އަދުގެ ޚާއްސަ

Print

ޑިފޯލްޓް ފޮންޓް ބަދަލުކުރާނީ ކިހިނެއް؟

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

މިލިޔުމުގައި މިބަލާލަނީ، މައިކްރޯސޮފްޓް ވޯރޑް 2007 ގައި، ޑިފޯލްޓް ފޮންޓް ބަދަލުކުރާނެގޮތުގެ މައްޗަށެވެ. މައިކްރޯސޮފްޓް އޮފީސް 2007 ގެ ވޯރޑް 2007 ގެކުރިން، ވޯރޑްގެ ޑިފޯލްޓް ފޮންޓެއްގެގޮތުގައި މައިކްރޮސޮފްޓްއިން ބޭނުންކޮއްފައިވަނީ، ޓައިމްސް ނިއު ރޯމަން އެވެ. ނަމަވެސް، މިހާރު ޑިފޯލްޓް ފޮންޓެއްގެގޮތުގައިވަނީ، ކެލިބްރީ އެވެ.

ވޯރޑުގެ ޑިފޯލްޓް ފޮންޓު ބަދަލުކުރުމަށް ތިރީގައިމިވާ އިރުޝާދުގެމަތީން ކުރިޔަށްދާށެވެ.

ވޯރޑު ހުޅުވުމަށްފަހު، ވޯރޑުގެ މަތީގައިވާ ރިބަން އިން، ހޯމް ޓެބަށް ކްލިކްކޮއްލާށެވެ. (ގިނަފަހަރަށް، ވޯރޑު ހުޅުވޭއިރު، އިންނާނީ ހޯމް ޓެބް އެކްޓިވްކޮށެވެ.)



އެއަށްފަހު، މަތީގައި ތީރުން ދެއްކިފައިވާ ތަނަށް ކްލިކްކޮއްލާށެވެ. ދެން ތިރީގައިވާ ވިންޑޯ ފެނުމުން، ޑިފޯލްޓްކޮށް ބޭނުންކުރަން ޚިޔާރުކުރާ ފޮންޓެއް ޚިޔާރުކުރާށެވެ. އެއަށްފަހު، ތިރީގައިވާ ވިންޑޯގައި ތީރުން ދެއްކިފައިވާ ތަނަށް ފިތާލާށެވެ.



އޭރުން، ތިރީގައިވާ ޑައިލޮގްބޮކްސް ފެންނާނެއެވެ. ދެން، "YES" ޚިޔާރުކުރުމަށްފަހު ކުރިޔަށްގެންދާށެވެ. އޭރުން ޑިފޯލްޓް ފޮންޓަކަށްއިންނާނީ، ޚިޔާރުކުރި ފޮންޓެވެ.




ނޯޓް: ވޭތުވެދިޔަ ދެތިން ހަފްތާގައި އަޅުގަނޑު މަޝްޣޫލުވެއުޅުނީ ވަކާލާތުކުރުމުގެ މުބާރާތެއްގައެވެ. އެއަށްފަހު، ޤައުމީ ދުވަހުގެ މުނާޞަބަތުގައި ބައެއްކަންތައްތަކުގައި ބައިވެރިވެ އުޅެން ޖެހުމުން، ފަންވަތާ ތަންކޮޅެއް ދުރުގައި އުޅެވުނީއެވެ. ﷲ އިރާދަކުރެއްވިއްޔާ ކުރިޔަށްއޮތްތާނގައި، އަވަސްއަވަހަށް ލިޔުންތައް ގެނެސްދެވޭތޯ މަސައްކަތްކުރާނަމެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ