އަދުގެ ޚާއްސަ

Print

ނަޞްރުގެ ޒިކުރާ

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

މުނައްވަރު

އޮނަވިހި  ސަތޭކަ  އަށާހިވަނަ  އަހަރުގެ ނޮވެމްބަރު ވީ  ތިނެއް

         އޮނަވިހި ދަރީންނެ ޝަހީދުވީ އެ ދަރީން އެއީ އަގުހުރި  ބަޔެއް

ޤައުމާއި  ދީނާ  ފޭރުމަށް  އައި  ބައިގަނޑެއް  ފައްސައިލުމަށް

         ޤައުމަށްޓަކައި ކެރިގެން ޙުސައިން އާދަމް ކުރީ ގަދަ  ހިތްވަރެއް

އަށް  ބޭކަލުން  ސިފައިންގެއިން  ވެއްޖޭ  ޝަހީދުންނަށް އެދުހު

         އަށްޑިހަ  ޕްލޯޓުން  ޙަމަލަދީ  ލޭ  އޮހޮރުވީމާ  ނެތި  ބިރެއް

އިތުރަށް  އެގާރަ ޝަހީދުވީ  ޢާންމުންގެ ތެރެއިން ކަމު ވިޔަސް 

         ހިތުހުރި  ގޮތެއް  ނުހެދޭނެކަން  ދައްކައިދިނީ   ބަޠަލުންތަކެއް

އެ  ދަރީންގެ  ޒިކުރާ   އާކުރުން  ވާޖިބުވެޔޭ  ފަޚުރާ  އެކީ

         އެ ދުވަސް އަލުން ތަކުރާރުވުން ފުރުޞަތު ނުދީ  ލާ ހިތްވަރެއް

ނަޞްރުގެ ދުވަސް އައުމުން ހަނދާނަށް އަންނަނީ އެދުވަސްމަތީން

         ފަސްދާނު  ލީމާ ހަށިތަކެއް  ފެންނަން  ނެތަސް މި  ހަގީގަތެއް

          ____________________________

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ