އަދުގެ ޚާއްސަ

Print

އިސްލާމް ދީނުގައި ބަލިމަޑުކަމާއި ޝިފާ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

ސާދުނާ ޢަބްދުލްކަރީމް

 

 

ބައްޔާއި ބޭހާ އަދި ޝިފާ، ދެއްވާ ކަލަކު ވޮޑިގެންވެޔޭ

        ޙައްޤާއި ބާޠިލް ވަކިކުރާ، ޤުރްއާނުގައިމެ ޝިފާވެޔޭ

               ރައްކައުވުމަށް ބަލިމަޑުކަމުން، ފިޔަވަޅުތަކެއް އެބަހުރިމެޔޭ

                     ﷲ ކިބައިން ރަޙްމަތަށް،  އެދި ދެންނެވުން  ލާޒިމް ވެޔޭ

*

ފުރިހަމަ ޠަހާރަތަކުން މިދީން، ދައްކައިދެނީ ޞިއްޙީ ގޮތޭ

  ހުރިނަމަ ހިލައިން ފުހެލައި ނަޖިސް ދޮވެލުން އެއީވެސް އެއްގޮތޭ

               ކުރިނަމަ ވުޟޫ މޫނާއި އަނގަ، ދެ އަތާއި ފައި ތާހިރު ވެތޭ

                          ފުރިހަމަ އަރާމަށް ފަހު ހިނައި، ތާހިރު ވެލުން  ވާޖިބުވެތޭ

*

ބަލި ފެތުރެނީނަމަ ގައިންގަޔަށް، އުދުރަށްމެ ގައިދުރުވާށެވީ

       ހަލިކޮށް މަރީޟުން އެކަހެރިން، ވަޑުވައި އެހީތެރި ވާށެވީ

                ބަލިމީހުނަށް ފަރުވާ ދެމުން، ހަށިރައްކަލަށްމެ ބަލާށެވީ

                           ބަލި އޮތް ބިމަށް ވަދެ ނުކުމެވުން ފުރަބަންދަކަށް ގެނުވާށެވީ

*

ކެތްތެރިވުމުން ބަލިމަޑުކަމަށް، ހެޔޮދަރުމަ ނަފްސަށް ލިބިދެނީ

       ކުށްފާފަޔަށް ލިބި މަޣުފިރަތު، ރަޙުމަތުގެ ދޮރުކޮޅު ހުޅުވެނީ

                ނެތްކަން ޔަޤީނުން ދެރަގޮތެއް، މުސްލިމް އަޅާ އީމާންވަނީ

                            ހެއްދެވި އިލާހަށް ޙަމްދުކޮށް ތަސްބީޙަ ދުލުގައި  ފަށްވަނީ

____________________________

އިދާރާ

އެނގޭތަ؟

ވާހަކަ