އަދުގެ ޚާއްސަ

Print

ދިވެހި އާދަކާދައާއި ސަގާފަތުގެ ތެރެއިން: ރަޙުމަތް ގަތުމުގެ ވާހަކަ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އާދަކާދަ

 

އަޙްމަދު މަފާޒް

ކޮންމެ ބަޔެއްގެ ތެރޭގައި ވެސް އެ ބަޔެއްގެ ކާބަފައިންގެ ޒަމާނުއްސުރެން ވާރުތަވަމުން އަންނަ އެ ބަޔެއްގެ އަމިއްލަވަންތަ އާދަކާދަތަކަކާއި ސަގާފަތްތަކެއް ހުރެއެވެ. އެ ގޮތުން އަޅުގަޑުމެން ދިވެހިންނަކީ ވެސް ވަރަށް މުއްސަނދި  ސަގާފަތަކާއި އާދަކާދަތަކެއްގެ ވެރި ބަޔެކެވެ. އެހެން ޤައުމުތަކާ ޚިލާފަށް މުޅީން ތަފާތު އާދަކާދައަކާއި ސަގާފަތްތަކެއް އަޅުގަނޑުމެން ދިވެހީން ގެންގުޅެމުއެވެ. މި ފަދަ ބައެއް ކަންކަމުގެ އެންމެ ފުނަށް ޖެހިލާ އިރު، ބައެއް ކަންކަމަކީ އެއްވެސް ހަޤީގަތެއް ނެތް ބޯދާ ކަންކަމާއި ބޯދާ ވާހަކަތަކެވެ.

ރަންނަމާރި އަރާވާހަކަ އާއި ފޫޅުދިގު ހަނޑިއާއި ޞަފަރު މަހު ޝަފަރުކަތްދަ އަރާ ވާހަކަ އަކީ މުނި-މުނި މާމާއިން މުނިކާފައިގެ ޒަމާނުންފެށިގެން  އަޅުގަނޑުމެން ނިންދަވާއިރު ކިޔާދޭ ވާހަކަތަކެވެ. މި އެކިޒަމާނަށް ދެމިގެން އައިސްފައިވާ ތުންތުންމަތިން ދެކެވޭ ނާޑުކަތާތަކެވެ. ނުވަތަ ފޯކްލޯރތަކެކެވެ. މި ކަންކަން ވެސް ގުޅިގެން ގޮސް ވަންނަނީ މި ދެންނެވި ސަގާފަތުގެ ތެރެއަށްށެވެ. ހަގީގަތުގައި ދިވެހި އާދާކާދައާއި ސަގާފަތަކީ ދިވެއްސެއްގެ ހައިސިއްޔަތުން އަޑުއަހައިލުމުން ހިތުގައި ވަރަށް ބޮޑަށް ޤައުމީ ޖޯޝު އާލާވާ ކަހަލަ މަޖާ ވާހަކަތަކެކެވެ.

އަޅުގަނޑަކީ ވެސް އިހުގެ ޒަމާނުގެ ވާހަތައް އަޑުއަހައި ދިރާސާ ކުރާން ޝައުގުވެރިކަން ހުންނަ މީހަކަށް ވާތީ، އެ ފަދަ ވާހަކަތައް އެ ޒަމާނުގެ މުސްކުޅިން ކައިރިއަށް ގޮސް ހޯދައި އުޅެމުއެވެ. އެ ގޮތުން އަޅުގަނޑުގެ މުސްކުޅި ރައްޓެއްސަކާއެކު އެއް ރެއަކު ދެކެވުނު އެ ޒަމާނުގެ ވާހަކަތަކުގެ ތެރެއިން އޭނާ މަހަށް ގޮސް އުޅުނު އިރު ދިމާވި ރައްޓެއްސެއްގެ ވާހަކަވީ އަޅުގަނޑަށް ވެސް ބޮޑު ހައިރާން ކަމެއް ލިބުނު އަޖައިބުކުރުވަނިވި އަދި އެހާމެ ހެއްވާ މަޖާ ވާހަކައަކަށެވެ. އަޅުގަނޑުގެ ރައްޓެހި ދުވަސްވީ މީހާ ކިޔައިދިން ގޮތުގައި އެ ދުވަސްވަރަކީ ރިޔަލުގައި މަސްވެރިކަމުގައި ދުއްވާ ދުވަސްވަރެވެ. އެހެންކަމުން އަބަދު ރަށަށް ދިއުމަކީ ފަސޭހަ ކަމަކަށް ނުވާތީ، މަހަށް ނިކުމެ އެކި ރަށްރަށުގައި ބަނޑަހަ ޖަހައިގެން ތިބެއެވެ. ބަނޑަހައަކީ މަހަށް ގޮސް އެކި ރަށްރަށުގައި ދޯނީގެ ފަޅުވެރީން ނިދައި ކައި މަސްކައްކައި ހެދުމަށް ޓަކައި އަޅާ ގެއަކަށް ކިޔާނަމެކެވެ. މިއީ މި ޒަމާނުގެ ކުދީންނަށް ފަހަރުގައި ނޭނގި އޮތް ލަފުޒެއްކަމަށް ހިތައި މި ލަފުޒުގެ ތަފްސީލަކަށް ޖެހިލީމެވެ. ކޮންމެއަކަސް މި ދެމީހުން ދިމާވީ މި ބުނާ ބަނޑަހައިންނެވެ. އެއަށް ފަހު އެތައް ޒަމާނެއް ފާއިތުވެ ދިޔައިރު ވެސް މި ރަހުމަތްތެރިކަން ވަރަށް ގާތް ރަހުމްތެރިކަމަށް ބަދަލުވިއެވެ.

ރަޙުމަތްގަތުން:

މިހާ ހިސާބުން އަޅުގނަޑުގެ މައިގަނޑު މައުޟޫއަށް ޖެހިލާނަމެވެ. ޖުމްލަކޮށް އަޅުގަނޑު މި ދަންނަވާން މަސަތްކުރަނީ ރަހުމަތް ގަތުމުގެ ވާހަކައެވެ. މި ލިޔުން ފެށިގެން ކިޔައިލައިފި މީހަކަށް މިހާތަނަށް އަޅުގަނޑު ދޭހަ ކޮށްދޭން ބޭނުންވެގެން މި އުޅޭ އެއްޗެއް ފަހަރުގައި އެންގިފައި ވެސް އޮތުމަކީ ވަރަށް ގާތްކަމެކެވެ. ރަހުމަތް ގަތުމަކީކޮބައިބާއެވެ! މިއީ ކޮން އެއްޗެއްކަން އެނގިވަޑައިގަތީމާ ތިޔައިން ކޮންމެ ބޭފުޅަކަށް ވެސް ހިނިފުޅުވެޑުވިދާނެއެވެ. 

ކޮންމެއަކަސް ރަހުމަތް ގަތުމަކީ ދެ މީހެއްގެ ދެމެދުގައި އޮތް އެކުވެރި ރަޙުމަތްތެރިކަމެއް އެ ދެމިހަކު އެއްބަސްވެގެން ކަނޑައަޅާ އަގެއްގައި އަނެކާގެ ދެދުނިޔޭގެރަހުމަތްތެރިކަން އޭނާގެ އަތުން ލާރި ދީފައި ގަންނަ ގަތުމަށް ކިޔައި އުޅޭ ނަމެކެވެ. ކޮންމެއަކަސް އަޅުގަނޑުގެ ރަހުމަތްތެރިޔާ އަޅުގަނޑު ގާތު ޝަކުވާކުރީ އޭނާ 100 ރުފިޔާ އަށް ގަތް ދެ ދުނިޔޭގެ ރަހުމަތްތެރިޔާ އޭނާ ހާލުއަހުވާލު ނުބަލާކަމުގެ ޝަކުވާއެވެ. ދެން އަޅުގަނޑު ދަންނަވާނީ ވަކި ކީކޭތޯއެވެ؟ އަޅުގަނޑުވެސް އިނީ ހަމަ ހައިރާންވެފައެވެ. މީވެސް ހަމަ އަޅުގަނޑުމެން ދިވެހިން ޤަބޫލުކުރާ މުސްކުޅި އާދަކާދަ އާއި ސަގާފަތުގެ ތެރެއިން  ތާރީޚަށްޓަކައި އަޅުގަނޑު ރައްކާކޮށްލި ހަދިޔާއެކެވެ.

އަޅުގަނޑުގެ މި ލިޔުމުގެ މަޤުސަދަކީ ތާރީހުގައި މި ފަދަ ވާހަކަ ލިޔެވި އަންނަން އޮތް ޖީލުތަކާއި ހަމައަށް މިވާހަކަތަށް ފޯރުކޮށްދިނުމަށް ޓަކައި އަޅުގަނޑުމެންގެ ކާބަފައިން ހަވާލުކުރި އަމާނަތް ރައްކާތެރި ގޮތުގައި ފޯރުކޮށްދިނުން އަދި އަޅުގަނޑުގެ މި ލިޔުމުން ކިޔަވާ ކުދިންނަށް ވެސް އެހީތެރިކަމެއް ފޯރުކޮށްދެވުނުކަމަށް އުއްމީދުކުރަމެވެ. ދިވެހިންގެ ރީތި އާދަކާދަތައް ނެތެމުންދާކަން ފާހަގަކޮށް އެ ކަންކަން ދިރުވައި އާލާކުރުމަށް ޓަކައި ހަރުދަނާ މަސަތްކަތްތަކެއް ކުރާން އެންމެހާ ދިވެހި ރައްޔިތުންނަށް ގޮވައިލަމެވެ.

_________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ