ލިއުއްވީ: ފަތުޙުﷲ ޖަމީލު (މިއީ މަޖީދިއްޔާ ރަން ޔޫބީލު ތަމްސީލު "ކުރީގެ މޫނުތަކު"ގައި ކުޅެފައި އޮތް ތަމްސީލެކެވެ.)

މި ޝޯ ޑައިރެކްޓުކުރެއްވީ ކޮޕީ މުޙަންމަދު ރަޝީދާއި މުޙަންމަދު ނަޞީރެވެ.

 (ނުނިމޭ)

 

 

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ