Print

ކަލާފެނުމުން...

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޝަމްސުލް ފަލާޙް


01 - ބޭނުންވަނީ މުޅިހިތް އަބަދު ތިޔަ މަލުގެވާ ފޮނި ލައްޛަތަށް
           ބޭނުންވަނީ އަބަދާ އަބަދު މިހިތަށް ލިބުން އާ ވިންދަކަށް   

02 - ފުރަތަމަ ނަޒަރު ފެނިލީ ގޮތުން ހިތްތެޅިގަތޭ މާ ބާރަކަށް
           ފުރަތަމަ ފަހަރު ކަމުގައި ވިޔަސް ހިތް ކުދިވިޔޭ މާ ފާޑަކަށް

03 - ތިޔައީމަގޭ އުއްމީދެކޭ މި ޙަޔާތުގައި ލިބުމަށް އެދޭ
           ތިޔަ ޖާޒުބީ އިސްތަށިގަނޑޭ  ކުރުވީ އަސަރު މާ ޒާތަކަށް

04 - ތިޔަ ލޯއެދޭ ސިގްނަލް ތަކުން ކުރަނީ އަސަރު މުޅި ހަށިގަނޑަށް
           ތިޔަމާ އެކީ ހިބަ ކޮށްލުމަށް   ބޭނުންވެޔޭ މާ އަވަހަކަށް

05 - ހަނދުގައި އެވާ ފަރި ރީތިކަން ނުމެ ވާނެޔޭ ތިޔަ މާވަރެއް
           ކަނދުރާ ތިހާ ފުރިހަމަ ކަމުން ހެރުނޭ މިހިތް ފޮނި ކަށްޓަކަށް

06 - ތަރިތައް ވިދާ ބަބުޅާލިއަސް އަލިކަން ތިހާ ގަދަ އެއްނުވޭ
           މަރިޔާދު ކަން ގެނުވައި ދެޔޭ ފެނުމުންކަލާ އަދު ހިތްތަކަށް

07 - ތިޔަ އިސްކޮޅާ  ތިޔަ ރޫފަޔާ  ތިޔަ ހަމުގެވާ އެ އޮމާންކަމާ
          ތިޔަ ޖާދުވީ އެސްފިޔަތަކޭ ކުރުވީ މިހިތް ހަމަ މަސްތަކަށް

08 - ތިޔަ މާމަށަށް އަބަދަށް ލިބެން ކުރަނީ ދުޢާ މާތް ހަޟުރަތަށް
          ފިޔައެއްވިޔަސް ހަމަ ބޭނުމޭ ތިޔަ މާވުމުން އަދު ދިރުމަކަށް


ނޯޓް: އަޅުގަނޑަކީ ޝާޢިރެއް ނޫނެވެ. ޅެން ހެދޭތޯ މަސައްކަތްކުރާ، ޅެންވެރިކަމަށް ޝައުޤުވެރިކަންހުންނަ މީހެކެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ