އަދުގެ ޚާއްސަ

Print

ރަހާގެ ޚަބަރު - 1 ( ސިލްސިލާ ބަޚަބަރު)

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ ސަމާސާ އަދަބު

 

އަޙުމަދު ނާޞިރު – ޑައިމަންޑްވިލާ ، ސ. ހިތަދޫ

ޓީވީ ޚަބަރު ބެލުމަކީ  ރަހާ ނިކަން ކުރާހިތްވާ ކަމެކެވެ. މިގޮތުން އެއްދުވަހު 8 ގެ ޚަބަރު ބެލުމަށް ރަހާ ޓީވީ ކައިރީގައި، ފެންޑާގައިހުރި ސޯފާއެއްގައި އިށީނެވެ. ޚަބަރުތަކުގެ ސުރުޚީތަކަކަށްފަހު ތަފްސީލު ހުށަހެޅެމުންދިޔައެވެ. މިހެންގޮސް ވަކިހިސާބަށް ދެވުނުތަނާ ރަހާ ވަރަށް ސީރިއަސް ވެ އިންތަންފެނުނެވެ. އޭރު ކިޔަމުން ދާ ޚަބަރަކީ އިންޑިޔާގެ ޤާނޫނު ހަދާ މަޖިލިހުގެ އިންތިޚާބުގެ ވާހަކައެވެ. އޭގައި އެއްވެސް ޕާޓީއަކަށް އެކަށީގެންވާ ވަރަށް ގޮނޑި ނުލިބޭ ކަމާއި ކާމިޔާބު ކުރުމަށް މަދުވެގެން 200 ގޮނޑި ހޯދަންޖެހޭނެކަމަށް އެޚަބަރުގައި ބުންޏެވެ. މިހިސާބަށް ދިޔަތަނާ ރަހާ ޓީވީގެ އަޑުކަނޑާލާފައި ދެންތިބިމީހުންނާ މޫޚާޠަބުކޮށް ބުންޏެވެ. " މިއީ ހާދަހާ ފަޤީރު ބައެއް. އެއިން އެއްވެސް ބަޔަކަށް 200 ގޮނޑި ނުލިބުނު. މިހާރު މަމިއިންތަނުން ތެދުވެ ނިކުމެގެން ދިޔަޔަސް 15 މިނެޓް ތެރޭ 200 ގޮނޑި ގެންނާނަން"


ރަހާ އެހެން ބުނެފައި ޓީވީގެ އަޑު ޖެއްސުމާއެކު ދެން އިވިގެން ދިޔަ އަނެއް ޚަބަރަކީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އަނެއްކާވެސް އާޕާޓީއެއް ރަޖިސްޓްރީ ކުރިވާހަކައެވެ. ނަމަވެސް އަޑު ޖެއްސިއިރު ސިޔާސީ ޕާޓީއޭ ބުނެވުނުތަންކޮޅުގޮސް އިވުނީ ހަމައެކަނި ދަފްތަރުގެ ވާހަކައެވެ. އެހިސާބުން ރިމޯޓު ބާއްވާފައި ވަނީއެތެރެއަށެވެ. އިރުކޮޅަކުން އައިސް ދައްކާލީ ބޮޑު ސިޓީބަރިއެކެވެ. އެތާތިބިމީހުން ތީކޮންސިޓީތަކެއްތޯ ސުވާލުކުރުމުން ރަހާ ބުންޏެވެ. " މިތިބަ އުޅޭމީހުން ކަންތައްކުރާގޮތް ނިކަންބަލާބަލަ. އަހަރެން މާލޭގައި އުޅޭތާ އެތައް ދުވަސް ވެ ކުދިންބުދިންވެ މިހިސާބަށް އާދެވި އަހަރުމެން އެދަފްތަރުގައި ޖެއްސުމަށްއެދި މުނިސިޕަލްޓީއަށް އެތައް ސިޓީއެއް އެތައް ފަހަރަކު ލިޔުނިން. މިތިބީ އެސިޓީތައް. ނިކަން ބަލާބަލަ އެމީހުންގެހުރި ގޮތްކުޑަކަން . އަހަރެން އަތުގަ ލާރިނެތުނީމަ ބުނީ ތިކަން އަދިކޮށްދެވެންނެތޭ. އެމީހުން ސިޔާސީ ޕާޓީ މީހުން ވީމަ ލާރި ހުންނާނެއެއްނޫން. އެހެންވީމަ އެދިނީނުން. އިތުރު ސުވާލެއްވެސް ނުކުރެއެއްނު. މިހިރީ މިމީހުން ކަންތައް ކުރާގޮތް. ދެން މާދަމާ އަހަރެން ނިކުމެ މިވާހަކަ ދެއްކީމަ ބުނާނެ ސަރުކާރާ އިދިކޮޅު ހަދަނީޔޯ. މިމީހުން އެކިމީހުންނާ ދޭތެރޭ ހަދަނީ އެކިގޮތަށޭ މަބުނަނީ އެހެންވެ". މިހެން ބުނެފައި ރުޅިއައިސްގެން ޓީވީ ނިއްވާލައިފިއެވެ. 

ހަމަމިގަލަމުން

އިދާރާ

ވާހަކަ