އަދުގެ ޚާއްސަ

Print

ފަލަސްޠީނުގެ ޔަހޫދީ އިގުލީމު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

ޢަލީ ޚާލިދު، ފިޔާތޮށިވިލާ، ސ.ހިތަދޫ

ފެންނަހިނދު ނަޒަރުން ލޮލުގެ ހަނި، މޮޅު ވަރަށް ކުޑަ ގައުމެކޭ،

             ފެންނަ  ނަޒަރުން  ހިތުގެ، އިރުހާބީންގެ  ބިޔަ  ކިއްލާއެކޭ. 

ތީއޮޑޮހާޒްލް  ހުރެ  އިމާމުވެ  ދުނިޔެއަށް   ތަކުވީނު  ކުޅަ،

             މީ އޮޅުން  ބޮޑު، ޒައޮނިޒަމް  ޙަރަކަތުގެ އިސް ވި އަމާޒެކޭ. 

ފިތުނައިން  އުފެދުނު   ޔަހޫދީ،  ޢާލަމީ  ހަނގުރާމަ އިން،

             ހިތުނިޔަތުގައި ހޯދުމަށް  ޝާމިލުވި މައި  ލަނޑު ދަނޑިއެކޭ.

ރަތްކަނޑާއި   ފުރާތުކޯރާ    މެޑިޓެރޭނިއަނާ    ދެމެދު،

             އަތްދަށަށް،  ވާހައި  ބިމެއް، ގެންނާނެ  ބިޔަ  މަޝްރޫޢެކޭ.

ދުނިޔެ ހިފުމުގެ  ސިއްރު  ޙަރަކާތުގެ ވި ދިގު  ތާރީޚުގައި،          

             ގުނި ތިރީސްގަރުނުގެ  ތެރޭގައި  އެއްލި 'ބޮޑު'  ޞަފްޙާއެކޭ. 

ވެރިކަމާ ދުނިޔޭގެ މަޖަލާ  މަސްތުގައި  މުސްލިމު  ވެރީން،

             މެރި ދެ ލޯ ތިބެ ހަމަމަގުން ކައްސާލުމުން  އެޅި  ބޮނޑިއެކޭ.

ރޭޓު  ނުހިފޭ  ލޭކޮކާ ހެން،  ދުނިޔެ ތެރެއަށް  ފެތުރިތިބެ،

             ސޭޓުމެން   އިޔަހޫދި   ސާބިތުކުރުވި   ގަދަވި   ނުފޫޛެކޭ.

ލީޑަރުންނާ  މުސްލިމުން  މެރުމާއި  ކުރުމަށް  އިބްތިޒާޒް،

             ފީޑަރުން ހިންގާ  ބޮޑެތި   ރޭވުންތަކުގެ   މައި   ހާއްޔެކޭ. 

ބާރުގައި، މެހިފައިދަލަށް  ބޯ   ތިބި  ވިލާތުގެ  ލީޑަރުން،  

             އާރުނެތް  މުސްލިމު  ވެރިން  ބޮލުގައި  ޖަހައިލި  ތަފާލެކޭ.

އެމެރިކާ ތިރިކޮށް ބިމަށް ހަމަ އިޤްތިޞާދް ލުހެލައި މުލުން،

             އެމެރިކާއާ   ދުނިޔެއަށް   ވެރިކަން    ކުރާނޭ   ތަޚުތެކޭ.

ގުދުސު ގުދުސޭ ބަޔަކު ކިއަކަސް، އަދި ގަރާރެއް ނެރުނަކަސް،

             ކަހެރުވަކެކޭ  ވެސް ނުވާ  ހީ  ކަމުގެ   ބޮޑު   އިޢުލާނެކޭ.

އުނިކަމެއްނެތް ތަޖުރިބާއިން،  ދެއްކި   އަދި   ދައްކާގޮތުން،

              ދުނިޔެއަށް  އަންނަން  އުޅޭ   ބިރުވެރިކަމެއްގެ  ނިދާއެކޭ.

           ________________________________

* އިރުހާބީން - ޓެރަރިސްޓުން     

* ތަކްވީނު ކުޅަ - އުފެއްދި       

* ޢާލަމީހަނގުރާމަ - ދުނިޔޭގެ ބޮޑުހަނގުރާމަ

* ޒަޔޮނިޒަމް - ޞަހްޔޫނިއްޔަތު (ޔަހޫދީންގެ އަމިއްލަ ގައުމެއް އުފައްދައި ދުނިޔެ އިސްތިޢުމާރު ކުރުމުގެ ސިޔާސީ ނިޒާމް)

* އިބްތިޒާޒް - ބްލެކްމެއިލް    

އިދާރާ

ވާހަކަ