Print

ބަހުގެ އިތުބާރު

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

އިސްމާޢީލްޢަލީ، ރ. ކަނދޮޅުދޫ

 

އިރުއިރުކޮޅާ ހިތުގައި ވިކާހެން ހީވެއެވެ.

ހަފަރާތް ބަލައި ނުފެނުމުން ދެރަވެއެވެ.

ކެޔޮގަޑު ކަނޑައިލީމާ ގަހުގެ ބޭނުމެއް އޮވޭހެއްޔެވެ؟

ޝުކުރުވެރިވުން ވާޖިބެއްކަމުގައި ދެކޭހެއްޔެވެ؟

ކޫރުމެއް ހިތުގައި އެޅޭނެކަން ވިސްނޭހެއްޔެވެ؟

ރުޅި އިސްކުރުމުން ހިތުގެ ރިހުން ގަދަވެއެވެ.

ނީލަމަށް ލެވިފައިވާ އެއްޗަކަށް ވެއްޖެއެވެ.

ލީކުވެ އަޑުތައް މުޅި ރަށަށް ފަޟީޙަތް ވެއްޖެއެވެ.

ސިޔާސަ ކުއްޖަކަށްވެ ނިމިއްޖެއެވެ.

ތާރީޚް އިޢާދަ ނުވާނެކަން އެނގިއްޖެއެވެ.

ރާޙަތެއްނުކުރި ލޯތްބަކަށްވެ ނިމިއްޖެއެވެ.

ފެންނަ ފަށުގައި އަބަދު ހުންނާނެ ކަމުގައިވިއެވެ.

އުފާވެރި ޢީދަކާ އެއްވަރުކުރިއެވެ.

ރޭދުވާ ތަކުރާރުވާހައި ހިނދަކު ވަކިނުވާނަމޭ ބުންޏެވެ.

ފަހުނޭވަޔާ ޖެހެންދެން އަތުގައި ހިފާނަމޭ ބުންޏެވެ.

ދުނިޔޭގެ ތަބީޢަތަކަށް ބަދަލެއް ނާދެއެވެ.

ބަދަލުއައީ ހިތަށެވެ. ގެއްލުނީ ބަހުގެ އިތުބާރެވެ.

                      ____________________________

އިދާރާ

އެނގޭތަ؟

ވާހަކަ