އަދުގެ ޚާއްސަ

Print

ސައިތޯނަކީ ހަމައެކަނި އިބިލީހެއް ނޫނެވެ!

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

 

 

ސައިތޯނަކީ   އިބިލީސް   ޔަގީން،   އެކަލޭގެ  ބޮޑު  ސައިތޯނެކޭ

          މައިމަގުކަމަށްވި   ޞިރާތުމަގު  އޮޅުވައިލި  ނަމަ  ސައިތޯނެކޭ

ލޮބުވެތިނަބީން   ދެއްކެވިގޮތަށް،   ގޮތްގޮތްހަދައި   އުނިއިތުރުކޮށް

          ލޮބުވެތި ރަސޫލުން  ދެއްވިފޮތް  އޮޅުވައިފި  ނަމަ  ސައިތޯނެކޭ     

ހިތުހުރި ގޮތަށް ލަންބައިލުމަށް ދޮގު ބަސްބަހުން ވަސްވާސް ދެމުން

          އިތުރުން ނިކަން އައުގޮތް ހަދައި މަގު އޮޅުވި ނަމަ  ސައިތޯނެކޭ

އެއުރެން  ޢަދާވާތްތެރިކަމުން   ފާވޭ  ނަބީންނަށް   ފާޅުގައި

          ހެއުމަގު މަނާ ކުރުމަށް ހިތައި،  ކުރިނަމަ  ކަމެއް  ސައިތޯނެކޭ

ހައްގުގެ މަގުން އެއްވެސް ކަތަކު  ފޭކޮށް  ދުރަށް  ފޮނުވައިލުމަށް

          ދައްކާ ނުބައި ދޮގު  ވާހަކައިން  ހައްލައިލި ނަމަ   ސައިތޯނެކޭ

ޤުރުއާނުގައި  ފެންނަން  މިހިރަ   އާޔަތްތަކަށް   ވިސްނައިހަދަން

          ފުރުސަތު އަޅުންނަށް ގެއްލުވައި އޮޅުވައިލި   ނަމަ  ސައިތޯނެކޭ 

              _______________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ