www.fanvai.info

Print

ޒުވާނުންނޭ!

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

މުޙައްމަދު ނަދީމް، އުދަރެސް، ށ. މާއުނގޫދޫ

ވެހޭ  ވަގުތު ފެންފޮދު ނަގާށޭ މިތުރު

                       ޖެހޭ  ކޮޅިގަނޑުން ނިމި ހިނގައިދޭ ދަތުރު

ނުވާ  ނަމަ ޢަދުލުވެރި ކޮބާތޯ ޤަދަރު

                      އެ  ވާނީ   ހަދާ   ކަމުގައޭ    ހުރެ    މަކަރު

 މިހާރުގެ  ޢަޒުމަކީ އެދޭނަމަ  ސަވާބު

                      ނިހާޔަތުގެ    ލޯބިން    ކުރާށޭ    ޒިކުރު

 ޚިޔާލީ  ތަޞައްވުރު  ކުރާށޭ ރަނގަޅު

                      ހިޔާވަހި  އުފާވެރި    ބިނާކޮށް    ގެދޮރު    

ބިލާހޭވަނީ   ހުވަފެނީ  ދުނިޔެއިން

                      ކިލާ   ފޮހެލަމާ  ތޯ   ލިބޭ    ތޯ    އަބުރު

އިލާހީ  މަދަދު  އެދި  ކުރަށޭ  ދުޢާ

                      މިލައި މޯޅިނުވަނީސް  ޒުވާންކަމުގެ  ޒާރު

ފަޤީރެއް  އަމީރެއް ވިޔަސް ރަސްކަލެއް

                      ޔަޤީނޭ މި ދުނިޔެއިން ނުކުމެދޭ  ވެ  މަރު

           ________________________

 

 

www.fanvai.info