އަދުގެ ޚާއްސަ

Print

ފެންތަށީގައި ހިފެހެއްޓުން

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ސައިންސް

 

އަޙްމަދު ސިމާޙު

ސައިކޮލޮޖީ ޓީޗަރު އެއް ދުވަހަކު ކްލާހަށް އައީ ބިއްލޫރި ތަށްޓަކާއި ކުޑަ ފެންފުޅިއެއް ހިފައިގެންނެވެ. ބިއްލޫރިތަށީގެ މެދެއްހާ ހިސާބަށް ފެންއެޅުމަށްފަހު ތަށި އުފުއްލައި، އެއް އަތުން އޭގައި ހިފަހައްޓައިގެން ހުރެ ބުންޏެވެ. މީގެ ބަރުދަނުގައި ގައިމު ވެސް 500 ގްރާމެއް ހަމައެއް ނުވާނެއެވެ. އެކަމަކު ކިހާ އިރެއް ވަންދެން މި ގޮތަށް ހިފަހައްޓައިގެން ހުރެވިދާނެ ކަމަށް ތިޔަ ކުދިންނަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ ޖަވާބުގައި ކުދިން ބުންޏެވެ. ތިޔަހާ ލުއި އެއްޗެއް ކިތަންމެ އިރަކު ވެސް ހިފަހައްޓައިގެން ހުރެވިދާނެއެވެ.

އިރުކޮޅެއް ފަހުން ޓީޗަރު ބުންޏެވެ. ތެދެކެވެ. މިހާ ލުއި އެއްޗެއް ކިތަންމެ ގިނައިރަކު ހިފެހެއްޓުމަކީ އުނދަގޫ ކަމެއް ކަމަށް ޤަބޫލު ނުކުރެވިދާނެއެވެ. ނަމަވެސް ކިތަންމެ ލުއި އެއްޗަކަސް އެއްވާނެއްގައި މިހެން ހިފަހައްޓައިގެން ގިނަ އިރު ވާނަމަ، އަތަށް ވަރުބަލިކަން އިހުސާސްވަމުން ދާނެ ނޫންހެއްޔެވެ. މެދުނުކެނޑި މި ގޮތަށް އެއްތައް އިރަކު ހިފަހައްޓައިގެން ހުރެއްޖަ ނަމަ، ކޮންމެވެސް ހިސާބަކުން އަތުން ވާގި ދޫވެ އަތް އައްސިވެ ނުވަތަ ޕެރަލައިޒްވުމުގެ ފުރުސަތު އޮންނާނެއެވެ.

ކުރު ގޮތަކަށް ޓީޗަރު ބުނެދޭން މި އުޅުނީ އިންސާނާ ހިތްދަތިވާ ނުވަތަ ހިތް ނުރުހޭ ކިތަންމެ ކުޑަ އިހްސާސެއްކަމަށް ވިޔަސް، އެ އިޙްސާސްއަކާ ދުރަށް ނުގޮސް އެކަމާ މާބޮޑަށް ވިސްނާ ފިކުރު ކުރާ ނަމަ، ކޮންމެވެސް ހިސާބަކުން މީހާ ނަފްސާނީގޮތުން ބަލިކޮށްލާނެ ވާހަކައެވެ. 

އެހެންކަމުން ކުރިމަތިވާ ހިތާމަވެރި ނުވަތަ ހިތްނޭދޭ ކަންކަމުން ދުރުވުމަކީ ކުރަންޖެހޭނެ ކަމެކެވެ. އެއީ ކިތަންމެ ކުޑަކަމެއް ކަމަށްވިޔަސް، އެކަމުން އަ ރައި ނުގަނެވިއްޖެ ނަމަ، އޭގެ ނަތީޖާ ފަހުން ހިތިވާނެއެވެ. ނަފްސާނީ މައްސަލަތަކާ ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާނެއެވެ. ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެނަމަ، އެކަން ހިތުން ފިލުވައިލާންޖެހެއެވެ. އެއީ ރައްޓެއްސަކާ އެ ވާހަކަ ޙިއްސާކޮށްގެން ނަމަވެސް ނުވަތަ އަމިއްލައަށް އެކަން ހަނދާން ނައްތައިލައިގެން ވިޔަސްމެއެވެ. 

_________________________

އިދާރާ

ވާހަކަ