އަދުގެ ޚާއްސަ

Print

މި އައީ ކަލާގެ ލޯބި ނިކަން ބޭނުމޭ ބުނަން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް (2002)
 - މަޤުތޫލު -

01- މިއައީ ކަލާގެ ލޯބި ނިކަން ބޭނުމޭ ބުނަން
    ތިޔަ ނޫން އަރާމަކަށް މިހިތެއް    ނުރުހެނޭ ބުނަން


02- ނިދުމުގެ އަރާމު ވެސް މިވަގުތު ހާދަ ނާދިރޭ
    ނިދުމަށް ވުރެން މި ހަނދުމަތަކަށް ވެސް ޤަދަރު ކުރަން


03- ދެބަ ދޭތެރޭ  ވިޔަސް  ފެނެޔޭ  ހުވަފެނުން ކަލާ
      އަބަދާ   އަބަދު އެހެންވެ،  މަ އެކަމާ   ޝުކުރު ކުރަން


04- ލިބިފައިވި ފަނޑު ފޮޓޯ ބަލަމުން ނަޒަރު ހިނގަމުން
       ނަފުސާ ފުރާނަ     ޤަތުލު ނުވިއްޔާ    ޒަޚަމު ކުރަން

05- ހިތުގައި މި ވެރިވެގެން ތިބި އިޔަ  ހޫދި ލޯބި ތައް
                    މިތުރާގެ ކުރިމަތީ ހުރެ     ދެއަތުން ކަފުން ކުރަން

06- މީހަކު ކަލާގެ ނަން ބުންޏަސް ނުވަތަ ލިިޔެލިޔަސް
                 ހީބިހި ނަގައިގަނޭ    އެވަރަށް  ވެސް  ފިކުރު ކުރަން

07- ފައިތިލަ ކަލާގެ ބީހުނު  މަގަކުން ދިޔަސް މަދެން
                ފައި މަޑުމަޑުން އަޅައި،  އެ މަގަށް ވެސް ރަޙުމު ކުރަން

08- އެ ދުވަހުން އެހެން ދުރަށް ދެވުނީ ހިތުގެ މޮޔަކަމުން
               ލަދުވެތި       ކަމާއެކީ   ތެދުބުނެ    ހަތްހުވާ ކުރަން

09- ފައްސާލިނަމަ ކަލާ އަހަރެން ތިޔަ ހިތުގެ ބިމުން
               ކަށްވަޅުގެ   ބިން މެނޫން    އެބަ އޮތްތޯ   ހިޖުރަ ކުރަން

10- ހުރިހާ ވަޢުދު ތަކެއް ވެސް އުވުނީ މަގޭ ފުށުން
               ކުރިކުށުގެ   އިޢްތިރާފު     ރޮމުން އައިސް ބަޔާން ކުރަން

11- ނިޔަނެތިވެ މާފުދީ އާނބަސް ނުބުނި ނަމަ ކަލާ
                މިއަދަށް    ފަހުން  މަ ލޯބި   ޖެހޭނީ  ހަރާން ކުރަން
         -----------------------------
            6 ޖެނުއަރީ 2002    

ހަމަމިގަލަމުން

އިދާރާ

ވާހަކަ