އަދުގެ ޚާއްސަ

Print

ނޮޅިވަރަންފަރުން ފުރި ދަތުރުގެ ހިތާމަވެރި ނިމުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

 

 

 

1- ލައުޙުގައި ލިޔެވުނު ކަމެއް އެގޮތަށް ހިނގައި ނިމިފައި  ނުވޭތޯ

           ފައުޅުގައި ވެސް ސިއްރުގައި ވެސް  އެފަދައިން ކަންކަން ނުވޭތޯ

2- ނޮޅިވަރަންފަރު  ޢާއިލާއެއް  ދަތުރަކުން ނިމި ދިޔަ ގޮތުން އަދު

            މޮޅިވެގެން ކަނދުރާ  ނުއެލި  ހުރެވޭ  ވަރަށްވުރެ  ހިތި  ނުވޭތޯ 

3- ކޮޅިގަނޑެއް ފުރަނަކަތުގައި އައިސް ލާންޗު ބަންޑުން ކޮށްލުމާއެކު     

            މޮޅިކަމުގެ  ސާލެއް  ދިވެހި  ދީބުގެ  އުޑަށް  ވެރިއެއް  ނުވޭތޯ 

4- ދިހަ މިނެއްޓުން ގޮސްލެވޭ  ހަނިމާދުއަށް  ދާން ލާންޗު ފުރިޔަސް

            "ދިހަރެއާ" ހަމަޔަށް  އެލާންޗަށް  ދާން ހުރަސް އެޅިގެން ނުވޭތޯ 

5- ފުއްޓަރެއް ހެން ރާޅުތައް ބިޔަ  ހޮޅިލަމުން ދިޔަ ވަގުތު ކޮޅުގައި

            ތުއްތު "އީރާ" ބިޔަ ކަނޑަށް މަންމަގެ އުނގުން ގޮސްފައި ނުވޭތޯ

6- ބިރުތަކާ ހިތް  ދަތިކަމުގެ ކުޑަ ހިނދުކޮޅެއް ފާއިތުވެ ލައިފައި  

            އިރުތަކެއް ގިނަ ނުވެ ޝަހީދުންނަށް އެ ފަސް ނަފްސެއް ނުވޭތޯ

7- ދުނިޔެވީ  މި ޙަޔާތުގައި   އެކުގައިވި   ފަދައިން   ޢާއިލާޔަށް

            އުނިކަމެއް  ނެތް  ސުވަރުގޭގައި  ދިރިއުޅުން  ލިބިގެން ނުވޭތޯ 

8- އެންމެ "ބޮޑުޓީޗަރު" ގެ ނަންފުޅު ލިބިވަޑައިގެން  ހުންނަވާފައި

            އެންމެނާ  އަބަދަށް  ޙުސައިން  ވަކިވުން ހިތާމަ އަކަށް ނުވޭތޯ

9- އެފަދައިން އޭނާގެ އަނބި މަރްޔަމް މަނިކެ، ދަރިފުޅު ޤުރައިޝާ 

            އެފަދައިން ރަށު  ޓީޗަރަކު އަނބި  ޢާއިޝަތު  ވަތްކެއް ނުވޭތޯ 

10- އައްސަލާމުގެ ސުވަރުގޭގައި ދާއިމީ ނިޢުމަތް  ލިބުން  އެދި 

            ފަށްފަށުން އެއުރެންގެ  މައްޗަށް ގިނަ  ދުޢާ  ކުރުމެއް  ނުވޭތޯ

11- ހިޖްރައިން އެއްހާސް ހަތަރުސައްތައިގެ ސާޅީސް ނިމުނުދުހުގައި

            ހިޖްރަކޮށްފައި ގޮސް ޝަހީދުން  ރައްބު  ޙަޟްރަތުގައި ނުވޭތޯ 

12- ދާއިމީ ވަކިވުމުގެ  ހިތްދަތިކަން  އަދަބު  އިޙުސާސް  ކުރައްވާ

            ޢާއިލާއަށް   ހެޔޮގޮތާ   ކެތްތެރިކަމަށް   އެދުމެއް   ނުވޭތޯ

13- ރާއްޖެ ފަދަ ކުދިކުދި ޖަޒީރާ  ރަށްރަށުގެ  އަހުލުން  ދަތުރުގައި

            ޚާއްޞަ "ލައިފުޖެކެޓް" އަޅަން އޮތް ޢިބްރަތެއް ކަމުގައި ނުވޭތޯ

            ___________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ