އަދުގެ ޚާއްސަ

Print

ނަސްރުގެ ދުވަސް އައުމުން

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

ސާދުނާ ޢަބްދުލްކަރީމް

ނަސްރުގެ ދުވަހު ހިނގިކަންކަމޭ  އަހުރެން ހަނދާނަށް އަންނަނީ

        ޢަސްކަރު ދިފާޢަށް ނުކުމެދިން ހަމަލައިން  ޢަދުއްވުން  ބަލިވަނީ

ނޫކަނޑުގެ މެދުގައި މުސްލިމުން އުޅެމުން މިދާ  ކުޑަ ރާއްޖެއިން

        ނޫކަށިފުރާގެ ޒުވާން  ޙުސައިން  އާދަމް  އެރޭ  ޤުރުބާން  ވަނީ

މަރަކަށް މަށެއް ނުސިހޭނަމޭ ބުނެފައި އަށެއްކަ ސިފައިން ނުކުމެ

        ކަރައިން މިއައި ބައިގަނޑުގެ ކަންކަން ހުރި މަގޭ  ދެނެގަންނަނީ

އެކަމުގެ ތެރޭގައި އުޅެނިކޮށް ތަމަޅައިން އެދިން ޙަމަލާތަކުން

        އެކަލުގެންގެ ތެރެއިން  ދަރުމަވީ  ތިން  ފަހުލަވާނު  ނިޔާވަނީ

ވަނުމަށްޓަކައި ހެދި ބާގަނޑެއް މަރުކަޒުގެ ހުޅަނގަށް ވީކަނުން

        ތަނުގައި އެ ހިނދު ތިބި ބޭކަލުން އެކަމަށް ހުރަސްމެ އަޅުއްވަނީ

ވަރުގަދަ ވަސަންތީ އަތުލުމަށް ލަންކާ ސިފައިންނާ އިންޑިޔާ

        ވަރުބަލިވިޔަސް  އަތުލައިގަތުން  ލާއިޤުވި ކަމަކަށް  ނުމެ ވަނީ

ކަޅުވީ ބުރާސްފަތި ފަތިހުގައި އައްޑިހައަށެއްވި  ތިނެއް  އެގާރަ

        ވަޅުދަނޑި ބަލަންހުރި "ގުލްބަކާ" ޖެހި އުންޑަ ފުއްކިބަޔަށްވަނީ

ދެންފަހެ މިފަދަ މޮޅު ލީޑަރަކު މަރުވީ ހިނދުން އުއްމީދު ކެނޑި

        ގެންދަން  ރަހީނުން  ބޯޓުގައި   މާލޭ  ތެރޭން   ހޯދައިލަނީ

ޓެލެކޮމް ޢިމާރާތް ވެސް ހިފާން  ކުރިހާ  ކަމެއް  ބޭކާރުވީ 

        ބެލެހެއްޓުމަށް  "ބަލި" އަންހެނަކު  ހުއްޓައިކަމޭ  ކަށަވަރުވަނީ

އެއުރެން އެ އުކިހައި އަތުބޮމާ އެއްޗެހި ހުރީ ނުގޮވައިކަމުން

        ހެއު ރަޙުމަތުންކަން  ދަފްޢުވީ އެނގި ހަޒުރަތަށް  ކުއްތަންވަނީ

ދުވަހުގެ ވި ހެޔޮހާ ތަހުނިޔާ ސިފައިންނަށޭ ތަޚްޞީޞްވަނީ

        ހުވަފެނަކު ތެރެއިން ނަމަވިޔަސް އެދުވަސް ނައުން  ބޭނުންވަނީ

ނަޞްރާ ފަތަޙަ ލިބުމުން މެޔަށް ވީ ފިނިކަމާ ހިތްހަމަޖެހުން

        ނަސްލަށް އަބަދު ދެމިގެން ވުމަށް އެދިގެން މިއަދު އަތްއުފުލަނީ

ދިނުމަށް ޙިމާޔަތް ނަންކިޔައި  ލޮލުގައި އަޅާހައި ކަޅުއަނދުން

        މިނުމަށް ނުރައްކާ މިންގަނޑުން ނުމިނައިފިނަމަ އަނދަވަޅުވަނީ

ލިބެމުންމިދާ ދީލަތި އެހީ ތިބެ ލޯމަރައި  ހިފުމުން  މިހެން

        ލިބެވޭނެކަން  ދުކުތައް ފަހުން  ވިސްނުން މިއަދު މޮޅުކަމުވަނީ

           ______________________________

އިދާރާ

އެނގޭތަ؟

ވާހަކަ