އަދުގެ ޚާއްސަ

Print

އަޅުގެ ދުޢާ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

 

ޢަބްދުﷲ ރަޝީދު މ.ލިނެޓް

 

 

 

ޙަމްދާ ޘަނާ ޙައްޤުވި ﷲ ޙަޟްރަތުގައި  ޙަމްދާ  ޘަނާ   އަށްފަހު  އަބަދަށަ   ދުޢާ  ކުރަނީ

       ޝަމްސުގެ ޟިޔާއަށްވުރެ އަލިގަދަ ނަބިއްޔާއަށް، ނަމްލަށް ވުރެން ގިނަގުނަ ޞަލަވާތް ވެދުން ކުރަނީ 

މަތިވެރިވި އާލުންނާ ޞުޙުބުންމެ  ޝާމިލުކޮށް  ފަތިހާ ހަވީރު ފިނީ ޞަލަވާތް ވެދުން ކުރަނީ

       ދަތިކަން ބިމުން ފިލުމަށް ވާރޭ  ތިޔާގި ވުމާ، މަތިވަރު  ނިކަން  ތަނަވަސް  ވެވުމަށަ  ދުޢާ ކުރަނީ

އިިރުހަނދު ގުރަހަ ތަރިތައް ހިތްތަކުގެ ރާޙަތުގައި، ދިރުމެއްދެމުން،އުދަވުން އެދިގެން، ދުޢާ ކުރަނީ 

       ބިރުވެރިކަމާ ނާމާން  ހުރިހައި  ކަމެއް ނެތިގޮސް،  އިރުވައިގެ ވައި ޖެހުމަށަ އެދިގެން ދުޢާ  ކުރަނީ

ދުނިޔޭގެ ކަންކޮޅުގައި ހަނގުރާމައިން ފޯރާ، އުނިކަން އިތުރު ނުވުމަށް  އެދިގެން ދުޢާ ކުރަނީ 

       މުނިފޫހި  ފިލުވައިލެވި  އުފަލާ  އަރާމު ލިބޭ،  މުނިޔާ   ގުރާގެ  ގޮވުން  އިވުމަށަ  ދުޢާ ކުރަނީ 

ގަސްގަހުގެ ފެހި ތާޒާ ކުލައިން ފަވައި ލެވިގެން، ވަސް މީރުވީ  މާތައް ފޮޅުމަށަ ދުޢާ ކުރަނީ

       ހަސްތީ ތެރޭ  އުފަލާ ހިތްހަމަޖެހުން  އެ ކަމުން، ތަސްވީރުވުން  އެދިގެން  ގިނައިން  ދުޢާ ކުރަނީ 

ކަނޑުފަޅުގެ،ކެޔޮޅުކަމުން،ގިނަގުނަ،ނަފާ،ދެއްވައި، ދަނޑުފަނގުގެ،ފެހިކަންގިނަ،ލިބުމަށަ،ދުޢާ ކުރަނީ

       ހަނޑުލާ ޒުވާރި ދޮނޮޅަ ކުދިބަތް  ދިވެހި ފަތްކެޔޮ، ކަނޑުލާއި  ކަށިކޭލާ  ލިބުމަށަ  ދުޢާ  ކުރަނީ

ކައްޓަލަ ތޮރާ  ބަރަބޯ  ފުފުލާ  ޗިޗަންޑާޔާ، ބައްޓާއި ހިއްތަލަ  ބަބުކެޔޮ އެދި ދުޢާ ކުރަނީ 

      ވައްތަރު  ގޮވާމުގެ ގިނަ ހެދުމަށް މި ބިން ދިރުމަށް، ބައްރަށް ގިނަވި ބަރަކާތް އެދިގެން ދުޢާ ކުރަނީ

ފައިދާ ނުހަނު ބޮޑުވީ  ރުއްރުކުގެ  ކާނާއިން، މައިދާގެ  ހޫނު ނިވޭ ލިބުމަށަ ދުޢާ ކުރަނީ 

      ކައިބޮއި ހެދޭ ކާއްޓާ  ހަކުރާ  ރުކުން  ދެއްވައި،  ހައިހޫނުކަން  ފިލުވަން ލިބުމަށަ  ދުޢާ  ކުރަނީ 

ވެހިމަސް ފަޅާ ފަރުފަރު ފުރިފައި އިހަށް އޮތްހެން، ރެހި ބޯދި މުށިމަސްވަދެ އޮތުމަށަ ދުޢާ ކުރަނީ

      ޖެހިނަމަ ދަލާ ދޮށްޓާ ކޮއްތެއް އެއިން ލިބިގެން، ބެހި ހެޔޮ ދުވަސް އަނބުރައި އައުމަށަ  ދުޢާ ކުރަނީ

____________________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ