އަދުގެ ޚާއްސަ

Print

ހެޔޮ ޢަމަލު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަޙުމަދު ނާޞިރު- ޑައިމަންޑްވިލާ، ސ.ހިތަދޫ

ފިޠުރަތުގެ އެސާފުވި ގޮތުގެ މަތީ މިވުޖޫދަށް އައުމަށްފަހުގާ
    އިތުރު އިލާހީ ރަޙުމަތް ލިބެނީ ކުރެވޭ ހާ ހެޔޮ ޢަމަލުންނޭ

ތަޤުވާވެވިގެން ހެޔޮ އަޅުކަމުގާ ހޭދަކުރާހާ ވަގުތެއްގާ
    މަގުތައް  ސީދާވެވިގެންދާނީ    ކުރެވޭހާ ހެޔޮ ޢަމަލުންނޭ

ނަރަކައިގެ ބިރުން ދުރުހެލިވެވިގެން ޖަންނަތުގެ އުފާ ހޯދުމުގާ
    ބަރަކާތް ފުރިހަމަ ލިބިގެންދާނީ ކުރެވޭހާ ހެޔޮ ޢަމަލުންނޭ

ޝައްކާ ވަހުމުގެ އޮއިވަރު ހިތުގާ ހިނގުމަށްމަގުފަހިވާއިރުގާ
     ރައްކާވެވިގެން އުޅެވޭނީ  ހަމަ ކުރެވޭހާ ހެޔޮ ޢަމަލުންނޭ

ޣަފުލަތުގެ ނިދީގައި އިންސާނާ މަގުހަމަ އޮޅިގެންދާއިރުގާ
    ނަފުސާ ހިތް ހޭލައްވާލަދެނީ    ކުރެވޭހާ ހެޔޮ ޢަމަލުންނޭ

ޤަދަރާ އަބުރާ މިޖަމާޢަތުގާ އުފުލި އަރައިގެން ދާ ހިނދުގާ
    ތެދަކާ ދޮގަކާ  އެނގިފާޅުވަނީ   ކުރެވޭހާ ހެޔޮ ޢަމަލުންނޭ

ހަސަދާއި ނުބައި ފިތުނައިގެ ގިނިން ހިތުގައި ރޯވެ އަނދާހިނދުގާ
    މަސަލަސްވެ ހިތަށް ފިނިކަން ލިބެނީ ކުރެވޭހާ ހެޔޮ ޢަމަލުންނޭ

ފުއްސެވުމަށް ގިނަ ފާފަތަކުން އެދި ދެންނެވިދާހިނދު ހަޟްރަތުގައި
     ރުއްސެވުމުގެ  މަގު ތަނަވަސްވާނީ ކުރެވޭހާ ހެޔޮ ޢަމަލުންނޭ

ފަރުޟާ ވާޖިބު ފުރިހަމަ ކުރަމުން ދަރުމަ ލިބުން އެދި ވާއިރުގާ
       އަރުތައިގެ ސިތާރާ އުދަވެ ދަނީ ކުރެވޭހާ ހެޔޮ ޢަމަލުންނޭ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ