އަދުގެ ޚާއްސަ

Print

1442 ރަބީޢުލް އައްވަލް 1

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހެވެ. މިއަދުގެ މުނާސަބާގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ދަންނަވަމެވެ. އަޅުގަނޑުގެ ގަލަން މި ނެގީ ގައުމީ ދުވަހުގެ ވާހަކަ ދައްކާކަށް ނޫނެވެ. އެކަމަކު މިއަދު މިއީ ރަބީޢުލްއައްވަލު ފުރަތަމަ ދުވަސްކަން ކަށަވަރުކުރުމަށްޓަކައި ފަލަކީ ގޮތުން ބަލާ ހަމަތަކުގެ މައްޗަށް ވާހަކަދައްކައިލުމަށްޓަކައެވެ.

1442 ރަބީޢުލް އައްވަލް 1 ވަނަ ދުވަސް ކަށަވަރުކޮށް ދެނެގަތުމަށް ފަލަކީ ޙިސާބާއި އިސްލާމީ އުޞޫލުން ހަނދު ލައްވާ ހަމަޔަށް ބަލާއިރު، މި ހިނގާ ޞަފަރު މަހު ދުނިޔެ ވަށައިގެން ހަނދު ޖަހަމުންދާ ބުރު، 17 އޮކްޓޯބަރ 2020 ވަނަ ދުވަހު މާލޭ ގަޑިން 00:29 ގައި ތުލަ ރާހީގެ 23 ދަރަޖަ 53 ދަގީގުގައި ހެއި ނަކަތު ތެރޭގައި އެއްއުއިވެ ފުރިހަމަ ކުރެއެެވެ. ތުލަ ރާއްސަކީ ޢަރަބި ބަހުގައި ޖަދީ އެވެކިޔާ ބުރުޖެވެ. އިނގިރޭސި ބަހުން ނަމަ ލިބްރާ ސައިން އެވެ. 

އަދި ޞަފަރު މަހުގެ 29 ވަނަ ދުވަސް ކަމުގައިވާ 16 އޮކްޓޯބަރ 2020 ވަނަ ހުކުރު ދުވަހު، މާލެއަށް، މުރިނގު އަސްތަމާނުން ހުޅަނގުގެ ދެކުނުފަޅިޔަށް އިރު އޮއްސޭ މިޞްރާބަށް ވުރެ ކުޑަކޮށް އުތުރަށް، އިރު އޮއްްސޭ ވަގުތުގެ 10 މިނެޓް 57 ސިކުންތު ކުރިން )17:41:25( ހަނދު އޮއްސެއެވެ.

އެކަންކަން އެހެން ހުރުމުން، ހިޖްރީ މަހުގެ 1 ވަނަ ދުވަސް ކަނޑައެޅުމުގައި ރާއްޖެއާއި އިސްލާމީ ދުނިޔޭގައި ޢަމަލުކުރާ އުޞޫލުން، 17 އޮކްޓޯބަރ 2020 ހޮނިހިރު ދުވަހަކީ، ޞަފަރު މަހުގެ 30 ވަނަ ދުވަސް ކަމުގައިވެ، ރަބީޢުލް އައްވަލް މަހުގެ 1 ވަނަ ދުވަހަކީ، 18 އޮކްޓޯބަރ 2020 އާދީއްތަ ދުވަސްކަން ކަށަވަރު ވެއެެވެ.

17 އޮކްޓޯބަރ 2020 ހޮނިހިރު ދުވަހު މާލެއަށް ހަނދު އޮއްސޭނީ މުރިންގު އަސްތަމާނުން ހުޅަނގުގެ ދެކުނު ފަޅިޔަށް 18:33:53 ގައެވެ. 17 އޮކްޓޯބަރ 2020 ވަނަ ދުވަހު މާލޭގަޑިން 18 ގަޑީގައި ހަނދާއި އިރުގެ ޑިކްލިނޭޝަން ދެކުނުން 9 ދަރަޖައިގައި ހުންނާނެތީ، ހަނދުގެ ހުޅެވި ވަކި އަތަކަށް އަރިކޮށް ހުރިކަން ފާހަގަ ކުރަން ދަަތިވި ކަމުގައި ވިޔަސް ހަނދުގެ ހުޅެވި ދެކުނަށް އަރިކޮށް ހުރިކަން ފާހަގަ ކުރެވޭވަރު ވާނެއެވެ. ސަބަބަކީ އެވަގުތު ހަނދު ދަތުރުކުރަނީ ދެކުނަށްކަމަށްވެފައި އޮކްޓޯބަރ 22 ވަނަ ދުވަހު މާލޭގަޑިން ހެނދުނު 7:00 އާއި ހަމަޔަށް ހަނދު ދަތުރު ކުރާނީވެސް ދެކުނަށް ކަމުގައި ވާތީއެވެ.

____________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ