އިރުވައި މޫސުން
ޢަބްދުﷲ ރަޝީދު މ.ލިނެޓް
ނިމޭ ހިނދުގައި ހުޅަނގު މޫސުން ފެށޭ އިރުވައި މި ރާއްޖޭގައި
ހިމޭނުން ނޯވެޔޭ ކަނޑުފަޅު ވަޔާ ރާޅާއި އިރުވައިގައި
ޖަހާނޭ މުލަ ނަކަތް ހުސްވާ ފަހުން ފުރަހަޅަ އުތުރުހަޅަ ޔާ
ގަހާގެހި ލުއްސަލުއްސައިގެން ހިނގައިދާވަރުގެ ޙާލަތުގައި
ވިލާކޮޅުކޮޅު ނަގާއިރުގައި އެއީ އޮއިކަޅު ކަމަށް ކިޔަކަސް
ޚިލާފުވެ ބަސް ދެޔޭ އުވިގެން ކަކޫތާފެން ހެދޭ އިރުގައި
ހުވަން ލައިގަނެފިނަމަ އުތުރާ އިރުން ޖެހެޔޭ ހިމޭން ނަލަވައި
ދުވަސްވަރު ދިނަށަ ލައިގެނެފައި ހިނދޭނޭވައި އެތަންވަޅުގައި
އިރާ އުތުރާ ދެމެދު ހަރުލައި ޖެހޭނޭ ހިޔަވިހާ ނަލަވައި
ދިރާސާކޮށް ބަލާމީހުން ދަނޭ މޫސުން މި ހަމަތަކުގައި
އެއަށްފަހު ފުރަބަދުރުވައިގައި ވަރަށް ބާރަށް ވިދައި ގުގުރައި
އެއަށްވުރެ ވަކި ތަފާތުކަމެއް ނުފެންނަނި ފަސްބަދުރުވައިގައި
ދެނޭ ލައިގަންނަނީ އިރުވައި މުޅިން ހުސްވާނެ ރޭވަ ނަކަތް
ފެނޭ ވައިއެނބުރިގެން ދާތީ އެނބުރި ހަރުލާށަ މަޣްރިބުގައި
މިއީ ރާއްޖޭގެ އެއް މޫސުން ޖެހޭ ދަސްކޮށް އެނގެން ރަނގަޅަށް
މިއީ، އިރުވައިގެ ކަން ހުރިގޮތް ބަޔާން ކުޅައީމެ ކުރުޅެމުގައި