www.fanvai.info

Print

(19) ޙަންބަލީންގެ ޝައިޚު: އަލް ޤާޟީ އަބޫ ޔަޢުލާ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

  

 އިބްރާހީމް ރަޝީދު މޫސާ

 

 

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ  ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި  ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު  އެންމެ ފޮނި  އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެ މީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ، މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

ޤުރްއާނުގެ ޢިލްމުތަކަށާއި ތަފްސީރު ޢިލްމުގައި އެކަލޭގެފާނުގެ ދަރަޖަ މަތިވެރިކަމުގެ ސަބަބުން އެކަލޭގެފަނަށް ޢިރާޤުގެ ޢާލިމުގެ ލަޤަބުއެރުވިފައިވާ ޤާޟީއަކީ އަބޫ  ޔަޢުލާ މުޙައްދު ބުނުލް ޙުސައިނު ބިން މުޙައްމަދު ބިން ޚަލަފު ބިން އަޙްމަދުލްބަޣްދާދީ އަލްޙަންބަލީއެވެ. އޭނާގެ ލަޤަބަކީ އިބްނުލްފައްރާއިއެވެ. ރައްކައުވީ ހިޖްރައިން 360 ވަނަ އަހަރުއެވެ. އެކަލޭގެފާނަކީ ވަރަށް އަޅުވެރި ވަރަޢުވެރި ޒާހިދު ބޭކަލެކެވެ. 

އަބޫ ޔަޢުލާގެ ޢުމުރުފުޅުން 10 އަހަރުގައި  ބަފައިކަލުން އަވަހާރަވެއްޖެއެވެ. ޙައްރާނުގެ ޤާޟީކަމުގެ އިތރަށް ޚިލާފަތުގެ ޤާޟީ ކަން ވެސް  އެކަލޭގެފާނު ކުރެއްވިއެވެ.

އަލްޤާޟީ އަބޫ ޠައުލާ ވަރަށް ގިނަ ފޮތްތައް އެކުލަވައިލެއްވިއެވެ. އޭގެ ތެރޭގައި أحكام القرآن  އާއި مسائل الإيمان އާއި المعتمد އާއި المقتبسއާއި عيون المسائل ފާހަގަ ކުރެވެއެވެ.

އަލްޤާޟީ އަބޫ ޔަޢުލާ އަވަހާރަވީ ހިޖްރައިން 458 ވަނަ އަހަރުގައެވެ.

____________________________

www.fanvai.info