Print

ލޯބި 98،

ޝާޢިއުކުރީ މުޚްތާރު ފަހުމީ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


= މުޚްތާރު ފަހުމީ =

ލޯބީގެ ކޮންމެ ނޭވަޔަކީ އާ އަރާމެކޭ
       ލޯބިން  ބަލައިލިޔަސް އެކުރީ އިޙްތިރާމެކޭ

******************************

ލޮލަކަށް އެހެން އަރާމުތަކެއް ވަނަޔަކަށް ނުދޭ،
    ލޮލަކުން ލޮލަށް މިއަދު މިދެނީ ކަރުނަ ތިއްކެކޭ

ބުނެވޭނެ ޢިއްފަތާ ހެޔޮ ޚިދުމަތް އެހާމޮޅޭ،
    ބުނެފާނަމޭ މަވެސް މިވަނީ ހާދަ ލޯތްބެކޭ

ވެނިމުނުކަމެއް ވެނިމި ދިޔައީ އެންމެ ރަނގަޅަށޭ،
    ވެނިމޭވަގުތު ހިތަށް އަރައޭ ޚާއްޞަ ނިމުމެކޭ

ތިޔަ އާރު ނޫރު އަނދިރި މިސަރަޙައްދު އަލިކުރީ
    ތިޔައީ އެތައް އިނާމުތަކެއް ޙައްޤު ރޫޙެކޭ

މަ އެދެން ކަލާ އަޅާ ނުލިޔަސް އޭގެ ޒާތުގާ،
    މައެހާ ރުހެން ތަޅާމެރިޔަސް މީ އަޖާބެކޭ

އުފަލުން ރޮވޭ ބަލީގެ ނަތީޖާއަކީ އަރާމު،
    އުފަލާއެކީ، މި ފާޅު ކުރީ ހިތުގެ ސިއްރެކޭ

މޫސުން ހިތާ ކުޅޭ ކުޅުމާ ދުލުގެ ކަސްރަތާ،
    މޫސުމުގެ ރީތި ވައި އަޑަކީ ނާނަނާއެކޭ

ނުނިދޭ ނުވެސް ކެވޭ އެވަގުތު ހާދަ ބޭނުމޭ
    ނުނިދާ ނުކައި ނުބޮއި އުޅެވޭވަރުގެ ބާރެކޭ
----------------------------

އިދާރާ

ވާހަކަ