އަދުގެ ޚާއްސަ

Print

ކީލް- ބިލްޑް ޓޫކަން

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އެނގޭތަ


ޝާކިރު

ކީލް – ބިލްޑް ޓުކަނަކީ ސައުތު އެމެރިކާގައި އުޅޭވައްތަރެއްގެ ދޫންޏެކެވެ. މިދޫންޏަށް ބޮޑުތުންގަޑެއް ލިބިގެންވެއެވެ.

މިދޫނި ދިރިއުޅެނީ ރެއިންފޯރެސްޓް ތަކުތެރޭގައާއި ތިރިބިންތަކުގައި ކުދިކުދި ބައިބައަށް އައިން ހަދައިގެންނެވެ.

މިއީ އުދުހުމުގެ ގާބިލިއްޔަތު ކުޑަ ދޫންޏެކެވެ. މިދޫނި ގަސްތަކުގެ ތެރޭ ހަރަކާތްތެރިވަނީ ފުމެމުންނެވެ.

ޓޫކަން ބިސްއަޅަނީ ގަސްގަހުގެ ތޮފަޅަ އަށެވެ. މިދޫނި ގޮވަނީ ކުރަކި އަޑަކުން ކާޅާއި ބޮއްގަވާޒާތަކަށް ކަރުބުޑުންނެވެ. ހީވާނީ ކަރުތެރެއިން ރރރރކ ގެ އަޑުލައްވާ ހެނެވެ.

ޓުކަންގެ ކަށީގެ އޮނިގަނޑު:

ޓުކަންގެ ބޮޑުމިނަކީ 20 އިންޗި (50 ސީއެމް) އެވެ. ޓުކަންގެ އާދައާ ޚިލާފު ދިގު ތުނބަކީ އެ ދޫނީގެ ދިގުމިނުގެ ތިންބައިކުޅަ އެއްބައެވެ.  ތުނބުގެ ކުލަ އަލިވެފައި ތުންގަނޑު ލުއިވާނެއެވެ. ތުނބުގެ ބައްޓަން ފެންނާނީ ދޯންޏެއްގެ ފަށަން ގޮތަށެވެ. މިބައްޓަން ފެންނާނީ ތުނބުގެ މަތީފަރާތުންނެވެ. ތުނބުގެ ކައިރިފަށް ހުންނާނީ ކީހެއްގޮތަށް ފުއްކެނޑިފައެވެ. މިދޫނީގެ ފައެއްގައިވަނީ ހަތަރު އިނގިއްޔެވެ. ދެ އިނގިލި ކުރިމައްޗަށް ހުންނައިރު އަނެއް ދެ އިނގިލި ހުންނަނީ ފަހަތަށެވެ. މީގެ ފިރިހެންދޫންޏަށްވުރެ އަންހެންދޫނި ތަންކޮޅެއް ކުޑަވާނެއެވެ. މިދޫނީގެ ދެޖިންސްގެވެސް ކުލަ އެއްގޮތް ޥާނެއެވެ.

ކާނާ:

ޓުކަން އާންމުކޮށް ކަނީ މޭވާއެވެ. އަދި ދޫނީގެ ބިހާއި ފަނި ފަޚުސާ އަދި ޓްރީ ފޮރޮގް ވެސް ކައެވެ. ޓުކަން މޭވާގެ ވައްތަރުތައްކަނީ އޮތްގޮތަށެވެ. އަދި އެއަށްފަހު އޭގެއޮށް ވަކިކޮށްލައި އަނގައިގެ ތެރެއަށް ގެނެސް ބޭރުކޮށްލައެވެ. މިގޮތުން މި ދޫނިއުޅޭ ޖަންގަލިތަކުގެ ތެރެއަށް މޭވާ ގަސްގަހުގެ އޮށްތައް ބެހިގެން ދެއެވެ.

ދަރިމައިވުން:

މީގެ އަންހެންދޫނި ބިސްއަޅާ ކޮންމެފަހަރަކު 1- 4 އާ ދެމެދުގެ ޢަދަދަކަށް ބިސްއަޅައެވެ. މިދޫނީގެ ބިސްހުންނަނީ ހުދު ކުލައިގައެވެ. މިދޫނި ބިސްއަޅަނީ ގަސްގަހުގެ ތޮފަޅައަށެވެ. ބިސް ފީކޮށް ވިއްސުމުގައި އަންހެންދޫންޏެކޭ އެއްގޮތަށް ފިރިހެންދޫނިވެސް ހާލީގައި އޮވެއެވެ. ބިސްތައް ފިލާވުމުން ޅަދޫނިތަކަށް ކާންދިނުމުގައިވެސް ފިރިހެންދޫންޏާއި އަންހެންދޫނި އެއްވަރަށް ހިއްސާވެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ