އަދުގެ ޚާއްސަ

Print

ބަސް، ވޭނުގައި!

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

ޢަލީ ޚާލިދު، ފިޔާތޮށިވިލާ، ސ.ހިތަދޫ 

ދިވެހިބަސް އަދު ކަރުނަ އަޅަމުން، ހޭހަމަށް އެދި  ލޫދެމުން،

             ދިވެހި  ދީބުގެ   ދިމަދިމާއިން   ފެންނަނީ  ދާތަން ރޮމުން.

އިރަކު، ލިބިފައި އޮތްވިއަސް، ނަލަ ރޫފަޔާ ވަރައެއް، މިއަށް،  

             ވިރަ ދެ ސޮހި، އަދު ބާރުކެނޑި އެ ދަނީ ނިޒާމުން ގެއްލެމުން.

އަޅިދެލިން މޫނާއި ގައިގައި  ކުރަހަމުން އަދު  ގިނަ  ތިބީން،

             މަޅި  ހަދައިގެން، ނާށިފަތި އަޅުވައި، ދަނީ ގަން ހިންގަމުން.

ވިންދުނާރުގެ ސިގުނަލެއް ހުރުމުން މި ވަގުތަށް  އުޅުނަކަސް،

             ބިންކުރާ  ވަގުތާއި  ދުރުނޫން ކަން، ދަނީ އިހުސާސްވަމުން.

އިހު، އަޅާލައި، އަގުވަޒަންކޮށް، ވާގި ދިން  ގިނަ އެކުވެރީން،

             ވިހުރަމުން ދިދަ ނާ މި އުއްމީދުގެ  ނިދައިފިޔެ،  މޮޅިދެމުން. 

ތަޖުރިބާ ހުރި ޑަކުތަރުން އަދި މަދުމަދުން އުޅުނަސް  މިހެން،

             އަޖުނަބީން ގެ ނުފޫޒު  ފެނި ތޯއްޗެއް، ދަނީ، ޖެހިލުންވަމުން.

ނޭނގެޔޭ، ފަހިކަން ކަމެއް، ފައިކޭޓުގައި  އޮތް، 'ކުލިނިކު' ގެ،

             ބޭނގު ހަލިކަމުގައި، ބަޔަކު ފަތަމުން  އޮޔަށް އެބަދޭ، ހެމުން.  

އިންދަމުން ދާކަމުގެ އިއުލާން  ކުރެވުނަސް މުޑުވައް  މޮޅަށް،

             ވިންދު  ލޭގައި  މަތިވަރުގެ މި ޖަހާ ނުދޭ  ބަދަލެއް ވަމުން.

ގަދަރު ދީގެން،  ބޭރު މައްސުނި އަޑުތަކަށް މި  އިވޭ  މިތާ،

             މަދަދު  ދޭ  ފޯރީގެ ވާހުގެ އަޑު، ދަނީ  ހަމަ،  ގަދަވަމުން. 

އަޖުނަބީ ވައިރަސް  ގެނައި  ރޫޙީ  ތަޣައްޔަރުކަން  ބަހަށް،

             ތަޖުރިބާ   ނެތި،  ދޭ،  ދަވާގައި،  ދާނެބާއޭ   ފިލުވެމުން.

ފަސް ހަ ޑިގުރީ ބަހުގެ ނުނަގާ އަދު ނެތަސް  މީހަކު  މިތާ،

             ބަސް އުނގަންނައިދިނުމުގައި ހުރި އުނި، ދަނީ، އަދު ފެންނަމުން.

ކަނިވަމުން  ދާ  ހުޅުކޮޅަށް  ބައްތީގެ  ބަހަވީ،  މަދަދުގައި، 

             ކަނިލަމުން ގޮސް ނުނިވެނީސް، ހަދަމާގޮތެއް، އަތް  ގުޅުވަމުން. 

         ______________________________

އިދާރާ

ވާހަކަ