ޤަޟާ ޤަދަރު
ޢަބްދުﷲ ރަޝީދު، މ. ލިނެޓް
މިއީ، العلامة القاضي إبراهيم مجد الدين ޤަޟާޤަދަރު ދޭހަކޮށް ދެއްވުމަށްޓަކައި ލިޔުއްވާފައިވާ 3 ބަސް ރައިވަރު، އާންމު ބަހުރުވައިން ދޭހަކުރުމަށް ފަސޭހަ ކުރުމަށްޓަކައި އަޅުގަނޑު 6 ބަސް ރައިވަރަކުން ކޮށްފައިވާ ޝަރަޙައެކެވެ. އިސްވެ ލިޔެފައި އެވަނީ، العلامة القاضي إبراهيم مجد الدين ލިޔުއްވާފައިވާ 3 ބަސް ރައިވަރެވެ. އެ 3 ބަސް ރައިވަރު ލިޔެފައި އެވަނީ އަޅުގަނޑުގެ އެދުރެއް ކަމުގައިވާ އުސްތާޛު ޢިޔާޒު ޖާދުﷲ ނަސީމު އަޅުގަނޑަށް އެ ރައިވަރު ފޯރުކޮށް ދެއްވާފައިވާ ގޮތަށް އެއްވެސް ތަފާތެއް އުނި އިތުރެއް ނެތިއެވެ.
އެއީ: "ތަކުރާ ޤަޟާޤަދަރު ދަނެ
ރަކުނުނީނެ ލިޔަތީ ޔުއްވި
ޔަކުނެރާ ތީއެ ލިޔުއްވި"
ޝަރަޙަ ރައިވަރު:
ޤަދަރު ދަންނަނި ޤަޟާ
ޅަދަރިޔާ ބޮޑު މީހުނާ
ބަދަހި ދެ ލަފުޒު ގައިއެވާ
ޢަދަދު ދޭކުން ހިމެނިވާ
މަދަރި ކުރުމަށަ ކަނޑަނު އެޅެޔެ
މަދަރި ކުރާނެ ތީ އެޅެޔެ
____________________________