Print

ބައިނަލްއަޤުވާމީ އިޝާރާތު ބަސްތަކުގެ ދުވަސް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއަދަކީ، ސެޕްޓެންބަރު މަހު 23 ވަނަ ދުވަހަކީ، ބައިނަލްއަޤުވާމީ އިޝާރާތު ބަސްތަކުގެ ދުވަހެވެ. އަޑުއިވުމުން މަޙުރޫމުގެ ވާހަކަދެއްކުމުގައި ނުކުޅެދުންތެރިކަން ލިބިފައިވާ އެންމެންނަށާއި މި ބަސްތަކުގެ މުދައްރިސުންނަށް މިއަދުގެ މުނާސަބަތުގައި ނުހަނު އިޚުލާޞްތެރިކަމާއެކު، ތަހުނިޔާ ދަންނަވަމެވެ. ހެޔޮ އެދުންތައް އަރިސްކުރަމެވެ.

ދުނިޔޭގެ ބީރު މީހުންނާ ބެހޭ ފަދުރާލުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގައި އަޑުއިވުމުގެ ނިޢުމަތުން މަޙުރޫމުވެފައިވާ 72 މިލިއަން މީހުން ދުނިޔޭގައި އެބަ ތިއްބެވެ. މީގެ ތެރެއިން 80 އިންސައްތަ މީހުން ދިރި އުޅެނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައެވެ. މި އެންމެން މުޢާމަލާތުކުރުމުގައި މި ދެންނެވި އިޝާރާތު ބަހުގެ 300 އެއްހައި ބަސް ދުނިޔޭގައި ބޭނުންކުރެވެއެވެ.  

ބަސްވާރުން ބަޔަންކުރާ ގޮތުގައި ބައިނަލްއަޤުވާމީ އިޝާރާތު ބަސްތަކުގެ ދުވަހަކީ މިއީ ބަހަވީ ޚައްޞިއްޔަތާއި ސަގާފީ ސިންދަފާތު ދަފަރާކުރުމަށް ޓަކައި، އިވުމުގެ ނިޢުމަތުން މަޙުރޫމުވެފައިވާ އެންމެންނަށް ލިބޭ ލާމަސީލު ރަނުގެ ފުރުޞަތެކެވެ. އެހެނީ އިޝާރާތު ބަސްތަކަކީ ވާހަކަދައްކާ ބަސްތަކާ ޚިލާފު އޮނިގަނޑެއް ލިބިފައި ވިޔަސް، ބަހަކަށް ލިބިފައިވާ ހުރިހާ ސިފަތަކެއް ލިބިފައިވާ ފުރިހަމަ ބަހެއް ކަމަށް މި ބަސް ދެނެވަޑައިގަންނަވާ ބަސްވާރުން ވިދާޅުވެއެވެ. އަދި އިޝާރާތު ބަސްތައް ބޭނުންކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާގައި ފާހަގަކޮށްފައިވާ އަދި ކުރިއަރުވާން ހިތްވަރު ދީފައިވާ ކަމެކެވެ. ދިވެހިރާއްޖޭގައި ވެސް އިޝާރާތު ބަސް ދަންނަ މީހުން ގިނަވަމުން އަންނަކަމީ، އަދި ރަސްމީ އެކި ކަންކަމުގައި އިޝާރާތު ބަސް ބޭނުންކުރާ ކަމީ އުފާކުރުން ޙައްޤުކަމެކެވެ.

__________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ