މަލަކާ
ޢަބްދުﷲ ރަޝީދު
މިތުރާގެ އަސަރީ މަސްތަކީ ހިތުގައި އަނދާ އަލިފާނެކޭ
ބިތުސާ ނުވެވި ހިތް ޣަރަޤުވާ ފިތުނައިގެ ގަދަ ޠޫފާނެކޭ
އޮއިގައި ދިޔަސް އިތުބާރުތައް ސޮއިކޮށް ހެދުނު އިޤްރާރުތައް
ފޮއިތަކުގެ ރަން ހަނދުވަރު ތެރޭ ބޮއިގަހުގެ ފަތަކީ ހެކިތަކޭ
ފިނިފެންމަލެއް ފަދަ ތުންފަތުން ހިނިތުންވެލާ ތިޔަ ފަރިކަމީ
ދިނިގެން ހިތާމަ ހިތުން ފިލާ ފިނިކަން ހިތަށްދޭ އާރެކޭ
ކަސްތޫރި ގޮމަފަދަ މީރުވީ ވަސް މީރު މަލުގެ ޣަރާމަކީ
ފަސްމީރުކަން ފުރިހަމަ ލިބޭ މަސްތީ އަސަރުވި ޢަބީރެކޭ
އަޙުލާމު ދައްކާ ކުލަވަރުން ރަޙުމާ ކުލުނުގައި ހިތް ފުރޭ
ފަހު ނޭވަޔަށް ދާންދެން ތިއީ އަހުރެން ކުރާ އުންމީދެކޭ
ހުރަހެއް ނުވާ މި ފަޒާތެރެއިން ގުރަހައިގެ އަލި ރަން ތަރިއަކީ
ކުރަމުން މިދާ ތާރީފުގައި ކުރަހައިލެވޭ ތަޞްވީތެކޭ
ފަލަކުން ވިދާ ނަލަ ތަރިތަކުން ބަލަމުން މިދާ ފަރި މަންޒަރުން
ހަލަބޮލިވި ހިތް ހައިޖާނަކީ މަލަކާގެ ފަރި ޙަރަކާތްތަކޭ
ތިޔަ ރާޙަތަށް އެދިގެން އަނާ ދިޔަޔަސް ފުރާނަ ވެގެން ފަނާ
ނިޔަތީ ކުރުން ހުއްޓައިނުލައި ތިޔަ ލޯބި ހޯދަން ދަތުރެކޭ