އަދުގެ ޚާއްސަ

Print

ދިވެހިރުއް - ދިވެހިންގެ ރުއް

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ތިމާވެށި


ޝާކިރު


ދިވެހި ރުކަކީ ދިވެހިންގެ ގައުމީ ގަހެވެ. ދިވެހިންގެ ދިރިއުޅުމުގައި ކޮންމެކަމަކާ ގުޅިފައިވާ ގަހެވެ. ސަރުކާރުގެ ފަރާތުން ދިވެހި ރުކަކީ ދިވެހިންގެ ގައުމީ ގަސްކަމުގައި ރަސްމީ ކޮށް ހަމަ ޖެއްސެވީ އަޅުގަނޑުމެންގެ ހަނދާނުގައެވެ.  އެހެންނަމަވެސް، އޭގެ މާކުރިންވެސް ދިވެހިރުކަކީ ދިވެހިންގެ ގަހެވެ. ދިވެހިންގެ ދިރިއުޅުމާއި ހުރިހާގޮތަކުން ގުޅި ލާމެހިފައިވާ ގަހެވެ.

ދިވެހިރުކަކީ ދިވެހިންގެ ގައުމީ ގަސްކަމުގައިވެ ދިވެހިންގެ ދިރިއުޅުމާއި ދިވެހިރުކާ ލާމެހި ގުޅިފައިވާ ގުޅުމުގެ މައްޗަށް ފަޚުރުވެރިވަމުން އަންނައިރު ދިވެހިރުއް ފުރަތަމަ ފެނުނު ތަނަކާމެދު ތަފާތުތަކެއް އެބަހުއްޓެވެ. ގިނަ ފަރާތްތަކަކުން ބުނަނީ ދިވެހިރުކުގެ ނެޓިވް ހިސާބަކީ ސައުތު އޭޝިއާ ކަމުގައެވެ. އަނެއްބަޔަކު ބުނަނީ ދިވެހިރުކުގެ އޮރިޖިންއަކީ ސައުތު އެމެރިކާ ކަމުގައެވެ. ފޮސުލް ރެކޯޑްތަކުން ދައްކާގޮތުގައި 15 މިލިޔަން އަހަރުކުރީގައި ދިވެހިރުއް ކަހަލަ ކުޑަރުކެއް ނިވް ޒީލެންޑްގައި ހެދިފައިވާކަމަށްބުނެއެވެ. އަނެއްބަޔަކު ބުނަނީ އެއަށްވުރެ ދުވަސްވީ ފޮސުލް އިންޑިއާގެ ރާޖިސްތާނާއި ޓެމިލް ނާޑޫ އަދި ކެރެއްލާއިން ފެނިފައިވާ ކަމަށެވެ. އަދި އެމީހުން ބުނަނީ ކެރެލާ ގެ މާނައަކީ "ލޭންޑް އޮފް ކޮކޮނަޓް" ކަމުގައެވެ.


މިހުރިހާ ދައުވާއެއް ހުރިހާ ފަރާތަކުން ދިވެހިރުކުގެ މިލްކުވެރިކަމާ މެދު އުފުލިގެންދާއިރު އަޅުގަނޑުމެން ދިވެހިން މިބިމުގައި އުޅެންފެށި ދުވަހުންފެށިގެން ދިވެހިންގެ މައިގަނޑު ކެއުމާއި ބުއިމަކީ "ރޯދިކުރެއްވި އެއްޗަކާއި ދިވެހި ހަކުރު" ކަމުގައި އަންނަނީ ބުނަމުންނެވެ. މިއީ ބޯދާ ޒަމާނުއްސުރެ ބުނެއުޅޭ މަޖާޒީ ބުނުމެކެވެ. ދިވެހިހަކުރަކީ، ނޫނީ ދިވެހިރުކު ކުރިން ބާލާރާފޮދު މަޅުކޮއްގެން ހިލާހަކުރުކޮޅާއި ކާށިފޮއްޗަކީ އަބަދުވެސް ދިވެހިންގެ އަތްފޯރާފަށުގައި ﷲ ލައްވާ މިންވަރު ކުރައްވާފައިވާ ތަނަވަސް ނިޢުމަތަކަށްވީތީ ބުނެއުޅޭ ބަހެކެވެ.

އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުންފެށިގެން ދާދިފަހަކާޖެހެންދެން ރާއްޖެއިން ބޭރަށް އޮޅުދޫކަރައަށާއި ބަންގާޅަށް އަދި އުތުރުކަރައިގެ އައްސޭރިހިސާބުގެ ރަށްތަކަށާއި އަސޭކަރައަށާއި ސީނު ކަރައަށް ގެންގޮސް ވިއްކާ ހަދާފައިވާ ވިޔަފާރި މުދަލަކީ ކާއްޓާއި ކުފުރާއާއި ބޮބިނަރާއި ދިވެހި އަންހެނުން އަތުން ވަށާ ރޯނާއި ހިކިމަހާއި ދިވެހި ފަރުތަކުން ހިލާ ބޮއްޔެވެ. މިއީ، ދިވެހި ތާރީޚުންނާއި އަވައްޓެރި ގައުމުތަކުގެ ތާރީޚުން އެނގިފެނި ސާބިތުވާ ކަމެކެވެ.

ދިވެހިންގެ ތެރޭގައި އެންމެ އިހުޒަމާނުއްސުރެ ވެސް މާބޮޑު އިލްމީ ހޭލުންތެރިކަމެއް މިރޮނގުން ނެތުމުން ގަސްރުކުގެ ފޮސުލްތައް އެއްކުރެވި ރައްކާ ކުރެވިފައި ނުވާތާގައި މިޒަމާނުގައިވެސް ދިވެހި ބިންތަކުގެ މާބޮޑު ޖިއޮލޮޖިކަލް ސާވޭއެއް ކުރެވިފައި ނެތުމުންނާއި ކުރެވުނު ސާވޭއެއްވެސް ކުރެވިފައިވަނީ މިދެންނެވި ވިސްނުމުގައިކަމަށް ނުވާތީ، އިހުޒަމާނުގެ ފޮސުލްތައް ފެނިފައި ނެތުމުން އެމީހުން އެކުރާފަދަ ދިވެހިރުކުގެ މިލްކުވެރިކަމުގެ ދަޢުވާއެއްގެ އަޑު ދިވެހިންގެ މެދުން އަދިއުފުލިފައެއް ނުވެއެވެ. އެހެންނަމަވެސް މިދެންނެވީ ރާއްޖެއިން މައިގަނޑުގޮތެއްގައި ބޭރުކޮއްފައިވާކަން ތާރީޚީގޮތުން ސާބިތުކުރެވޭ ވިޔަފާރީގެ މުދަލުގެ އަލީގައި ބުނެވެންއޮތީ ދިވެހިރުކަކީ ދިވެހިންގެ މިލްކެއްކަމުގައެވެ. އެއީ، އެހެންބައެއްގެ މިލްކެއް ކަމުގައި ބުނެވޭކަށް ނެތެވެ. އަދި އެކަން ގަބޫލުކުރެވޭކަށްވެސް ނެތެވެ. ދިވެހިރުއް އެންމެ ފުރަތަމަ އުފެދުނީވެސް ދިވެހި ބިމުގައެވެ. އެފަޚުރު އެހެންބަޔަކަށް ދެވޭކަށް ނެތެވެ. ދޭކަށް ނުވެސް ނެތީމެވެ. މިއީ މިއަދުގެ ޢިލްމީ ހޯދުންތަކުގެ އަލީގައި، އިރާދަކުރެއްވިއްޔާ މާދަމައިން ސާބިތުކުރެވޭނެ ކަންކަމެވެ.

ކަދުރަކީ ޙިޖާޒުގެ އަހުލުވެރިންގެ އެއްޗެކެވެ. ހިޖާޒުކަރައިގެ ތަފާތު ހިސާބުތަކުގައި ކަދުރުގެ ވައްތަރުތައް ހައްދައިގެން ޙިޖާޒުތެރޭގައާއި ހިޖާޒުން ބޭރުގައި ވިއްކުމަކީ އެބައިމީހުންގެ ވިޔަފާރިއެކެވެ. ދުނިޔޭގެ އެހެން އެއްވެސް ބަޔަކު ކަދުރުއިންދާ ހައްދައިގެ ހިޖާޒަށް ކަދުރު ވިއްކާފަ ވާވާހަކައެއް މީހަކު ޔޯލަކޮއްލާފަވެސް ނުވަތަ މިސާލީ ބަހެއްގޮތުންވެސް ބުނާތީ ހަމައެކަކުވެސް އަހާފައެއް ނުވެއެވެ. ހައްތާވެސް މިސާލުޖަހާތީ ފެންނަނީ ނުވަތަ އިވެނީ ބަޞަރާއަށް ކަދުރު ވިއްކާވަހަކަ އެވެ.

ދިވެހިރުކަކީ ޕާމް ފެމެލީގެ ގަހެކެވެ. ދިވެހިރުކަކީ 30 މީޓަރަށް ދިގުވާ ރުކެކެވެ. ފަނެއްގެ ދިގުމިނަކީ 4 – 6 މީޓަރެވެ. ފަންވަތެއްގެ ދިގުމިނަކީ 60 – 90 ސެންޓި މީޓަރެވެ. ފަން ދޮންވެންގެން ވެއްޓުމަކުން ރުކަށް އެއްވެސް ކަހަލަ ގެއްލުމެއް ނުލިބެއެވެ. ކާއްޓަކީ މިރުކުގައި އަޅާ މޭވާގެ ނަމެވެ.

ރުއްހެދެނީ ޓްރޮޕިކަލް ރީޖަން ގައެވެ. ރުއް ޒީނަތްތެރިކަމަށާއި ކެއުމަށާއި އަދި އެނޫން ބޭނުންތަކުގައިވެސް ހައްދާ އުޅެއެވެ. ޖުމްލަކޮށް ބުނަނީނަމަ ދިވެހި ރުކުގެ ކޮންމެ ބަޔަކީވެސް އިންސާނުންނަށް އެއިން ކޮންމެވެސް ބޭނުމެއް ހިފޭ ބައެކެވެ.

ޓްރޮޕިކަލް ރީޖަންގައި ފުޅާދާއިރާއެއްގައި ދިވެހިރުއް ހެދިފައި ވެއެވެ. ދިވެހިރުކުގެ މޭވާއަކި ފެނުބާރުހިފައި މޫދަށް ވެއްޓުމުން ކަނޑުގައި އަޅާ އޮއިވަރާއެކު ވަރަށް ދުރަށް ގެންދާއެއްޗެކެވެ. އުތުރަށްގޮސް ނޯވޭ އާއި ހަމައިންވެސް ކާށި އޮޔާދަނިކޮށް ދަތުރުވެރިންނަށް ފެނިފައި އެބަހުއްޓެވެ. މިފަދަ ކާށި އިންދުމުން ނުވަތަ އައްސޭރިފަށަށް އޮޔާގޮސް ލެގުވުމުން އެމާހައުލަކާއި ގުލެނީނަމަ ރުއްފަޅާ ހެދިފައި އެބަހުއްޓެވެ. ހަވާއީ ގެ ރަށްތަކުގައި ކާއްޓަކީ ހަވާއީ އައިލެންޑާއި ނިވްޒީލެންޑް އާއި އަދި އީސްޓަރ އައިލެންޑް ގުޅުވާދޭ ތިނެސްކަނުގެތެރޭގައިވާ ޖަޒީރާތަކުގެ މީހުން (ޕޮލިނޭސިއަން)  ތައާރަފުކުރި އެއްޗެކެވެ. ފުރަތަމަ މި މޭވަ ހަވާއީއަށް ގެނައީ ސައުތު ޕެސިފިކުގެ ޖަޒީރާތަކަށް ދަތުރުކޮށް އުޅުނު ކުރީޒަމާނުގެ  ޕޮލިނޭސިއަންގެ ދަތުރުވެރިންކަމަށް އެމީހުން ބުނެއެވެ. މިހާރު މިމޭވާ އުތުރުން 26 ޑިގްރީ ފެށިގެން ގޮސް ދެކުނުން 26 ޑިގްރީއާ ދެމެދު ހުރިހާ ތަން ތަނެއްގައިވެސް ވެއެވެ.

ރުކުގެ މަލުގެ ތެރޭގައި (އެތުގައި) ދެ ޖިންސްގެ މާ ވެއެވެ. މެދުކެޑުމެއްނެތި އެތުމާފޮޅެއެވެ. ރުކުގައި ވައް ޖަހަނީ އަންހެން މަލުން ނެވެ. ގަބޫލުކުރެވޭ ގޮތުގައި ދިވެހިރުކަކީ ފުޅާދާއިރާއެއްގައި ކްރޮސް ޕޮލިނޭޓެޑް ވާވައްތަރެކެވެ.
ދިވެހިރުކަކީ ކަޅުފަހާ ލޮނުފެނުގައިވެސް ރަނގަޅަށްހެދުމުގެ ގާބިލުކަން ލިބިގެންވާ ގަހެކެވެ. ރުއްހެދުމަށް އެންމެރަނގަޅީ އާންމުކޮށް އަހަރަކު 150 ސީއެމް އިން 250 ސީއެމް އާއިދެމެދު ވާރޭވެހޭ އަދި ގަދައަށް އަވިދޭ ތަންތަނުގައެވެ.  ޓްރޮޕިކަލްގެ ރަށްތަކުގެ ގޮޑުދޮށްތަކުގައި ފަސޭހަކަމާއެކު ދިވެހިރުއް ހެދެއެވެ. ދިވެހިރުއް ހެދެނީ ހިއުމިޑިޓީ މަތީތަންތަނުގައެވެ. ދިވެހިރުއް ރަނގަޅަށް ހެދުމަށް މާހައުލުގައި +%80 – 70 ހިއުމިޑިޓީ ބޭނުންވެއެވެ. އާންމުގޮތެއްގައި ޓެމްޕަރޭޗަރ ް24 ސީ.އަށްވުރެ މަތީގައި ހުންނަ މެޑްޓްރޭނިއަންގެ ގައުމުތައްފަދަ ގައުމުތަކުގައިވެސް ހިއުމިޑިޓީ ދަށް ވުމުން ދިވެހިރުއް ހެދޭލެއް ދެރަކަން ފާހަގަކުރެވެއެވެ. 

ދިވެހިރުކަކީ ރަނގަޅަށް ހެދުމައްޓަކައި ހޫނު މާހައުލެއް ބޭނުންވާ ގަހެކެވެ. އަދި ގަދަ ފިންޏަށް ކެތްނުކުރެވޭ ގަހެކެވެ. އެންމެ ރަނގަޅަށް ދިވެހިރުއްހެދެނީ އަހަރު ދުވަހަކަށް ބަލާއިރު ޓެމްޕަރޭޗަރ C  ް27 (F  ް80.6) އަދި C  ް21 (F  ް69.8) ގެ ތަންތަނުގައެވެ. އެހެންނަމަވެސް، ދިވެހިރުކަކީ ބައެއް މޫސުމީ ބަދަލަށް ކެއްކުރާގަހަކެވެ. ރަނގަޅަށް ހެދުމުގައި ހޫނު މޫސުމުގެ ހޫނުކަން C ް 37- 28  C  ް12- 4    ( F ް 98.6  - 82.4( އަށްވުރެ މައްޗަށްނުދާ އަދި ފިނި މޫސުމުގެ ފިނިކަންC  ް12–4  (F  ް53.6 - 39.2) އަށް ވުރެ ދަށަށް ނުދާ ތަންތަނުގައި ދިވެހިރުއް ހެދެއެވެ. ކުޑަ ދުވަސްކޮޅަކަށް C  ް0 (F  ް32) އަށް ޓެމްޕަރޭޗަރ ދަށަށް ދިއައަސް ދިވެހިރުއް ހެދެއެވެ. މާގަދައަށް ފިނިވެއްޖެނަމަ އާންމުކޮށް ދިވެހިރުއް މަރުވާނެއެވެ. އެހެންނަމަވެސް ޓެމްޕަރޭޗަރ C  ް4 – (F  ް24.8) ދަށަށް ދިއަނަމަވެސް ބައެއްފަހަރު ރުއްމަރުނުވެ ސަލާމަތްވެއެވެ.

ދިވެހިރާއްޖއަކީ މޫސުމީ ިގޮތުން ބަލާއިރު ދިވެހިރުއް ހެދުމަށް އެންމެ ރަނގަޅު މާހައުލެއް ލިބިފައިވާ ގައުމެވެ. ދިވެހިރާއްޖޭގެ ޓެމްޕަރޭޗަރ ބަދަލުވަމުންދަނީ C  ް34 – 28 އާއި ދެމެދު އެވެ. އަހަރު ދުވަހުގެ ތެރޭގައި 6 މަސްދުވަހު އަވި ދޭއިރު 6 މަސް ދުވަހު ވިއްސާރަވެހެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ