އަދުގެ ޚާއްސަ

Print

އަލްއިމާމު އިބްނު ތައިމިއްޔާ - (ތިންވަނަބައި)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ

ޢަބްދުﷲ ފާރޫޤު ޙަސަން

ސިޔާސީ ނަޒަރިއްޔާތައް

ތެދުމަގުލިބިވަޑައިގެންތިއްބެވި ހަތަރު ޚަލީފާއިންގެ ދައުރު ނިމުމަށްފަހު އިސްލާމީ އުންމަތުގެ ވެރިކަމަށްއައި ހުރިހާ ޢާއިލާ ތަކަކުންވެސް ގެންދިޔައީ ޝަރުޢީ ޤާނޫނުތަކާ ދުރުހެލިވަމުންނެވެ. ދުވަސްތައްފާއިތުވަމުން ދިޔަދިޔަހެން ހާލަތުދިޔައީ ނުބައިން ނުބަޔަށް ބަދަލުވަމުންނެވެ. އެހެންކަމުން ސިޔާސީ މުފައްކިރުންގެތެރެއިން އިސްލާމީ ޤާނޫނުތަކުގެ މައްޗަށް އެބޭކަލުންގެ ސިޔާސީ ނަޒަރިއްޔާތަކުގެ ބިންގާއެޅުއްވި މުފައްކިރުންނަށް ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި އެންމެ އުނދަގޫ މައްސަލައަކީ އެބޭކަލަކު ދުނިޔޭގައި އުޅުއްވި ދުވަސްވަރެއްގެ ޙާލަތާއި ޝަރްއީޤާނޫނުތަކާ އެއްތައްގަނޑަކަށް ފެއްތެވުމެވެ. މިއީ ވަރަށްގިނަ މުފައްކިރުންނަށް ކަތިފިޔަވަޅުތަކެއް އެޅުއްވުނު ދާއިރާއެކެވެ. އެ ކަށިތަކުންފުރިގެންވާ މައިދާނުން އެބޭކަލުންގެ ފަސްބައިކޮޅު ސަލާމަތްކުރެއްވުމުގައި ކާމިޔާބު ހޯއްދެވި މުފައްކިރުން ކާމިޔާބު ހޯއްދަވައިފައިވަނީ ދައުލަތުގެ އެންމެ އިސްވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ ގައިކޮޅުގައި ހުރުން ލާޒިމު ސިފަފުޅުތަކާއި އެބޭފުޅެއްގެ ވާޖިބުތަކުގެ ދިގުފިހުރިސްތެއް ތައްޔާރުކުރައްވައިގެންނެވެ. އެބޭކަލުންނާ އެއްދުވަސްވަރެއްގެ ވެރީންގެތެރެއިން އެބޭކަލުންގެ ލިސްޓުގައިވާ ސިފަފުޅުތައް ނުހުންނަ ވެރީންނާމެދު އެފަދަބޭފުޅުން މަޤާމުތަކުގައި ބައިތިއްބުމާމެދުވެސް މަޤާމުން ދުރުކުރުމާމެދުވެސް ޚިޔާލުފުޅެއް ފާޅެއްނުކުރައްވައެވެ.

ކުރިންވެސް ދަންނަވައިފައިވާ ފަދައިން އިމާމު އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ ސިޔާސީ ތަޞައްވުރުތަކުގެ އަސްލެއްކަމުގައި ހައްދަވައިފައިވަނީ ކީރިތި ޤުރްއާނާއި، ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅުތަކެވެ. އެހެންކަމުން އެކަލޭގެފާނަށްވެސް އެކަލޭގެފާނުގެ ޒަމާނުގެ ސިޔާސީ ޙާލަތާއި އެކަލޭގެފާނުގެ ސިޔާސީ ވިސްނުންފުޅާ އެއްގޮތް ކުރެއްވުމުގެ އުނދަގޫ މަރްޙަލާއާ ކުރިމަތިވެވަޑައިގެންނެވިއެވެ. ނަމަވެސް އިބްނު ތައިމިއްޔާ އެކަމުގައި ހޯއްދަވައިފައިވަނީ މުޅީންއާމަގެކެވެ. އެހެނިހެން ސިޔާސީ މުފައްކިރުން ފަދައިން އިބްނު ތައިމިއްޔާ ވެރީންގެ ކިބައިގައި ހުންނާންޖެހޭ ސިފަފުޅުތަކެއް ބަޔާނެއް ނުކުރައްވައެވެ. އަދިކީއްތޯއެވެ؟ އެކަލޭގެފާނު ހުރިހާ ސަމާލުކަމެއް ދެއްވީ ޝަރްޢީ ހުކުމްތައް ޝަރަޙަކުރެއްވުމާއި އޮޅުންފިލުއްވައިދެއްވުމުގެ މައްޗަށެވެ. އެކަލޭގެފާނުގެ ސިޔާސީ ފިކުރުފުޅުތަކުގެ މިޙްވަރަކީ މުޖްތަމަޢު އިސްލާހުކުރުމާއި، މުޖްތަމަޢުގެ ކަންތައް އިންތިޒާމު ކުރުމުގައި ޝަރްޢީ ޙުކުމްތައް އެހީތެރިވެދެނީ ކިހައި ވަރަކަށްތޯ ބަޙުޘުކުރެއްވުމެވެ. ނަމަވެސް އެބަޙްޘުތަކުގައިވެސް އެކަލޭގެފާނުގެ ޒަމާނުގެ ސިޔާސަތާއި ދީނީ ޙުކުމްތަކާހުރީ ކިހައިވަރެއްގެ ފުށުއެރުމެއްތޯ ބަޙުޘެއްނުކުރައްވައެވެ. އެޒަމާނުގެ ސިޔާސަތު ދީނީ ސިޔާސަތަކަށް ހެދުމަށްޓަކައި ގެންނާންވީ ކޮންކޮންބަދަލެއްކަމެއްވެސް ބަޔާނެއް ނުކުރައްވައެވެ.

އިންސާނީ ގިންތިތައް

އިންސާނީ ޚާއްޞިއްޔަތުގެ މައްޗަކަށް އިބްނު ތައިމިއްޔާ އަލިއަޅުއްވައެއް ނުލައްވައެވެ. ހަމައެފަދައިން އެންމެފުރަތަމަ އިންސާނީ މުޖްތަމަޢެއް އުފެދުނު ގޮތެއްވެސް ވިދާޅުވެއެއް ނުދެއްވައެވެ. އަލްފާރާބީފަދައިން ޢުމްރާނީ މުޢާހަދާގެ މައްޗަކަށްވެސް އެކަލޭގެފާނު ޔަޤީންކަމެއް ނުދެއްވައެވެ. އިންސާނީ މުޖްތަމަޢު ވުޖޫދަށްއައީ އިންސާނީ ފިޠުރަތުގެ ނަތީޖާއެއްގެ ގޮތުންކަމަށް އަލްޣަޒާލީ ވިދާޅުވާ ވިދާޅުވުމާވެސް އެއްބަސްވެވަޑައެއް ނުގަންނަވައެވެ. އިމާމު އިބްނު ތައިމިއްޔާ ހުރިހާ ކަމެއްވެސް ޤަބޫލުކުރެއްވީ އެދުވަސްވަރު އެކަމެއް އޮތްހިސާބަކުންނެވެ. އޭރަކު އެކަމެއް އޮތްގޮތަކަށެވެ. އެކަމެއް އެންމެ ފުރަތަމަ އޮތްސިފަޔަކާއި އެކަމެއް ބަދަލުވަމުން އައިގޮތަކީ އެކަލޭގެފާނު ބެހިވަޑައިގެންނެވި ކަންކަމެއްނޫނެވެ. އިމާމު އިބްނު ތައމިއްޔާ ވިދާޅުވަނީ ހުރިހާ އިންސާނުންނަކީ އެއްބައެއްކަމުގައެވެ. އިންސާނުންގެ ތެރެއިން އެއްބަޔަކީ މަތީފަންތީގެ ބައެއްކަމަށާއި އަނެއްބަޔަކީ ދަށުފަންތީގެ ބައެއްކަމަށް ބެލުމަކީ އެކަލޭގެފާނު ވަރަށްބޮޑަށް ދެކޮޅު ހެއްދެވިކަންކަމެވެ. ތިމާއަކީ އެހެންމީހުންނަށްވުރެ މަތީގިންތިއެއްގެ މީހެއްކަމަށާއި، އެހެންމީހުން ތިބޭންޖެހޭނީ ތިމާއަށްވުރެ ދަށުގައިކަމަށް ދެކޭކޮންމެ މީހަކީ އިބްނު ތައިމިއްޔާގެ އަރިހުގައި އިންސާނިއްޔަތަށް އިހާނެތިކޮށް ހިތެވުމުގެ ޒަރީޢާއެއްކަމުގައި ހިމެނޭމީހެކެވެ. މުޅިއިންސާނިއްޔަތަށް އަނިޔާވެރިވާ މީހެކެވެ. އިމާމު ވިދާޅުވާގޮތުގައި ތިމާއަކީ އެހެންމީހުނަށްވުރެ މަތިވެރި، މާތްމީހެއްކަމުގައި ދުށުމާއި، ތިމާއެހެންމީހުނަށްވުރެ މަތިވެރިވާން އެދުމަކީ އިންސާނީ އެދުންތަކުގެ ތެރެއިން ވިޔާނުދާކަމާއި، ނުލަފާކަމުގެ ޖަޒުބާތު ހާމަކޮށްދޭކަމެކެވެ. އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި އެންމެހައި އިންސާނުންނަކީ ދަރަޖައިގެގޮތުން އެއްވަރު ބައެކެވެ. ނަމަވެސް އެންމެންނަކީ ޤާބިލިއްޔަތުގެ ގޮތުން ހަމަހަމަ ބައެއްނޫނެވެ. ބުއްދީގެ ގޮތުންނާއި ދީންވެރިކަމުގެ ގޮތުން މީސްތަކުންވަނީ ތަފާތު ދަރަޖަތަކެއްގައެވެ. އެކަލޭގެފާނުގެ މިދަޢުވާގެ ދަލީލެއްކަމުގައި ދައްކަވަނީ ކީރިތި ޤުރުއާނުގެ އަންނަނިވި ދެއާޔަތެވެ.

وَهُوَ الَّذِي جَعَلَكُمْ خَلائِفَ الأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَبْلُوَكُمْ فِي مَا آتَاكُمْ إِنَّ رَبَّكَ سَرِيعُ الْعِقَابِ وَإِنَّهُ لَغَفُورٌ رَّحِيمٌ

"އެކަލާނގެއީ، ބިމުގެ ޚަލީފާއިން ކަމުގައި، ތިޔަބައިމީހުން ލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން ކުރެ، އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ދަރަޖަ މަތިވެރި ކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް، އެކަލާނގެ ދެއްވި ތަކެއްޗާމެދު، ތިޔަބިމީހުން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ."
(ސޫރަތުލް އަންޢާމް: 165)

وَكَذَلِكَ مَا أَرْسَلْنَا مِن قَبْلِكَ فِي قَرْيَةٍ مِّن نَّذِيرٍ إِلاَّ قَالَ مُتْرَفُوهَا إِنَّا وَجَدْنَا آبَاءَنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِم مُّقْتَدُونَ

"ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ ޚިދުމަތްތެރިކަން ހިފުމަށްޓަކައެވެ."
(އައްޒުޚުރުފު: 32)

އިމާމް އިބްނު ތައިމިއްޔާގެ އަރިހުގައި އިންސާނުން ހަތަރު ގިންތިއަކަށް ބަހައިލެވިދާނެއެވެ. އޭގެތެރެއިން އެއްބަޔަކީ އެހެންމީހުން ތިމާގެ އަމުރުގެ ދަށުގައި ބައިތިއްބަން ބޭނުންވާ މީހުންނެވެ. މާތްﷲގެ ބިމުގައި ފަސާދައިގެ އޮށް އިންދާމީހުންނެވެ. މިގިންތިއަކީ އަނިޔާވެރި ރަސްރަސްކަލުންނާއި ފާސިދު އަމީރުންގެ ގިންތިއެވެ. މިގިންތީގެ މީހުންގެ މިސާލެއްކަމުގައި އެކަލޭގެފާނު ދައްކަވަނީ ފިރުޢައުނެވެ. އިމާމު އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި އެފަދަ މީހުންނަކީ އެންމެ ނުބައި މަޚްލޫޤުންނެވެ.

ދެވަނަ ގިންތީގައި ހިމަނުއްވަނީ އެއްވެސްބާވަތެއްގެ މަތިވެރިކަމެއް ނުވަތަ މަތީމަޤާމެއް ލިބިފައިނުވާ އެކަމަކު ފަސާދައުފެއްދުމުގެ ރޭވުންތައް ރާވާ މީހުންނެވެ. އެބައިގައި ހިމަނުއްވަނީ ވައްކަންކުރާމީހުންނާއި، އެނޫންވެސް ބޮޑެތިކުށްކުށަށް އަރައިގަންނަމީހުންނެވެ. ތިންވަނަ ގިންތީގެ މީހުންކަމުގައި ވިދާޅުވަނީ މަތިވެރިވުމާއި މޮޅުވުމަށް އެދޭ އެކަމަކު އެބޭނުން ޙާޞިލުކުރުމަށްޓަކައި ބިމުގައި ފަސާދައުފައްދާން ޤަޞްދުނުކުރާމީހުންނެވެ. އެޖަމާއަތުގައި ހިމަނުއްވަނީ ދީނުގެ ޒަރީޢާއިން މަތީމަޤާމުތައް ހޯދަން ބޭނުންވާ ދީނީ ލީޑަރުންނެވެ. ހަތަރުވަނަ ގުރޫޕަކީ އެހެންމީހުނަށްވުރެ މާތްމީހުންކަމުގައި ވުމާއެކުވެސް ބިންމަތީގައި އެއްވެސް މަތިވެރި މަޤާމަކަށް ދަހިވެތިނުވާ މީހުންނެވެ. ފަސާދައުފެއްދުމުގެ ވިސްނުން ނުގެންގުޅޭ މީހުންނެވެ. އިބްނު ތައިމިއްޔާ އެޖަމާއަތަށް ނަންދެއްވަނީ "ޚައިރުލްބަރިއްޔާ''ގެ މަތިވެރި ނަމުންނެވެ.

އިމާމް އިބްނު ތައިމިއްޔާގެ އަރިހުގައި އިންސާނުން ހަތަރު ގިންތިއަކަށް ބަހައިލެވިދާނެއެވެ. އޭގެތެރެއިން އެއްބަޔަކީ އެހެންމީހުން ތިމާގެ އަމުރުގެ ދަށުގައި ބައިތިއްބަން ބޭނުންވާ މީހުންނެވެ. މާތްﷲގެ ބިމުގައި ފަސާދައިގެ އޮށް އިންދާމީހުންނެވެ. މިގިންތިއަކީ އަނިޔާވެރި ރަސްރަސްކަލުންނާއި ފާސިދު އަމީރުންގެ ގިންތިއެވެ. މިގިންތީގެ މީހުންގެ މިސާލެއްކަމުގައި އެކަލޭގެފާނު ދައްކަވަނީ ފިރުޢައުނެވެ. އިމާމު އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި އެފަދަ މީހުންނަކީ އެންމެ ނުބައި މަޚްލޫޤުންނެވެ.

ދެވަނަ ގިންތީގައި ހިމަނުއްވަނީ އެއްވެސްބާވަތެއްގެ މަތިވެރިކަމެއް ނުވަތަ މަތީމަޤާމެއް ލިބިފައިނުވާ އެކަމަކު ފަސާދައުފެއްދުމުގެ ރޭވުންތައް ރާވާ މީހުންނެވެ. އެބައިގައި ހިމަނުއްވަނީ ވައްކަންކުރާމީހުންނާއި، އެނޫންވެސް ބޮޑެތިކުށްކުށަށް އަރައިގަންނަމީހުންނެވެ. ތިންވަނަ ގިންތީގެ މީހުންކަމުގައި ވިދާޅުވަނީ މަތިވެރިވުމާއި މޮޅުވުމަށް އެދޭ އެކަމަކު އެބޭނުން ޙާޞިލުކުރުމަށްޓަކައި ބިމުގައި ފަސާދައުފައްދާން ޤަޞްދުނުކުރާމީހުންނެވެ. އެޖަމާއަތުގައި ހިމަނުއްވަނީ ދީނުގެ ޒަރީޢާއިން މަތީމަޤާމުތައް ހޯދަން ބޭނުންވާ ދީނީ ލީޑަރުންނެވެ. ހަތަރުވަނަ ގުރޫޕަކީ އެހެންމީހުނަށްވުރެ މާތްމީހުންކަމުގައި ވުމާއެކުވެސް ބިންމަތީގައި އެއްވެސް މަތިވެރި މަޤާމަކަށް ދަހިވެތިނުވާ މީހުންނެވެ. ފަސާދައުފެއްދުމުގެ ވިސްނުން ނުގެންގުޅޭ މީހުންނެވެ. އިބްނު ތައިމިއްޔާ އެޖަމާއަތަށް ނަންދެއްވަނީ "ޚައިރުލްބަރިއްޔާ''ގެ މަތިވެރި ނަމުންނެވެ. (ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ