އަދުގެ ޚާއްސަ

Print

ގުޑުންއެރުމުން ނަވުގެ ފަތޮޅަށް

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

        

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އެހީތެރި  މިތުރަކާ  ދެކޮޅަށް  ގުޅައިލާ އިއްތިޙާދު ކޮޅަށް

        އެހީއަށް އެދި އަރައި ގުޅުނަސް ތިބޭނީ އަބަދުވެސް  ދެކޮޅަށް

ދުކެއް އައި ނަމަ އައީ އެ ކޮޅުން، މިއީ ތާރީޚު ދައްކާ ގޮތް

        ފުކެއްވެސް ދޫނުކޮށް އެވެރިން، އަޑިން ތިބެނީ އަބަދު ދެކޮޅަށް

ސަލާމަތްކަން އަދައި މަސްހުރި ކޮށާރެއް ބުޅަލަކަށް ދިނުމުން

        މަލާމާތެއް ކަމަށް  ނޫންތޯ  އެ  ވާނީ  ހަމަ  ވެވޭ ދެކޮޅަށް 

ވަގެއްގެ އަތަށް ތިޖޫރީ ދީ، އެހީތެރިވާން އެދޭ ނަމައީ

        މަގެއް  ނޫންތޯ  އެއީ  ހުޅުވާ،  ލިބޭނީ  ދޫކަމޭ  މުކޮޅަށް

ސަލާމަތްކަން ދެވޭނޭހޭ  މަލާމާތްކޮށް  ހަދާ  ބަޔަކަށް

        ފަލާޙާ   ކާމިޔަބު  އޮތީ  ޖަހަން ދިނުމުންހެ ތަން  އުކުޅަށް

ސަލާމަތް  ކޮށްދެވޭނެންޏާ  މި ކަންކަން  ކޮށްދެވެން ވާނޭ

        ބަލާށޭ! ދަފުޢު  ކޮށްދޭށޭ ބަލައި  ލިސްޓަށް ނިކަން ރަނގަޅަށް

ހިޔާވަހިކަން އޮތީ ފުރަތަމަ، އެއާ ވިދިގެން ގިރުން  ރަށްތައް

        މިޔާ  އެކުގައި  ދަތުރުފަތުރުގެ  ފަސޭހަތަކޭ  ލިބުން އަތޮޅަށް

އަމަލުވާ  އެއްޗެހީގެ  ވަބާ  ގުނޭނޭ  އެންމެ  ބޮޑު ކަމަކަށް

        ޙަމަލަތައް ވެސް ޢަޤީދާއަށް  ދެވޭ، ހުއްޓާން  ޖެހޭ ރަނގަޅަށް

ބިދޭސީން ގިނަވުމާ ދެކޮޅަށް އޮތީ ޙައްލެއް ލިބޭންޖެހިފައި

        އެދޭހެން ފަހެލި ޙައްލެއް ވެސް  ލިބޭން ޖެހެޔޭ  އުޅޭ އަތޮޅަށް

ކުނީގެ ނުރައްކަލާ ގެއްލުން މިއީވެސް އެންމެ ބޮޑު ކަމެކޭ

        ގުނީ ވެސް އިސް ކަމެއް ދީގެން ސަމާލު ކަމެއް  ލިބޭށަ އޮޅަށް

ތަނުގެ މުޅި އިޤްތިޞާދިއްޔަތު އޮތީ ފުން ވަޅުގަނޑެއްގެ ތެރޭ

        ކަނުވެ މިގޮތަށް ނުތިބެ ކަންކަން ޖެހޭ ގެންނަން އަލުން މިކޮޅަށް

މިއަދު "މާޒީ" މި ދޭ އިރުޝަދުތައް ނުބަލައި ދުރަށް ލުމަކީ

        ދިޔަވެ ޤައުމީ މި ނާ ފެތުމޭ، ގުޑުން އެރުމުން  ނަވުގެ ފަތޮޅަށް

         ________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ