އަދުގެ ޚާއްސަ

Print

އަޅުގަނޑުގެ ލޮބުވެތި ޢާއިލާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

                      
މުޚްތާރު ފަހުމީ  (1990)

ބައްޕަ ހެޔޮފުޅު ޢާއިލާޔަށް  ޢަދުލުވެރި އިންސާފުވެރި
        މަންމަ ވެސް ބޮޑުބޭބެމެން ވެސް އެފަދަ ހެޔޮފުޅު ޝަރަފުވެރި

ބައްޕަޔާ ބޮޑު ބޭބެމެން މުޅި ޢާއިލާގެ ވެރިންނަކީ،
        ޙައްޤު ފުރިހަމަ އެފަދަ ޤާބިލް  ކަންކަމާ    މަސްއޫލުވެރި

އާދެ! ދެން ތިއްބެވި ދެބެންގެ ދެދަރި ތިމާގެ ބައެއް އަޚުން،
        މާދުރުން ބަސްފުޅު     ވިދާޅުވިޔަސް  ޒަމާނާ ދެކޮޅުވެރި

ޤަދަރު ކުޑަ، އިތުބާރު ކުޑަ  ދުރުތާ ތިމާގެ ޅަނދޮޅުކުދިން،
        ޚުދު ތިމާގެ އަމިއްލަ   ނަފުސަށް ވެސް އިހާނެތި ކިބުރުވެރި

ކޮންމެހެން ނަންހޯއްދަވާން ޝަކުވާ ކުރެއްވުން ގިނަކަމުން،
        އެންމެ ގާތް  ނަމަވެސް   އެޒާތުގެ ބޭފުޅުން ހަމަ ފިތުނަވެރި

ވަޢުދު ފުއްދުންތެރިކަމާ އަދި ލޭގެ ކުލުނު ބަދަލުވެގެން،
        މި އަދު އެކި އެކި މުސްލިމުންވެސް މުސްލިމުންނާ ހަސަދަވެރި

ބައްލަވާއިރު ދުރު ހިލޭ ދެރަ ނިކަމެތިންވެސް މާރަނގަޅު،
        ބައްޕަޔާ     ބޮޑުބޭބެމެން    ކުރިފުޅުމަތީގައި  އަދަބުވެރި  

ހުދު އަލީގައި ހަގަޑިއިރު، ފޯނާ ކުޅުއްވާ ބޭފުޅުން،  
        ޚިދުމަތަށްވުރެ   ސަކަމިޒާޖުގެ   ކަންކަމާ، މާ،   ފާޑުވެރި

އެއްކަމެއް ދެފަހަރު ކުރައްވަން ހުށަހެޅޭ ދަތި ވަގުތުގާ
        އެއްބަހުން  ރަނގަޅަށް   ސުވާލު ޖަވާބު ދެއްވުން ބުއްދިވެރި

ޢާއިލާޔަށް ލޯބިހުރި މާތް މެންބަރުންނަށް، ޚާއްޞަކޮށް،
        ދާއިމީ ހެޔޮ        އެދުމެކޭމީ     ކާމިޔާބު ނަސީބުވެރި

(މާނަ ވީ ޝާޢިރުގެ ބަނޑުގައި) ޅެމުގެ އަސަރާ މަޤުޞަދާ،
        މާނަ ދެންނެވުމަށް    މި އަދު    މުޚުތާރު ފަހުމީ ޢުޒުރުވެރި   

އިދާރާ

އެނގޭތަ؟

ވާހަކަ