އަދުގެ ޚާއްސަ

Print

ހެޔޮލަފާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަޙުމަދު ލަބީބު

ހެޔޮލަފާ ހިތްހެޔޮކަމޭ ނެތިގެންދަނީ އަރުހިތިވެފާ
    ހެޔޮކަމެއް ކުޅަމީހަކަށް ލިބި ތެޔޮހަމެއް  ހިތްދަތިވެފާ

ހެޔޮކަމެއްކުރުމަށްބިރުން ފަހެކާކުހޭ ލަދުވެތިވަނީ
     ހެޔޮހިތުން މިނެލާއަލުން  ނެތިގެއްލަނީ ކިހިނެތް ވެފާ

ހެޔޮސަފުންފައިތިލަބިމުން ސާބިތުކަމެއް ނެތިފައިވުމުން
    ހެޔޮނިޔަތުގައި  ގުޅެއުޅުން ނެތިގެންދިއުން ބިރުވެރިވެފާ

ހެޔޮހިތެއް އޮތަކަސްމިތާ ތެދުވެރިވުމަށް އުނދަގޫވެޔޭ
    ހެޔޮނަސޭ  ހަތަކުންކުރާ   ފައިދާވަނީ    ހީނަރުވެފާ

ހެޔޮޖަޒާ ދެއްވާނެކަން އެނގިފައިވިޔަސް، އުރެދުންތަކުން
    ހެޔޮލަފާ ލޯތަށްމަރަން   ޖެހިފައިވަނީ    ލަދުވެތިވެފާ

ހެޔޮކަމެއް ކޮށްލާމިއަދު ކުށްމަދުކުރީ ފަހެކާކުހޭ
    ހެޔޮލަފާ  ދޭނޭ ދުލެއް   ނެތުމުންމިތާ  ގޮތްކުޑަވެފާ

ހެޔޮމަގުން ކައްސާލުމުން ފަހެކާކުހޭ ތައުބާވަނީ
    ހެޔޮރަނގަޅު  އިންސާނަކަށް  ހެދުމަށްމިތާ އުނދަގޫވެފާ

ހެޔޮމައިން ބަފައިންކުރާ ކަންތައްނިކަން ދެކިލާބާ
    ހެޔޮހިތެއް   އޭރުންލިބުން  ގާތޭނިކަން   ހިތްހެޔޮވެފާ


ހަމަމިގަލަމުން

އިދާރާ

ވާހަކަ