އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނަށް ޚިދުމަތްކުރާ ބައެއް ވެބްސައިޓްތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޢަބްދުލްމުޢީދު ޙަސަން

1. އަލްޤުރްއާނުލްކަރީމް ޑޮޓް ކޮމް

މިއީ، ކީރިތި ޤުރުއާނުގެ ހުރިހައި ކަލިމައެއް ވަކިވަކިން ތަރުޖަމާކޮށްދީފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓްގައިވާ، ކީރިތި ޤުރުއާނުގެ ފިހުރިސްތަށް ވަޑައިގެންނެވުމަށްޓަކައި މިތަނަށް ކްލިކްކޮށްލައްވާށެވެ. ފިހުރިސްތުން ސޫރަތެއް ނަންގަވައިފިނަމަ، ހުޅުވޭނީ ހަމަ އެޞަފުޙާގައެވެ.

ނަންގަނެވިދިޔަ ޞަފުޙާއަށްވުރެ، ސޫރަތްތަކުގެ ނަންބަރު ޖަހާފައިވާ ޞަފުޙާ ބައެއް ބޭފުޅުންނަށް މާ ކަމުދާނެއެވެ. އެ ޞަފުޙާއަށް ވަޑައިގެންނެވުމަށްޓަކައި، މިތަނަށް ކްލިކްކޮށްލައްވާށެވެ. އެ ޞަފުޙާގައި 114 ސޫރަތުގެ ނަންބަރު ވަކިވަކިން ތާވަލެއްގައި ލިޔެފައިވާނެއެވެ. އެއިން ނަންބަރަކަށް ކްލިކްކޮށްލެއްވުމުން، އާ ޞަފުޙާއެއްގައި ސޫރަތުގެ ތަރުޖަމާ ހުޅުވޭނެއެވެ.


ތަރުޖަމާ ލިޔެފައިވާނީ، އިނގިރޭސި ބަހުންނެވެ. ލަފުޒުތަކުގެ ތަރުޖަމާ އާއި އާޔަތުގެ ތަރުޖަމާ ލިޔެފައިވާނެއެވެ.

މިއީ، ޢަރަބި ބަސް ދަސްކުރައްވާ ބޭފުޅުން، މުރާޖަޢާކުރެއްވުމަށް ރަނގަޅު ޞަފުޙާތަކެކެވެ.

2. އަލްކިތާބު ޑޮޓް ކޮމް

މި ސައިޓް ތައްޔާރުކޮށްފައިވަނީ، ޢަރަބި ބަހުންނެވެ. މި ސައިޓްގައި، ތަފާތު ފަސް ބަހުން، ކީރިތި ޤުރުއާނުގެ ތަރުޖަމާ ގެނެސްދީފައި ވެއެވެ. އޭގެ ތެރޭގައި އުރުދޫ ބަހާއި އިނގިރޭސި ބަސް ހިމެނެއެވެ. އުރުދޫ ތަރުޖަމާއަށް ވަޑައިގެންނެވުމަށްޓަކައި، މިތަނަށް ކްލިކްކޮށްލައްވާށެވެ. އިނގިރޭސި ތަރުޖަމާއަށް ވަޑައިގެންނެވުމަށްޓަކައި، މިތަނަށް ކްލިކްކޮށްލައްވާށެވެ. ސައިޓްގެ މައި ޞަފުޙާއަށް ވަޑައިގެންނެވުމަށްޓަކައި މިތަނަށް ކްލިކްކޮށްލައްވާށެވެ.

3. ހޯލީ ޤުރުއާން ޑޮޓް ނެޓް

މިއީ، ކީރިތި ޤުރުއާނުގެ އާޔަތްތައް ފަސޭހަކަމާއެކު، ކޮޕީކުރައްވަން ރަނގަޅު ވެބްސައިޓެކެވެ. ސޫރަތްތަކުގެ ފިހުރިސްތު ޞަފުޙާއަށް ވަޑައިގެންނެވުމަށްޓަކައި، މިތަނަށް ކްލިކްކޮށްލައްވާށެވެ. ޢަރަބި ބަސް ދެނެވަޑައިނުގަންނަވާ ބޭފުޅުންނަށް ވެސް، އެ ފިހުރިސްތުން، ސޫރަތްތައް ހޯއްދެވިދާނެއެވެ. އަދި އާޔަތްތައް ކޮޕީކުރެއްވުން ވެސް ދަތިފުޅެއް ނުވާނެއެވެ.

4. އަލްއިސްލާމް ޑޮޓް އޯއާރުޖީ

މިއީ، އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ. ކީރިތި ޤުރުއާނުގެ އާޔަތްތައް މި ސައިޓުން ނުހަނު ފަސޭހަކަމާއެކު ކޮޕީކުރެއްވިދާނެއެވެ. މި ސައިޓަށް ވަޑައިގެންނެވުމަށްޓަކައި މިތަނަށް ކްލިކްކޮށްލައްވާށެވެ.

މިސައިޓްގެ ވާތްފަރާތުގައިވާ، (Surah (Chapter މިބައިން، ސޫރަތެއް ނަންގަވާށެވެ. ދެން އޭގެ ތިރީގައިވާ Display އަށް ކްލިކްކޮށްލައްވާށެވެ. އޭރުން ކަނާތްފަރާތުގައިވާ ވިންޑޯގެ ތެރެއަށް ސޫރަތް އަންނާނެއެވެ.

މިއީ، އަދި މުޅީން ފުރިހަމަވެފައި ނުވާ ވެބްސައިޓެކެވެ.

5. އައްތަފުސީރު ޑޮޓް ކޮމް

މިއީ، ޢަރަބި ބަހާއި އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ. ތަޖުޥީދު، ތަފުސީރު، ޤިރާއަތުގެ ޢިލްމު، ޢުލޫމުލް ޤުރުއާން، ކީރިތި ޤުރުއާނާ ބެހޭ ގޮތުން ލިޔެވިފައިވާ ފޮތްތައް، ކީރިތި ޤުރުއާނުގެ ތަރުޖަމާ ސައުވީސް ބަހުން، އާޔަތްތައް ބާވައިލެއްވި ސަބަބުތައް، އަދި މިނޫނަސް ޢުލޫމުލް ޤުރުއާނުގެ ކިތަންމެ އެއްޗެއް މި ވެބްސައިޓްގައި ހިމެނެއެވެ. ކީރިތި ޤުރުއާން ދިރާސާކުރައްވާ ބޭފުޅުންނަށް، މިއީ، މާސިންގާ ބިޔަ މަޞްދަރެކެވެ.

މި ވެބްސައިޓަށް ވަޑައިގެންނެވުމަށްޓަކައި މިތަނަށް ކްލިކްކޮށްލައްވާށެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ