އަދުގެ ޚާއްސަ

Print

ފަންކްޝަން ކީތަކުގެ ބޭނުން

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް


ފަންކްޝަން ކީތަކަކަކީ، ކޮމްޕިޔުޓަރު ކީބޯރޑުގެ މަތީގައިވާ، އެ ފިތްތަކަކުން ތަފާތުގިނަ މަސައްކަތްތަކެއް ކުރެވޭ ފިތްތަކެކެވެ. ކޮމްޕިޔުޓަރު ކީބޯރޑުގައިވާ ޝިފްޓްކީއަށް ފިތައިގެން ހުރެ، އެހެން ފިތްތަކަށް ފިތުމުން، އެފިތުން އާދަކޮށް ކުރެވޭ ކަންތަކުގެ އިތުރުން އެހެން ކަންތައް ކުރެވޭބީދައިން، ފަންކްޝަން ކީތަކުން ގިނަ ބޭނުންތަކެއް ކުރެވެއެވެ. ކީބޯރޑުގެ ތިރީގައިވާ އެފް.އެން ކީއަކީ، ކީބޯރޑުގެ މަތީގައިވާ ފިތްތައް އެކްޓިވޭޓްކޮއްދޭ މައިގަނޑު ފިތެވެ. މަތީގައިވާ ފަންކްޝަން ކީތަކުގެ ސަބަބުން، ކީބޯރޑުގެ ސައިޒު ކުޑަކޮށްދެއެވެ. ފަންކްޝަން ފިތްތަކަށް، "ހޮޓްކީ" އޭވެސް ކިޔައެވެ. ހޮޓްކީ އަކީ، ފިތަކަށް ފިތާލުމުން، ވަކި ޚާއްޞަކަމެއް ކުރެވޭ ފިތެކެވެ.


ތިރީގައިއެވަނީ، ފަންކްޝަން ފިތްތަކުގެ ތެރޭން، ފިތްތަކަށް އޮބާލުމުން ކުރެވޭ މަސައްކަތްތެކެވެ.

F1 
ކޮންމެ ޕްރޮގްރާމެއްގައިހެން ހެލްޕް ވިންޑޯ ހުޅުވޭނެއެވެ.
Windows Key + F1 އަށް ފިތާލުމުން، މައިކްރޯސޮފްޓް ވިންޑޯސް ހެލްޕް އަދިސަޕޯރޓް ސެންޓަރު ހުޅުވޭނެއެވެ.
ޓާސްކްޕޭން ހުޅުވޭނެއެވެ. (ޓާސްކްޕޭންއަކީ ވޯރޑުކަހަލަ ޕްރޮގްރާމްތަކުގައި ކަނާތްފަރާތަށް އަންނަ ޕްރޮޕަރޓީސް މެނޫއެކެވެ.

F2 
ވިންޑޯސްގައި އާންމުކޮށް ސެލެކްޓްކޮށްފައިވާ ފަލެއް ނުވަތަ ފޯލްޑަރެއް ރީނޭމް ކުރެވޭނެއެވެ.
Alt + Ctrl + F2 އަށް ފިތާލުމުން، މައިކްރޯސޮފްޓް ވޯރޑުގައި އާ ޑޮކިޔުމެންޓެއް ހުޅުވޭނެއެވެ.
Ctrl + F2 އަށް ފިތާލުމުން، މައިކްރޯސޮފްޓް ވޯރޑުގައި ޕްރިންޓް ޕްރިވިއު ހުޅުވައިދޭނެއެވެ.

F3
ފައިލްސާރޗް (ސާރޗްކުރާ ވިންޑޯ) ހުޅުވޭނެއެވެ.
Shift + F3 އަށް ފިތާލުމުން، މައިކްރޯސޮފްޓް ވޯރޑުގައި، ސިލެކްޓްކޮށްފައިވާ ބަސް، ކެޕިޓަލް އިން ސިމްޕަލްއަށް ބަދަލުކޮށްދޭނެއެވެ. ނޫނީ، ފެށޭ އަކުރު ކެޕިޓަލްކޮށްދޭނެއެވެ.

F4
ފައިންޑް ވިންޑޯ ހުޅުވައިދޭނެއެވެ.
މައިކްރޯސޮފްޓް ވޯރޑުގައި، އެންމެ ފަހުން ކުރި މަސައްކަތެއް ރިޕީޓްކޮށްދޭނެއެވެ.
Alt + F4 އަށް ފިތާލުމުން، މައިކްރޮސޮފްޓް ވިންޑޯސްގައި އޭރަކު އެކްޓިވް ވިންޑޯއެއް ލައްޕައިދޭނެއެވެ. 
އެކްޕްލޯރަރގައި ނުވަތަ ހުޅުވާފައިވާ ފޯލްޑަރެއްގެ ވިންޑޯއެއްގެ އެޑްރެސްބާރ ހުޅުވޭނެއެވެ.

F5
ބްރޯޒަރތަކުގައި (އޮޕެރާ، ފަޔަރފޮކްސް، އިންޓަރނެޓް އެކްސްޕްލޯރަރ ފަދަ ޕްރޮގްރާމްތައް) ހުޅުވާފައިވާ އެކްޓިވް ވިންޑޯ ރެފްރެޝް ވާނެއެވެ.
މައިކްރޯސޮފްޓް ވޯރޑުގައި ފައިންޑް އެންޑް ރިޕްލޭސް ވިންޑޯ ހުޅުވޭނެއެވެ.
ޕަވަރޕޮއިންޓުގައި ސްލައިޑްޝޯ ފަށްޓައިދޭނެއެވެ.

F6
އިންޓަރނެޓް އެކްސްޕްލޯރަރ އަދި މޮޒިއްލާ ފަޔަރފޮކްސްގައި އެޑްރެސް ބާރ އަށް ކާރޒަރ ގެންގޮސްދޭނެއެވެ.
  Ctrl + Shift + Fއަށް ފިއްތާލުމުން، މައިކްރޯސޮފްޓް ވޯޑުގައި އާ ޑޮކިޔުމެންޓެއް ހުޅުވޭނެއެވެ.

F7
އައުޓްލުކް އަދި މައިކްރޯސޮފްޓް ވޯރޑު ފަދަ ޕްރޮގްރާމްތަކުގައި، ސްޕެލިންގ ޗެކްކޮށް، ގްރެމަރ ޗެކްކުރެވޭނެއެވެ.
Shift + F7 އަށް ފިއްތާލުމުން، ހައިލައިޓްކޮށްފައިވާ ބަހުގެ ތިޒޯރަސް ޗެކްއަށް ދެވޭނެއެވެ. (އެބަހާގުޅުންހުރި، ނުވަތަ އެބަހުގެ މާނައާ އެއްގޮތް ބަސްތަކުގެ ބަސްކޮށާރު)
މޮޒިއްލާ ފަޔަރފޮކްސްގައި ކެރެޓް ބްރޯޒިންގ އޮންކޮށްދޭނެއެވެ.

F8
ވިންޑޯސް ބޫޓްވާގަޑީގައި ސްޓާރޓްއަޕް މެނޫއަށް ދެވޭނެއެވެ.

F9
Quark 5.0  ގައި، މެޝަރމެންޓްސް ޓޫލްބާރ ހުޅުވޭނެއެވެ.

F10
ވިންޑޯސްގައި، ހުޅުވާފައިވާ އެޕްލިކޭޝަންގެ މެނޫ ބާރ އެކްޓިވޭޓްކޮށްދޭނެއެވެ.
Shift + F10 އަށް ފިއްތާލުމުން، ހައިލައިޓްކޮށްފައިވާ އައިކޮން ، ފައިލް، ނުވަތަ އިންޓަރނެޓް ލިންކެއްގައި ރައިޓްކްލިކްކުރުމުން ކުރެވޭކަންތައްތައް ކުރެވޭނެއެވެ.

F11
ވިންޑޯސް އެކްޕްލޯރަރގައި ނުވަތަ ހުޅުވާފައިވާ ފޯލްޑަރުގައި ނުވަތަ ބައެއް ޕްރޮގްރާމްތަކުގައި ފުލްސްކްރީން ކުރެވޭނެއެވެ.

F12 
މައިކްރޯސޮފްޓް ވޯރޑުގައި "ސޭވް އޭޒް" ވިންޑޯ ހުޅުވޭނެއެވެ.
F12+Shift މައިކްރޯސޮފްޓް ވޯރޑުގައި ފައިލް ސޭވްކޮށްދޭނެއެވެ.
Ctrl + Shift + F12 މައިކްރޯސޮފްޓް ވޯރޑުގައި ހުޅުވާފައިވާ ޑޮކިޔުމެންޓެއް ޕްރިންޓުކޮށްދޭނެއެވެ.

ނިންމުން
މިފިތްތަކުގެ ސަބަބުން، ވަގުތު ސަލާމަތްކުރެވެއެވެ. އަދި މެނޫތަކަށް ގޮސްގެން އުނދަގުލުން ކުރެވޭ އެތައްކަމެއް ފަސޭހަކަމާއެކު ކުރެވޭނެއެވެ. ފަންކްޝަން ކީތައް ތަޢާރަފްކުރުމުގެ ކުރީގައި، ކީބޯރޑު ބޭނުންކޮށްގެން ބައެއް ކަންތައްތައްކުރާއިރު، Ctrl+Alt+Shift ކީތަކަށް އެއްފަހަރާ ފިއްތައިގެން ވަކި ފިތަކަށް ފިތައިގެން ބައެއް ކަންތައްތައް ކުރަންޖެހެއެވެ. ނަމަވެސް، ފަންކްޝަން ކީތައް ކީބޯރޑުގައި ހިމެނުމުން، މިކަމަށް ހައްލެއްއައިސް ފަސޭހަވެގެންދިޔައެވެ.
މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކަކީ، ވިންޑޯސް ގައި ފަންކްޝަންކީތައް ބޭނުންކޮށްގެން ކުރެވޭ އާންމުކަންތައްތަކެކެވެ. ނަމަވެސް، ބައެއް ޕްރޮގްރާމްތަކުގައި މި ފިތްތަކުން ތަފާތު ކަންތައްތައް ކުރެވޭނެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ