އަދުގެ ޚާއްސަ

Print

އިންޒާރުގެ އިޝާރާތެއް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)
     = މަޤުތޫލު =


        01-  ފަސާދައިގެ ފޮއިދަށުވެ މަޞްލަޙަތު ފުނޑިފުނޑި
                   މިސާހިތު ވެދާނޭ ދިވެހި ގައުމު   ކުނޑިކުނޑި

          02- ޢަދާވާތްތެރީން،  މާތްވި ދީނާ،  މި ވަޠަނުގެ،
                   މަދާއެކު ބަލައި ކޮނެފި ގޮސް އެންމެ  އަޑިއަޑި

          03- އެމީހުންގެ ނިޔަތާއި   އަޞްލާއި  މަޤުޞަދު،
                    ގަމީހާއެކީ  އެތެރެއިން       ވާނެ ހަޑިހަޑި
ި
          04- ދުރާލާ ބަލާނޭ  ބިމަށް     ވެރިވެގަންނާން!  
                    ކުރާނޭ ކަމާ  ސާޢަތާ  ރަނގަޅު       ގަޑިގަޑި

          05- ވަނީ މި އަދު  އާސާރުގައި   އިހުޒަމާނުގެ،
                     ޣަނީމާތަކުން ލިބުނު ކަނޑި،  ލޮންސި   ބަޑިބަޑި
ި
         06-  އަނދޮޅުކަންމަތީ    ގައުމު އޮއްވައި ނިދާފައި،
                     ޅަނދޮޅު ސިކުނޑިތައް ކޮށްލަނީ އެތިބަ، ބަނޑިބަނޑި

          07- ގުޑުންތައް  އަރައި،  މިފަދަ ޖާދޫގެ   ބާރުން،
                     ބުޑުން ވެއްޓިދޭ  އުންމަތުގެ      ހަރޮށި މުޑިމުޑި
ި
          08- މިހެން ކަންވުމުން   ރޫޅި ގައުމީ   ޢިމާރާތް
                    ބެހޭ ޓިނުކޮޅާ ތަނބުތަކާ    އޭގެ   ދަނޑިދަނޑި

          09- މުޅިން ވަކިކުރެވި ހަރުމުދާ،   ގެވެހިކަންވާރު،
                    ވަޅިން ފަޅިކުރެވި މޭޒު ގޮނޑި،  އެނދުގެ ފަޑިފަޑި

          10- އުދުހި އަންނަހެން ދިވެހި ރުއްރުކުގެ ކޮޅިޔަށް،
                    އެދުހު އަންނަހުށި އުންމަތަށް   ބޭރު    މަޑިމަޑި

          11- އަލުންގައުމު ''އާރާސްތު   ކޮށްދޭނެ ހިތް ހެޔޮ''
                     ކަލުންނާއި ކަނބަލުން މަސައްކަތުގެ    ވަޑިވަޑި  

           12- އެހައިރުން ބަދަލުވާނެ   އަންބާ ފަރިހި  ލަވަ،
                    މިހައި ދުވަހު ކީ،     މައިގަނޑާ އޭގެ  ކަޑިކަޑި

           13- ފަހާލާ    ދިވެހިވަންތަ   ހުރިހާ   އަސަރުތައް  
                     ޖަހާނޭ ބަނދަރު    ހުޅަނގު ކިއްސަރުގެ  އޮޑިއޮޑި

           14-  ގެނެސްދޭނެ   މިނިވަންކަމުގެ    ނަންމަތީގައި
                    މިނެތް އޭގެ ނެތް  ބޮޑެތި  ބާޠިލުގެ  ބޮނޑިބޮނޑި

            15- މި ސާލުން، އަސޭ، އަދި،  ޢިރާޤުން އެދައްކާ،
                     މިސާހިތު ވެދާނޭ ދިވެހި ގައުމު     ކުނޑިކުނޑި
                   -----------------------------------
                           28 މޭ 2008        

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ