www.fanvai.info

Print

ދުއްވައިފައި ދާ ދޯންޏެއް ހުއްޓުވިދާނެއެވެ.

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ އިޖުތިމާޢީ

 

އިސްމާޢީލް ޢަލީ، ކަނދޮޅުދޫ

ފަހު ނޭވާ ލުމުގެ ކުރިން އެ ފަކީރަށް އެހީވެވުނު ނަމައެވެ.

ނިމި އެ ދިޔައީ އެހީތެރިކަމުގެ އަތެއް ނެތިއެވެ.

ގުލާނު ކޮށްގެން އަހަރެންނަށް ހޭހަން ކުރިއެވެ.

ބޮޑުވެ މީހަކަށްވީދުވަހު އެފަކީރު ދޫކޮށް ލެވުނީއެވެ.

އަޅައިނުލާކަށް  ނޫނެވެ. ހޭހަން ނުކުރާކަށް ނޫނެވެ.

އެހީތެރިކަން ބޭނުންވާނީ މުސްކުޅި ވީމާ ކަމުގައި ހީކުރެވުނީއެވެ.

ދުއްވައިފައި ދާ ދޯންޏެއް ހުއްޓުވި ދާނެއެވެ.

ވަގުތު ހުއްޓުވުމަކީ މުސްތަޙީލު ކަމެކެވެ.

ޖަވާހިރަށްވުރެ ވެސް ވަގުތު އަގުބޮޑެވެ.

ވަގުތު އިންސާނާއަކަށް ނުބަލާނެއެވެ.

އިންސާނާ ވަގުތު ފަހަތުން ދުވާންވީއެވެ.

ގެއްލިއްޖެ ވަގުތެއް ދެނެއް ނުލިބޭނެއެވެ.

ފެން ނެގޭނީ ވެހޭ އިރުއެވެ.

ބޮޑުވުމަށް ފަހު ކުޑަ ކުއްޖަކަށް ނުވެވޭނެއެވެ.

މަންމަގެ އުނގުގައި ބޯއަޅައިލައިގެން ދެނެއް ނޯވެވޭނެއެވެ.

ލޯމަރައިލުމުން ޚިދުމަތެއް ދެނެއް ނުދެވޭނެއެވެ.

             ________________________________

www.fanvai.info