އަދުގެ ޚާއްސަ

Print

ސައުވީސް ގަޑިއިރެވެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޢަޤީދާ

 

އިސްމާޢީލް ޢަލީ، ކަނދޮޅުދޫ

ﷲ ސުބްޙާނަހޫ ވަތަޢާލާ ތަދުބީރު ކުރައްވައިފައިވާ ފުރިހަމަ އުޞޫލާ އެއް ގޮތަށް ކާއިނާތުގެ ކަންތައް ހިނގަމުން ދެއެވެ. އެކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދުނިޔެ ދައުރުވެއެވެ. ރޭދުވާ ތަކުރާރުވެއެވެ. އިރުއަރައި އޮއްސެއެވެ. އިންސާނާގެ ވުޖޫދު ނިމުމުގެ މަރްހަލާތައް ކަޑައްތު ކުރަމުން ދަނީ ރޭވިފައިވާ ނިޒާމުގެ ތެރެއިންނެވެ.

އިންސާނައަށް ހީވަނީ ވަގުތު ވަރަށް ހަލުވި ކަމާއިއެކު ދާކަމުގައެވެ. އެހެންނަމަވެސް ދުވަހެއްގެ ދިގު މިނަކީ 24 ގަޑިއިރެވެ. 1440 މިނެޓެވެ.  86400 ސިކުންތެވެ. 

ކޮންމެ ކަމެއް ކުރާން ވެސް ވަކި ވަގުތެއް، މުނާސަބު ވަގުތުކޮޅެއް ވެއެވެ. އެ ވަގުތުކޮޅުގެ ބޭނުން ނުހިފިއްޖެ ނަމަ އެތައް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހެއެވެ. ބައެއް ފަހަރު އެއީ ފޫނުބެއްދޭ ވަރުގެ ކަންތައްތަކަކަށް ވެއެވެ. ފަހުން ކޮށްލެވިދާނެ ކަމަށް ހީކޮށް އަދު ކުރަންވީ ކަމެއް މާދަމާއަށް ފަސްކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. މާދަމާ ވާނެ ގޮތެއް އެނގެނީ ކިހިނެއް ހެއްޔެވެ؟

ރޭވިފައިވާ ނިޒާމަކަށް ބަދަލެއް ނާންނާނެއެވެ. އިންސާނާ އޭނާގެ ޢަމަލުތައް ކުރުމުގައި ރޭވިފައިވާ ނިޒާމަށް ތަބަޢަވާން ޖެހޭނެއެވެ. އިންސާނަކު ބޭނުން ވިޔަސް ދުވަހެއްގެ ދިގުމިން 24ގަޑި އިރަށްވުރެ ދިގެއް ނުކުރެވޭނެއެވެ. އިންސާނުންނަށް ވަގުތު މުހިއްމު ވަނީ މި ސަބަބަށްޓަކައެވެ.

ރެއާއިދުވާލުގެ ތެރެއިން އިންސާނާއަށް ލިބިފައިވާ 1440 މިނިޓްގެ ތެރެއިން ﷲ ފަރްޟު ކުރައްވާފައިވާ ފަސްނަމާދު ކުރާން ހޭދަވާނީ ގާތްގަޑަކަށް ފަންސަވީހަކަ މިނިޓެވެ. ދެން ބާކީ ހުރި ހުރިހައި ވަގުތަކީ އެކިއެކި ކަންކަމުގައި ހޭދަކުރާ ވަގުތެވެ. މި ހުރިހައި ވަގުތެއް ވެސް އެ މީހަކު ބޭނުން ނަމަ އަޅުކަމެއްގެ ގޮތުގައި ހެދިދާނެއެވެ. އެއީ ރަނގަޅު ނިޔަތެއްގައި ﷲ ހުއްދަ ކުރައްވައިފައިވާ ގޮތުގައި އެ ކަންތައް ކޮށްގެނެވެ.

އިންސާނުންނަށް ވަނީ ރަޙުމަތުގެ ދޮރުކޮޅުތައް ހުޅުއްވައިދެއްވައިފައެވެ. އެ ދޮރުކޮޅުތަކުން އިންސާނުން ވަދެގެން ދާންވީއެވެ. އިންސާނުން ދިރިއުޅުމުގެ މައިގަނޑު އަމާޒަކަށް ވާންވާނީ ﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް ޓަކައެވެ.

_______________________________

އިދާރާ

ވާހަކަ