އަދުގެ ޚާއްސަ

Print

ޝާމިލާ ކުތުބުޚާނާ ނުވަތަ އަލްމަކުތަބަތުއް ޝާމިލާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޢަބްދުލްމުޢީދު ޙަސަން

މިއީ، އިންޓަރނެޓުން ހިލޭ ލިބެން ހުންނަ ފޮތްތައް، އެއްތަނަކަށް ޖަމާކުރުމުގެ މަޤުޞަދުގައި ތައްޔާރުކުރެވިފައިވާ ކުތުބުޚާނާއެކެވެ. މި ކުތުބުޚާނާގެ ސޮފްޓްވެއަރ، ޝާމިލާ ވެބްސައިޓުން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

އަހުލުއް ސުންނާ ވަލްޖަމާޢާގެ މަންހަޖާ ޚިލާފު ފޮތްތައް މި ކުތުބުޚާނާގައި ހިމެނުމަކީ، ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް، އިސްލާމްދީނަށް ޚިދުމަތްކުރައްވާ ޢިލްމުވެރިން ދިރާސާކުރެއްވުމުގެ ގޮތުން ގެންގުޅުއްވާ ބިދުޢައިގެ ފޮތްތައް މި ކުތުބުޚާނާގައި ބަހައްޓަވައިގެން ދިރާސާކުރެއްވުމަކީ ހުއްދަ ކަމެކެވެ.

އިންޓަރނެޓްގައި އިސްލާމްދީނަށް ޚިދުމަތްކުރާ ސައިޓްތަކުގައި، މި ލައިބްރަރީ ޤާއިމްކުރުމަކީ ހުއްދަކަމެކެވެ. އަދި ފައިދާހުރި ފޮތްތައް މި ލައިބްރަރީއަށް އިތުރުކުރުމުގެ ދޮރުވަނީ ހުޅުވާލެވިފައެވެ. މިސާލަކަށް، މިޝްކާތު ކުތުބުޚާނާއާއި އަހުލުލް ޙަދީޘްގެ މައިދާނާއި ޠަރީޤުލް އިސްލާމް ކުތުބުޚާނާއިން ދޫކުރާ ފޮތްތައް، މި ލައިބްރަރީއަށް ލެވިދާނެއެވެ.

ފޮތަށް ލޯބިކުރައްވާ ބޭފުޅަކު ގެންގުޅުއްވާ ލެޕްޓޮޕްގައި ނުވަތަ ގޭގައި ހުންނަ ކޮމްޕިއުޓަރުގައި، ޝާމިލާ ކުތުބުޚާނާ ޤާއިމްކުރެއްވިދާނެއެވެ. އެއަށްފަހު، ނަންގަނެވިދިޔަ ފަރާތްތަކުން ލިބެން ހުންނަ ފޮތްތައް، އެ ކުތުބުޚާނާއަށް އިތުރުކުރެއްވިދާނެއެވެ. މިހެން ހައްދަވައިފިނަމަ، ފޮތް ބަހައްޓަވާނެ ހަރުގަނޑަކަށް ބޭނުންފުޅެއް ނުވާނެއެވެ. އަދި އެފަދަ ހަރުގަނޑަކަށް ގޭތެރެއިން ދެއްވަން ޖެހޭ ޖާގަ، ފައިދާހުރި އެހެން ކަމަކަށް ބޭނުންފުޅުކުރެއްވިދާނެއެވެ.

އައްޝާމިލާ ކުތުބުޚާނާގެ މައި ޞަފުޙާއަށް ވަޑައިގެންނެވުމަށްޓަކައި މިތަނަށް އެއްފަހަރު ކްލިކްކޮށްލައްވާށެވެ.

އައްޝާމިލާ ކުތުބުޚާނާގެ ސޮފްޓްވެއަރ ޑައުންލޯޑްކުރެއްވުމަށްޓަކައި މިތަނަށް އެއްފަހަރު ކްލިކްކޮށްލައްވާށެވެ.

އައްޝާމިލާ ކުތުބުޚާނާ އަޕްގްރޭޑް ކުރެއްވުމަށްޓަކައި މިތަނަށް އެއްފަހަރު ކްލިކްކޮށްލައްވާށެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟